ކ. މާލެ
|
10 އޯގަސްޓް 2023 | ބުރާސްފަތި 18:53
މާލޭގައި, ޗައިނާ ފަންނާނުންގެ ކުރެހުންތައް ދައްކުވައިދޭ މައުރަޒެއް
މާލޭގައި, ޗައިނާ ފަންނާނުންގެ ކުރެހުންތައް ދައްކުވައިދޭ މައުރަޒެއް
ޗައިނާގެ ކުރެހުންތަކުގެ މައުރަޒެއް
މާލޭގައި, ޗައިނާ ފަންނާނުންގެ ކުރެހުންތައް ދައްކުވައިދޭ މައުރަޒެއް
މިފަދަ މައުރަޒެއްގެ މަގުސަދަކީ ޗައިނާގެ ރީތިކަން ދައްކާލުމާއި، ފަންނާނުގެ ހުނަރުވެރިކަން ދައްކާލުން
ޗައިނާއަށް ނިސްބަތްވާ ފަންނާނުންގެ ކެލިގްރަފީފަދަ ހުނަރުތައް ދައްކާލާފައިވޭ
މައުރަޒު ބޭއްވީ ސްޓެލްކޯ އޮޑިޓޯރިއަމްގައި

މާލޭގައި, ޗައިނާގެ ފަންނާނުންގެ ކުރެހުންތައް ދައްކުވައިދޭ މައުރަޒެއް ހުޅުވައިފިއެވެ.

'2023 ސިލްކް ރޯޑް ޕެއިންޓިން އެންޑް ކެލިގްރަފީ އެގްޒިބިޝަން'ގެ ނަމުގައި ބާއްވާ މި މައުރަޒަކީ 1 ދުވަހުގެ މުއްތަކަށް ކުރިއަށްގެންދާ މައުރަޒެކެވެ. މި މައުރަޒަކީ ޗައިނާ މޯލްޑިވްސް ކަލްޗަރަލް އެސޯސިއޭޝަނާއި ޗައިނީސް ސިލްކް ޕެއިންޓިން ލޭންގުއެޖް ޑެލެގޭޝަނުން އިންތިޒާމްކުރާ މައުރަޒެކެވެ. ރާއްޖޭގެ މިނިސްޓަރ އޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންވެސް ވަނީ އެ މައުރަޒުގެ ކުރެހުންތައް ބައްލަވާލައްވާފައެވެ. އެ މައުރަޒު ބޭއްވީ ސްޓެލްކޯ އޮޑިޓޯރިއަމްގައެވެ.

މި މައުރަޒުގައި، ޗައިނާއަށް ނިސްބަތްވާ ފަންނާނުންގެ ކެލިގްރަފީފަދަ ހުނަރުތައް ދައްކާލާފައިވެއެވެ. ފަންނާނުންގެ ކުރެހުންތައް ކުރަހާ މަންޒަރުވެސް މި މައުރަޒުގައި ފެނިގެންދާއިރު، މި މައުރަޒުގައި ހިމަނާފައިވަނީ ޗައިނާގެ ގަދީމީ ވާހަކަތަކާއި ސަގާފަތް ރަމްޒުކޮށްދޭ ކުރެހުންތަކެވެ. އަދި ޗައިނާގެ ގުދުރަތީ މަންޒަރުތަކާއި ދިރުންތައްވެސް އެ މައުރަޒުގެ ކުރެހުންތަކުގެ ސިފައިގައިވަނީ ދައްކާލާފައެވެ.

މިފަދަ މައުރަޒެއްގެ މަގުސަދަކީ ޗައިނާގެ ރީތިކަން ދައްކާލުމާއި ފަންނާނުގެ ހުނަވެރިކަން ދައްކާލުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް