ކ. މާލެ
|
7 އޭޕްރިލް 2025 | ހޯމަ 11:35
ޔުވެންޓަސްގެ ކުރީގެ މިޑްފީލްޑަރު އެޑްގާ ޑާވިޑްސް
ޔުވެންޓަސްގެ ކުރީގެ މިޑްފީލްޑަރު އެޑްގާ ޑާވިޑްސް
ގޯލް.ކޮމް
ޔުވެންޓަސް
ޑާވިޑްސް ބައިވެރިވާ ޔުވެންޓަސްގެ ޙަރަކާތެއް، މަހިބަދޫގެ ޕެލޭ ސްޓޭޑިއަމްގައި
މި ފުރުސަތު މަހިބަދޫ އަށް ލިބުނީ، ސޯޝަލް މީޑިއާގައި ކުޅިވަރުގެ އެކި ކަންކަން ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެ ރަށުގެ މުޙައްމަދު ނައުޝާދު (ނަޓީ) ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓަކާ ގުޅިގެން

ޔުވެންޓަސްގެ އަހަރީ ދުވަހާ ގުޅިގެން ބާއްވާ ޚާއްސަ ޙަރަކާތެއް، އދ.މަހިބަދޫގައި ހުންނަ ޕެލޭ ސްޓޭޑިއަމްގައި ބާއްވަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ޔުވެންޓަސްގެ 127 ވަަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް އެ ކުލަބުން ވަނީ ތިން ސަރަހައްދެއް ކަނޑަ އަޅައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މަހިބަދޫގެ އިތުރުން، ފެރޯ އައިލެންޑްސް އަދި އެމެރިކާގެ ނިއު ޔޯކް އެވެ.

މަހިބަދޫގައި އޮންނަ ޙަރަކާތްތަކުގެ ތެރެއިން އެންމެ ޚާއްސަ ޙަރަކާތަކަށް އޮތީ މި މަހުގެ 12 ވަނަ ދުވަހު އޮންނަ ފުޓުބޯޅަ މެޗެވެ. އެ މެޗުގައި ޔުވެންޓަސްގެ ކުރީގެ މީޑްފީލްޑަރު އެޑްގާ ޑާވިޑްސް ވެސް ކުޅޭނެ އެވެ.

މި ފުރުސަތު މަހިބަދޫ އަށް ލިބުނީ، ސޯޝަލް މީޑިއާގައި ކުޅިވަރުގެ އެކި ކަންކަން ޕްރޮމޯޓު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އެ ރަށުގެ މުޙައްމަދު ނައުޝާދު (ނައުޓީ) ސޯޝަލް މީޑިއާގައި ހިއްސާ ކުރި ޕޯސްޓަކާ ގުޅިގެންނެވެ. އެއީ އެ ރަށުގައި އަޅާފައިވާ ބޮޑދު ފުުޓުބޯޅަ ދަނޑުގެ ޕޯސްޓެއް އޭނާ ކުރުމުން، ޔުވެންޓަސް އަށް އެ ދަނޑު ޝައުޤުވެރި ވުމުންނެވެ.

ނައުޓީ އަންނަނީ 2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިތުރުން ކުޅިވަރުގެ އެކި ކަންކަން އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކޮށް، އިޝަތިހާރު ކުރަމުންނެވެ.

ޔުވެންޓަސްގެ އަހަރީ ދުވަހުގެ ޙަރަކާތްތައް ކުރިއަށް ގެންދާ ތަންތަނުގެ ތެރޭގައި މަހިބަދޫ ހިމެނުނުއިރު، އެ ރަށަކީ ރާއްޖޭގެ ފުޓުބޯޅައިގައި ފާހަގަކޮށްލެވޭ ރަށެކެވެ. އެގޮތުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލު ކީޕަރު އިމްރާން މުޙައްމަދު އަދި ރާއްޖޭގައި އެފެދުނު އެންމެ ހުނަރުވެރި އެއް ފޯވާޑު، އަޙުމަދު ޠާރިޤް (ޓޮމް) ނިސްބަތް ވަނީ އެ ރަށަށެވެ.

- ކޮމެންޓް