ކ. މާލެ
|
2 ޖުލައި 2023 | އާދީއްތަ 06:43
ޓިމޮތީ ވިއާ
ޓިމޮތީ ވިއާ
ޓްވިޓަރ
ޓިމޮތީ ވިއާ
ޓިމޮތީ ވިއާ، ޔުވެންޓަސް އާއެކު ސޮއިކޮށްފި
ވިއާ ވަނީ ލިލް އަށް 102 މެޗު ކުޅެދީފައި

އެމެރިކާގެ ފޯވާޑް ޓިމޮތީ ވިއާ ޔުވެންޓަސްއާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ފްރާންސްގެ ލިލް އިން ޔުވެންޓަސްއާ ގުޅުނު ފީ ހާމަކޮށްފައެއް ނުވެއެވެ. އުމުރުން 23 އަހަރުގެ ވިއާ ވަނީ ފްރާންސް ކުލަބަށް ކުޅުނު 102 މެޗުގައި އަށް ލަނޑު ކާމިޔާބުކޮށްފައެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އެމެރިކާއަށް ނުފޫޒުގަދަ ދައުރެއް އަދާކުރި ވިއާ ވަނީ ގުރޫޕު ސްޓޭޖުގައި ވޭލްސްއާ އެއްވަރުވި މެޗުގައި ލަނޑު ޖަހާފައެވެ. ލައިބީރިއާގެ ރައީސް އަދި އޭނާގެ ބައްޕަ ޖޯޖް ވަނީ 1995 ވަނަ އަހަރު ޔުވެންޓަސްގެ ވާދަވެރި އޭސީ މިލާނަށް ކުޅެމުން ބެލޮން ޑިއޯ ކާމިޔާބުކޮށްފައެވެ.

އެމެރިކާއަށް އުފަން ޓިމޮތީ ވިއާ އޭނާގެ ޕްރޮފެޝަނަލް ކެރިއަރު ފެށީ ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ) އިންނެވެ. އޭނާ ވަނީ ޕީއެސްޖީ އާއެކު ލީގު ކާމިޔާބުކޮށްފައެވެ. އަދި އެއަށްފަހު ލޯނު އެއްބަސްވުމެއްގެ ދަށުން ސެލްޓިކަށްވެސް ކުޅެފައިވެއެވެ.

އޭނާ އަކީ 2018-19 ވަނަ އަހަރު ލީގާއި ކަޕު ކާމިޔާބުކުރި ސެލްޓިކް ޓީމުގައި ހިމެނުނު ކުޅުންތެރިއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް