ކ. މާލެ
|
27 ޖުލައި 2023 | ބުރާސްފަތި 08:39
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް
އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް
ރައީސް އޮފީސް
މިނިވަން ދުވަސް
ހަޤީޤީ މިނިވަންކަމަށް ވާނީ ރާއްޖޭގައި ސޫޓު ފަޓުލޫނުލުމުން މިނިވަންވުމުން - ފައްޔާޒް
ފައްޔާޒް ވަނީ ރާއްޖޭގެ ހުނަރުވެރި ޑިޒައިނަރުން މެދުވެރިކޮށް ރާއްޖޭގެ ސަޤާފަތާއި ގުޅޭ ރަނގަޅު ހެދުންތަކެއް ޑިޒައިން ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައި
ފައްޔާޒް ވަނީ އެފަދަ މުބާރާތެއް ބޭއްވުން ކިހިނެތްވާނެތޯ ސުވާލުކުރައްވާފައި
އަދަބީ ޢީދު ތާނަވާ 2023 ގެ ތެރެއިން މަޝްހޫރު ޑިޒައިނަރު ހަސަން ފަރުމާ ކޮށްފައިވާ ދިވެހި ޘަގާފީ ހެދުންތައް ވަނީ ދައްކާލާފައި

ހަޤީޤީ މިނިވަންކަމަކަށް ވާނީ ރާއްޖޭގައި ސޫޓު ފަޓުލޫނުލުމުން މިނިވަންވުމުންކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ މިނިވަން ދުވަހު އެމަނިކުފާނު ކުރެއްވި ޓްވީޓެއްގައެވެ. އިކޮނިމިކް މިނިސްޓްރީގެ އިސްނެގުމަކަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) ޓެގް ކުރައްވާ ކުރެއްވި އެ ޓްވީޓްގައި ފައްޔާޒް ވަނީ ރާއްޖޭގެ ހުނަރުވެރި ޑިޒައިނަރުން މެދުވެރިކޮށް ރާއްޖޭގެ ސަޤާފަތާއި ގުޅޭ، ރަނގަޅު ހެދުންތަކެއް ޑިޒައިން ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. އަދި އެފަދަ މުބާރާތެއް ބޭއްވުން ކިހިނެތްވާނެތޯ ވެސް ވަނީ ސުވާލުކުރައްވާފައެވެ.

މިނިސްޓަރު ފައްޔާޒު މިފަދައިން ވިދާޅުވެފައި ވާއިރު މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގެ އިސްނެންގެވުމާއެކު ބީސީސީގެ ފަރާތުން ހިންގި އަދަބީ ޢީދު ތާނަވާ 2023 ގެ ތެރެއިން މަޝްހޫރު ޑިޒައިނަރު ހަސަން ފަރުމާކޮށްފައިވާ ދިވެހި ޘަގާފީ ހެދުންތައް ވަނީ ދައްކާލާފައެވެ.

ދިވެހި އަދަބާއި ގުޅުންހުރި އެކި ހަރަކާތްތަކުގެ އިތުރުން ދިވެހިންގެ ސަޤާފަތާއި ގުޅޭ އެކި ފަންނުވެރިންގެ މަސައްކަތްތައް ވެސް އެ ކާނިވަލުން ދައްކާލިއެވެ. އަދި ދިވެހި ސަޤާފީ ހެދުންތަކާއި ރަސްރަސްކަލުން ތުރުކުރެއްވި ހެދުންކޮޅުތައް އެ ހަރަކާތުގެ ތެރެއިން ބޭއްވި ފެޝަން ޝޯގައި ވަނީ ދައްކާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 20 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް