ކ. މާލެ
|
19 މެއި 2025 | ހޯމަ 12:46
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ސްޕެނިޝް ލީގު
ރެއާލް އިން ސެވިއްޔާ ބަލިކޮށްފި
މޮޅާއެކު ރެއާލް ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 37 މެޗުން 81 ޕޮއިންޓާ އެކު އެވެ.

ސްޕެނިޝް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވެއްޖެ އެވެ.

ސެވިއްޔާގެ އަމިއްލަ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު މެޗު ރެއާލް އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގައި ރެއާލް އިން އެ ޓީމުގެ ދެ ލަނޑު ވެސް ޖެހީ، މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ރެއާލްގެ އެންޑްރިކް ފޮނުވާލި ބޯޅަ ސެވިއްޔާގެ ގޯލު ކީޕަރު ވަނީ މަތަކޮށްފަ އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ލޫކާ މޮޑްރިޗް ދިން ފުރުސަތެއްގައި ކީލިއަން އެމްބޭޕޭ ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މެޗުގެ ދެ ވަނަ ހާފުގައި، މެޗުގެ 75 ވަނަ މިނެޓުގައި ރެއާލަށް ލީޑު ނަގައިދިނީ އެމްބާޕޭ އެވެ. އެއީ މޮޑްރިޗް ދިން ފުރުސަތެއްގައި ސެވިއްޔާގެ އޭރިޔާ ބޭރުގައި ހުރެ ފޮނުވާލި ބޯޅަ، ތިރި ތިރިން ގޯލަށް ވައްދާލައިގެން އެމްބާޕޭ ޖެހި ލަނޑެކެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، ރެއާލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ޖޫޑް ބެލިންހަމް އެވެ. އެއީ ފެރާން ގާސިއާ ހުރަސްކޮށްދިން ބޯޅައެއް ގޯލަށް ވައްދާލައިގެން އޭނާ ޖެހި ލަނޑެކެވެ.

މޮޅާއެކު ރެއާލް ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 37 މެޗުން 81 ޕޮއިންޓާ އެކު އެވެ. ލީގުގައި ރެއާލް އަށް ބާކީ ދެން އޮތް މެޗަކީ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅޭ މެޗެވެ.

- ކޮމެންޓް