ކ. މާލެ
|
9 އޯގަސްޓް 2023 | ބުދަ 22:36
ރައީސް ސާލިހު ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ
ރައީސް ސާލިހު ގެމަނަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ގެމަނަފުށީގެ ތަރައްގީ
ގެމަނަފުށީ މަސްވެރިން ބާނާ މަސް ރަށަށް ކިރޭނެ ގޮތާއި ރައްކާކުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
ސަރުކާރުގެ ސިޔާސަތު މިނެކިރުމަށްފަހު ގޮތް ނިންމުމަށް ރައީސް އެދިވަޑައިގެންނެވި
ބިން ހިއްކުމާއި މަގު ހެދުމާއި ކައުންސިލްގެ އައު އިމާރާތް އަޅުއްވައިދެއްވާނެކަމަށް ވިދާޅުވި
ކަންކަން ނިންމަވަނީ ރައްޔިތުންނާއި ކައުންސިލާ މަޝްވަރާ ކުރައްވައިގެން

ގެމަނަފުށީ މަސްވެރިން ބާނާ މަސް ރަށަށް ކިރޭނެ ގޮތާއި ރައްކާކުރެވޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

"އުފާވެރި އަމާން ރާއްޖެ" ކެމްޕޭނަށް ގއ. ގެމަނަފުއްޓަށް ވަޑައިގެން، ރައްޔިތުންނާއެކު ބޭއްވެވި ރޭގަނޑުގެ ފަރިއްކޮޅެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކޮންމެ ރަށަކަށްވެސް ގެންނަވަން ބޭނުންފުޅުވާ ބަދަލުތަކެއް އެބަހުރި ކަމަށެވެ. ގެމަނަފުއްޓަށް ގެންނަވަން ބޭނުންފުޅުވާ ކަންކަން އެބަހުރި ކަމަށާއި، މި ކަންކަން ނިންމަވާފައިވަނީ ރައްޔިތުންނާއި ކައުންސިލާ މަޝްވަރާ ކުރައްވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

ދެވަނަ ދައުރެއްގައި ގެމަނަފުއްޓަށް ވެވަޑައިގެންނެވި ވައުދުތައް

  • ސްކޫލުގެ މަލްޓި ޕަރޕަސް ހޯލް
  • ބޯހިޔާވަހިކަމަށް ހައުސިންގ ޔުނިޓް
  • ކައުންސިލްގެ އައު އިމާރާތް
  • ކައިރި އޮތް އަރައިގައްތާ، ރިސޯޓަކަށް ހެދުން
  • މަސްވެރިން ބާނާ މަސް ރަށަށް ކިރޭނެ ގޮތް ހަދާ ރައްކާކުރެވޭނެ ފެސިލިޓީއެއް ހެދުން
  • 30 އެނދުގެ ހޮސްޕިޓަލް
  • ބިން ހިއްކައި، މޫދަށް އެރޭނެ ތަނެއް ހެދުން
  • މަގުތައް ތާރުއަޅާ ރަނގަޅު ފެންވަރަކަށް ހެދުން

ރައީސް ވިދާޅުވީ، ގެމަނަފުއްޓަށް ކޮށްދެއްވާނެކަމަށް ވައުދުުވެވަޑައިގެންނެވި ކަންކަން ކުރެއްވޭނީ ސިޔާސަތު ރާއްވަވައިގެން ނުކުންނަވާއިރު އަނެއްކާވެސް ވެރިކަމަށް ވަޑައިގެންނެވިގެން ކަމަށެވެ. މިދިޔަ 5 އަހަރު ސިޔާސަތު ތަންފީޒުކުރަމުން ގެންދެވި ގޮތާއި، މީގެ ކުރީ ސަރުކާރުތަކުން ސިޔާސަތުތައް ތަންފީޒުކުރަމުން ގެންދިޔަ ގޮތް ރައްޔިތުންނަށް އެނގޭނެކަމަށާއި، މި ކަންކަން މިނެކިރުމަށްފަހު ގޮތް ނިންމެވުމަށް ވަނީ އެދިވަޑައިގެންފައެވެ.

Advertisement

Advertisement
- ކޮމެންޓް