ކ. މާލެ
|
23 ޖެނުއަރީ 2025 | ބުރާސްފަތި 12:18
2025 ޖެނުއަރީ 23 - ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައި ރޯވުން
2025 ޖެނުއަރީ 23 - ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގައި ރޯވުން
ރާއްޖެއެމްވީ
އަލިފާނުގެ ހާދިސާ
ފުރުޓް ޓްރީ ފިހާރައިގެ ގުދަނުގައި ރޯވުން: 5 ގޭބިސީއެއްގެ 14 ދިވެހިން އަދި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ދީފި
އަލިފާން ރޯވީ ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގެ ފުރަތަމަ ފަންގިފިލާގައި
އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތައް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 ފަރާތެއް ފާހަގަ ކުރެވުނު

ފުރުޓް ޓްރީ ފިހާރައިގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން 5 ގޭބިސީއެއްގެ 14 ދިވެހިން އަދި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެފިއެވެ.

ބުރާސްފަތި ދުވަހުގެ ފަތިހު ހިނގި މިހާދިސާގައި އިމާރާތުގައި އަލިފާން ރޯވީ 4:15 ހާއިރު އެވެ. އިމާރާތުގައި ރޯވި އަލިފާން ނިއްވާލީ 5:30 ހާއިރުއެވެ. އަލިފާން ރޯވީ ފުރުޓް ޓްރީ އެޕަލް ފިހާރައިގެ ގުދަނުގެ ފުރަތަމަ ފަންގިފިލާގައި ކަމަށް އެމްއެމްޑީއެފް އިން ވަނީ ބުނެފައެވެ.

އަލިފާން ރޯވީ މއ. ކެލާގެއާގޭގައި އަދައިގެ ގޮތަކަށް ހަދާފައިވާ ތިން ބުރީގެ އިމާރާތުގައެވެ.

މި ހާދިސާއާއި ގުޅިގެން އެންޑީއެމްއޭއިން ބުނީ ފްރުޓް ޓްރީ ފިހާރައިގެ ގުދަނުގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން އެ އޮތޯރިތީގެ ޓީމުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ އިންސާނީ އެހީ ފޯރުކޮށްދޭންޖެ ގޭބީސީއެއް ހުރިތޯ ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އަލިފާނުގެ ހާދިސާގައި ދުމުގެ ސަބަބުންނާއި އިމާރާތައް ލިބުނު ގެއްލުންތަކުގެ ސަބަބުން ވަގުތީ ބޯހިޔާވަހިކަން ބޭނުންވާ 10 ގޭބީސީއެއްގެ 33 ފަރާތެއް ހިމެނއެވެ. އޭގެ ތެރޭގައި ހިމެނެނީ 14 ދިވެހިން އަދި 19 ބިދޭސީންނެވެ.

އަދި މީގެ ތެރެއިން 5 ގޭބިސީއެއްގެ 14 ދިވެހިން އަދި 8 ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިން ހަމަޖައްސާފައިވާ ކަމަށެވެ. މީގެ އިތުރުން ބިދޭސީ 1 ޢާއިލާ ވަނީ އަމިއްލަ ވަޤުތީ ބޯހިޔާވަހިކަމަށް ބަދަލުވެފައި ކަމަށާއި، 11 ބިދޭސީއަކަށް އެ މީހުން ނިސްބަތްވާ ކުންފުނި ތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ.

- ކޮމެންޓް