ކ. މާލެ
|
16 ޖޫން 2023 | ހުކުރު 07:55
އޮސްޓްރޭލިއާ އާ ބައްދަލުކުރި މެޗުގައި މެސީ
އޮސްޓްރޭލިއާ އާ ބައްދަލުކުރި މެޗުގައި މެސީ
ރޮއިޓާސް
އާޖެންޓީނާ ފުޓުބޯޅަ ޓީމު
މެސީގެ ކެރިއަރުގެ އެންމެ އަވަސް ލަނޑާއެކު އާޖެންޓީނާ މޮޅުވެއްޖެ
 
މެސީ ލަނޑު ޖަހާފައިވަނީ އެއް މިނެޓާއި 19 ސިކުންތު ތެރޭގައި

ލިއޮނެލް މެސީގެ ކެރިއަރުގެ އެންމެ އަވަސް ލަނޑާއެކު ބެއިޖިންގައި ކުޅުނު އެކުވެރިކަމުގެ މެޗުގައި އާޖެންޓީނާ އިން އޮސްޓްރޭލިއާގެ މައްޗަށް ފަސޭހަކަމާއެކު ކުރި ހޯދައިފިއެވެ.

މެޗު ފެށިތާ އެއް މިނެޓާއި 19 ސިކުންތު ފަހުން ކެޕްޓަން މެސީ ވަނީ ލަނޑެއް ޖަހައި އާޖެންޓީނާއަށް ކުރި ހޯދައިދީފައެވެ. އެއީ މެސީގެ ކެރިއަރުގައި ޖެހި 800 އަށްވުރެ ގިނަ ލަނޑު ތެރެއިން މިހާތަނަށް އެންމެ އަވަހަށް ޖެހި ލަނޑެވެ.

ފުރަތަމަ ހާފުގައި އޮސްޓްރޭލިއާގެ މިޗް ޑިއުކް ފޮނުވާލި ހަމަލާ އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒް ވަނީ މަތަކޮށްފަ އެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޖާމަން ޕެޒެލާ ވަނީ މެޗުގެ 68 ވަނަ މިނެޓުގައި ލަނޑެއް ޖަހައި ދުނިޔޭގެ ޗެމްޕިއަނުންގެ ލީޑު އިތުރު ކޮށްދީފައެވެ.

މި މެޗަކީ މިދިޔަ ޑިސެމްބަރު މަހު ވޯލްޑް ކަޕް އުފުލާލި ފަހުން ލިއޮނެލް ސްކަލޯނީގެ ޓީމުން ކުޅުނު ތިން ވަނަ މެޗެވެ. އަދި އާޖެންޓީނާ އިން ބޭރުގައި ކުޅުނު ފުރަތަމަ މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
17%
50%
0%
33%
0%
0%
ކޮމެންޓް