ކ. މާލެ
|
19 އޯގަސްޓް 2023 | ހޮނިހިރު 08:33
ވޭމަންޑޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑި ކާމިޔާބުކުރެއްވި ނާއިލާ
ވޭމަންޑޫ ކައުންސިލްގެ އަންހެނުންނަށް ޚާއްސަ ގޮނޑި ކާމިޔާބުކުރެއްވި ނާއިލާ
ޕީޕީއެމް
ތ. ވޭމަންޑޫ ކައުންސިލް
ވޭމަންޑޫ ކައުންސިލްގެ އަންހެން މެމްބަރަކަށް ކުރިމަތިލީ އެންމެ މީހެއް، ގޮނޑި ޕީޕީއެމަށް
މި ގޮނޑި ކާމިޔާބުކުރެއްވީ ޕީޕީއެމްގެ ކެންޑިޑޭޓް، ނާއިލާ އަހުމަދު

ތ. ވޭމަންޑޫ ކައުންސިލްގެ އަންހެން މެމްބަރަކު އިންތިޚާބު ކުރުމަށް ބާއްވަން ނިންމި، ބައި އިލެކްޝަންގައި ނަން ހުށަހެޅީ އެންމެ މީހެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މި ބައި އިލެކްޝަން ބާއްވަން ތާވަލުކުރީ އަންނަ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ. މި އިންތިޚާބަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައި އެ މުއްދަތު ހަމަވިއިރު ނަން ހުށަހަޅާފައިވަނީ ތ. ވޭމަންޑޫ، ކެނެރީ ވިލާ ނާއިލާ އަހުމަދެވެ. އޭނާ ކުރިމަތިލެއްވީ ޕީޕީއެމުންނެވެ.

Advertisement

ބައި އިލެކްޝަންގައި ވާދަކުރުމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވިއިރު، އިންތިޚާބުކުރަން ޖެހޭ އަދަދަށް ކުރިމަތިލާފައިވާތީ، އިންތިޚާބަކާނުލައި ނާއިލާ ވަނީ ވޭމަންޑޫ ކައުންސިލްގެ އަންހެން މެމްބަރުންނަށް ޚާއްސަ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވިގޮތުގައި، މި އިންތިޚާބުގައި ވާދަކުރެއްވުމަށް ނާއިލާގެ އިތުރުން އެމްއެންޕީގެ ކެންޑިޑޭޓެއްވެސް ނަން ހުށަހެޅިއެވެ. ނަމަވެސް ސުންގަޑި ހަމަވިއިރުވެސް ފޯމާއެކު، ހުށަހަޅަންޖެހޭ ތަކެތި ހުށަނާޅާތީ އެ ހުށަހެޅުން ގަބޫލުނުކުރުމަށް އީސީން ނިންމީކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް