Advertisement
ކ. މާލެ
|
1 އޯގަސްޓް 2025 | ހުކުރު 10:14
 އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން އަދި ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ
އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން އަދި ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ
ރާއްޖެއެމްވީ
ާމާރިޔާ އަހުމަދު ދީދީ
އެމްޑީޕީގެ ވާދަވެރިންނަށް ތިބީ އެއްވެސް ކަހަލަ ތާރީހެއް، ފަލްސަފާ އެއް ނެތް ބައެއް - މާރިޔާ
މާރިޔާ ވަނީ ޕީއެންސީ އަށާއި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑު ވިދާޅުވެފަ
މާރިޔާ ވަނީ ސަރުކާރުން ކަންކަމުގައި ގެންގުޅޭ ސިޔާސަތުތައް ކައިރި ކަައިރީގައި ބަދަލުވާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފަ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވާދަވެރިންނަށް ތިބީ އެއްވެސް ކަހަލަ ތާރީހެއް، ފަލްސަފާ އެއް ނެތް ބައެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން އަދި ކުރީގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މާރިޔާ އެފަދައިން ވިދާޅުވީ އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެމްޑީޕީގައި އެންމެ ބާރުގަދައީ އާދައިގެ މެމްބަރުން ކަމަށާއި ލީޑަރުންނާއި ސިޔާސަތުތައް އަންނަނީ އެ އާއްމުންގެ ތެރެއިން ކަމަށް މާރިޔާ ވިދާޅުވިއެވެ. އެމްޑީޕީގެ ސިޔާސަތުތަކާއި ކަންކަން ބައްޓަން ކުރެވެނީ އެންމެ އާދައިގެ ރައްޔިތު މީހާ ދައްކާ ވާހަކައިގެ މައްޗަށް ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ. އެއާއި ޚިލާފަށް ޕީޕީއެމް،ޕީއެންސީގެ ފިކުރަކީ ކައިރި ކަރީގައި ބަދަލުވަމުންދާ ކަމެއްކަމަށް މާރިޔާ ވިދާޅުވިއެވެ.

ޑީއާރްޕީ ތެރޭގައި ބިއްލޫރި މޭޒެއް ފަޅާލާފައި ނުކުތް ބައެއް ޕީޕީއެމް އަކީ. އޭގެ ތެރެއިން ނުކުތް ބައެއް ޕީއެންސީއަކީ. އެކަމަކު އަޅުގަނޑުމެން އިންތިޚާބުތަކުގެ ތެރެއިންވެސް އޮތީ އެމްޑީޕީ ގޮތުގައި. އަޅުގަނޑުމެންގެ ވާދަވެރިން އެއް ދުވަހު ގަދަ ނޫކުލައިގަ. އަނެއް ދުވަހު ގަދަ ފިޔާތޮށިކުލައިގައި، އަނެއް ދުވަހު ބަދަލުވެދާނެ.

އެމްޑީޕީގެ ކުރީގެ ޗެއަރޕަރސަން މާރިޔާ

މާރިޔާ ވަނީ ޕީއެންސީ އަށާއި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް ފާޑު ވިދާޅުވެފައެވެ. މާރިޔާ ވަނީ ސަރުކާރުން ކަންކަމުގައި ގެންގުޅޭ ސިޔާސަތުތައް ކައިރި ކަައިރީގައި ބަދަލުވާތީ އެކަމަށް ވެސް ފާޑު ވިދާޅުވެފައެވެ.

މާރިޔާ ވަނީ ރާއްޖެ އާއި އިންޑިއާގެ ގުޅުމާއި މެދު ވެސް ވާހަކަދައްކަވާފައެވެ. އެގޮތުން ރާއްޖޭގައި އިންޑިއާ ސިފައިން ތިބި ކަމަށް ބުނެ އެ މީހުން ބޭރުކުރުމަށް ގޮވާލާ މި ސަރުކާރުގެ އިސްވެރިން އިންޑިއާ އައުޓް ކެމްޕެއިނެއް ޖެއްސިކަން މާރިޔާ ފާހަގަކުރެއްވިއެވެ. ނަމަވެސް ދާދިފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަމޯދީ ރާއްޖެ ކުރެއްވި ދަތުރުފުޅުން ކުރިން ހުރި އެއްބަސްވުންތައް އާކޮށް، އިންޑިއާ ސިފައިން ރާއްޖޭގައި ހެލިކޮޕްޓަރ ދުއްވުމަށް އަދިވެސް ތިބިކަން ހާމަވީކަމަށް މާރިޔާ ވިދާޅުވިއެވެ.

އެހެންކަމުން އެއީ ވެސް އާއްމުންނަށް އޮޅުވާލުމުގެ އަމަލެއްގެ ގޮތުގައި މާރިޔާ ސިފަކުރެއްވިއެވެ.

- ކޮމެންޓް