ކ. މާލެ
|
4 އޯގަސްޓް 2023 | ހުކުރު 13:41
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޝަހީދު ހުސެއިން އާދަމް ބިލްޑިން
ޕޮލިސް މީޑިޔާ
ވަގު ނޫޓު ބޭނުންކޮށްގެން ވިޔަފާރިކުރުން
ވަގު ނޫޓު ބޭނުންކޮށްގެން ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށް، ބަންދަށް 15 ދުވަސް ޖަހައިފި
މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް ވަރަށް ޚާއްސަ އިސްކަމެއް ދީގެން ފުލުހުން ދަނީ ބަލަމުން
މިފަދަ ކަންކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން
އޭނާ ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ވަނީ 15 ދުވަސް ޖަހައިފައި

ވަގު ނޫޓު ބޭނުންކޮށްގެން ވިޔަފާރި ކުރި މީހަކު ހައްޔަރުކޮށްފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 40 އަހަރުގެ އައްޑޫ ސިޓީ ފޭދޫ އަށް ނިސްބަތްވާ މީހެކެވެ.

އޭނާ ހައްޔަރުކޮށް، އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ބުރާސްފަތި ދުވަހު ވަނީ 15 ދުވަސް ޖަހައިފައެވެ.

އޭނާގެ މައްޗަށް ކައުންޓަރފީޓް ނޫޓު ބޭނުންކޮށްގެން ވިޔަފާރި ކުރުމާއި މަކަރާއި ހީލަތް ހެދުމުގެ ތުހުމަތު ވަނީ ކޮށްފައެވެ.

އޭނާ އަކީ ކުށުގެ ރެކޯޑް އޮތް މީހެކެވެ. އަދި އޭނާ އަކީ އެކި މައްސަލަތަކުގައި މީގެ ކުރިން ޖަލަށް ވެސް ލާފައިވާ މީހެކެވެ.

މަކަރާއި ހީލަތް ހެދުމުގެ މައްސަލަތައް ވަރަށް ޚާއްސަ އިސްކަމެއް ދީގެން ފުލުހުން ދަނީ ބަލަމުންނެވެ. އަދި މިފަދަ ކަންކަމާ މެދު ހޭލުންތެރިކަން އިތުރުކުރުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުން ކަމަށް ފުލުހުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް