ކ. މާލެ
|
11 މެއި 2023 | ބުރާސްފަތި 14:52
ސެވިއްޔާގެ ފަރިތަކުރުންތަކުގެ ތެރެއިން މެންޑިލިބާ
ސެވިއްޔާގެ ފަރިތަކުރުންތަކުގެ ތެރެއިން މެންޑިލިބާ
ރޮއިޓާސް
ޔުރޮޕާ ލީގު
ސެމީ ފައިނަލާމެދު ހާހެއް ނުވޭ، ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާރުކުރަން: މެންޑިލިބާ
ޔުވެންޓަސްގެ ކުޅުންތެރިންނާމެދު ނުވިސްނާކަމަށާއި، ވިސްނަނީ ހަމައެކަނި ސެވިއްޔާ ކުޅުންތެރިނާމެދު ކަމަށް މެންޑެލިބާ ބުނި

ޔުރޮޕާ ލީގު ސެމީ ފައިނަލްގައި ޔުވެންޓަސްއާ ދެކޮޅަށް ނުކުންނައިރު އެއްވެސް ހާސްކަމް ނެތްކަމަށާއި ކުޅުންތެރިންނަށް ފުރިހަމައަށް އިތުބާރު ކުރާކަމަށް ސެވިއްޔާގެ ކޯޗު ލުއިސް މެންޑިލިބާ ބުނެފިއެވެ.

ޔުއެފާ ޔުރޮޕާ ލީގުގެ ސެމީ ފައިނަލް މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން މެންޑެލިބާ ބުނީ ޔުވެންޓަސްގެ ކުޅުންތެރިންނާމެދު ނުވިސްނާ ކަމަށެވެ. އަދި އޭނާ ވިސްނަނީ ހަމައެކަނި ސެވިއްޔާގެ ކުޅުންތެރިންނާމެދު ކަމަށެވެ. މެންޑިލިބާ އިތުރަށް ބުނީ އޭނާ ހުރީ އެއްވެސް ވަރަކަށް ހާސްނުވެ ވަރަށް ހަމަޖެހިލަގެން ކަމަށެވެ.

ސެމީ ފައިނަލަށް ނުކުންނައިރު އެންމެ އިސްކަމެއްދެނީ އެކިވަރުގެ އަނިޔާ ލިބިފައިވާ ކުޅުންތެރިން ރަނގަޅުކުރުމަށް ކަމަށް މެންޑިލިބާ ބުންޏެވެ. އަދި ވޯލްޑް ކަޕް ހިމެނޭހެން ގިނަ އަދަދެއްގެ މެޗުތަކެއް ގިނަ ކުޅުންތެރިން ކުޅެފައިވާތީ ކޮންމެވެސް ވަރަކަށް ދަތިތަކާ ކުރިމަތިވާކަން ފާހަގަކުރިއެވެ. އެހެންނަމަވެސް، ކުޅުންތެރިން ކުރާ މަސައްކަތާ ދޭތެރޭ ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.

ސެވިއްޔާ އަކީ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެޓީމުންވަނީ މި މުބާރާތް 6 ފަހަރު ކާމިޔާބުކޮށްފައެވެ.

ސެވިއްޔާ އާއި ޔުވެންޓަސް ބައްދަލުކުރާ ސެމީ ފައިނަލްގެ ފުރަތަމަ ލެގު ކުޅުމަށް ހަމަޖެހިފައިވަނީ ޔުވެންޓަސްގެ ދަނޑުގައެވެ. މި މެޗު ފަށާނީ ބުރާސްފަތި ދުވަހުގެރޭ، ރާއްޖެ ގަޑިން 12:00ގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް