ކ. މާލެ
|
10 އޯގަސްޓް 2023 | ބުރާސްފަތި 08:48
އެންޑީއެމްއޭގެ ބޭފުޅުން ފަލަ ސުރުހީގައި ވާހަކަދައްކަވަނީ
އެންޑީއެމްއޭގެ ބޭފުޅުން ފަލަ ސުރުހީގައި ވާހަކަދައްކަވަނީ
މޫސުމީ ހިރާސްތަކާއި، ދިމާވާ ހާދިސާތައް
ބަދަލު ނުލިބޭތީ ހާދިސާތައް ރިޕޯޓް ކުރާ މިންވަރު މަދުވުމަކީ ގޮންޖެހުމެއް - އެންޑީއެމްއޭ
ނުރައްކާތައް ދެނެގަތުމާއި، ޑިޒަރސްޓަރ މެނޭޖްމެންޓް ޕްލޭންތައް އެކުލަވާލަން އެންޑީއެމްއޭ އިން މަސައްކަތް ކުރޭ
ރިޕޯޓް ކުރާ މައްސަލަތަކުގައި ވެސް މައުލޫމާތު ފުރިހަމަ ނުވާ މައްސަލަ ގޮންޖެހުމަކަށް
ޒުވާނުންނާއި ކުޑަކުދިންނަށް އަމާޒުކޮށްގެން ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގަން އިސްކަންދޭ

ބަދަލު ނުލިބޭތީ ހާދިސާތައް ރިޕޯޓް ކުރާ މިންވަރު މަދުވުމަކީ ގޮންޖެހުމެއްކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.

Advertisement

ރާއްޖެ ޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެންޑީއެމްއޭގެ އިމަރޖެންސީ މެނޭޖްމަންޓް ޑިޕާޓްމަންޓްގެ ޑިރެކްޓަރ ފަރޫޝާ އަލީ ނަސީރު ވިދާޅުވީ މައްސަލަތައް ރިޕޯޓް ކުރާ މިންވަރު އަދިވެސް ވަރަށް މަދުކަމަށެވެ. ގިނަ ބަޔަކަށް ހީވެފައި އޮންނަ ގޮތުގައި ހާދިސާ އެއް ހިނގުމުން އެކަން ރިޕޯޓް ކުރަނީ ހަމައެކަނި ބަދަލު ލިބޭނެ ކަމަށް ދެކިގެން ކަމަށް ފަރޫޝާ ވިދާޅުވިއެވެ. އެހެން އެކަން އޮތުމުގެ ސަބަބުން ހާދިސާ އެއް ހިނގި ނަމަވެސް އެކަން ރިޕޯޓް ކުރުމަކީ އެހާ މުހިންމު ކަމެއްގެ ގޮތުގައި ނުބެލެވޭ ކަމަށާއި އެއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ރިޕޯޓް ކުރާ މައްސަލަތަކުގައި ވެސް މައުލޫމާތު ފުރިހަމަ ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރަނގަޅު މައުލޫމާތު ނުލިބޭ ނަމަ އީއައިއޭ އަށް ދޭންވާ ލަފާ ދިނުމަށާއި ނުރައްކާތައް ދެނެގަތުމަށް ގޮންޖެހުމަކަށް ވާ ކަމަށް ފަރޫޝާ ވަނީ ވިދާޅުވެފައެވެ.

އަޅުގަނޑުމެން ބޭނުންވޭ ބަލަން ގެ އެއްގައި ރޯވެއްޖެ ނަމަ ނުވަތަ ހާދިސާ އެއް ހިނގައިފި ނަމަ ހިފާ ގެންގުޅޭ ތަކެއްޗަށް ގެއްލުންވިތޯ. ކިތައް މީހުންނަށްތޯ އެކަމުން އަސަރު ކުރީ، ކިތައް ފިރިހެނުންތޯ، އަންހެނުންތޯ. އޭގެ ތެރޭގައި ވަލްނަރަބަލް މީހެއް ހިމެނޭތޯ
ފަރޫޝާ

އެ ޕްރޮގްރާމްގައި ވާހަކަަދައްކަވަމުން އެންޑީއެމްއޭގެ ޕްރޮގްރާމް ރީސަރޗް އެޑްވޮކެސީ ޑިޕާޓްމެންޓުގެ ޑިރެކްޓަރ މަރިޔަމް ޝިޒްނާ ވިދާޅުވީ މައްސަލަތައް ރިޕޯޓްކުރުމާއި ހާދިސާ އެއް ދިމާވެއްޖެ ނަމަ އަމަލުކުރާނެ ގޮތަށް ހޭލުންތެރިކުރުމަށް އެ އިދާރާއިން ދަނީ މަސައްކަތް ކުރަމުން ކަމަށެވެ. އެގޮތުން ކައުންސިލްތަކާއި އިދާރާތަކާއި މުއައްސަސާތަކާއި ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ޚާއްސަ ގޮތެއްގައި ޒުވާނުންނާއި ކުޑަކުދިންނަށް އަމާޒުކޮށްގެން އެފަދަ ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އެއްވެސް ފަރާތަކުން އެންޑީއެމްއޭ އާއި ގުޅިގެން އެފަދަ ޕްރޮގްރާމެއް ހިންގަން ބޭނުންވާ ނަމަ އެ ފުރުސަތު ވެސް އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ އެ އިދާރާގެ ފަރާތުން އެސެސްމެންޓްތައް ހަދާ ހާދިސާތައް ހިނގުމަށް މަގުފަހިވެދާނެ ކަންކަމާއި ރަށްރަށުގެ ނުރައްކާތައް ދެނެގަތުމާއި، ޑިޒަރސްޓަރ މެނޭޖްމަންޓް ޕްލޭންތައް އެކުލަވާލާ، އެ ޕްލޭންތައް މުތާލިޔާ ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް