އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ލިވަޕޫލުން ޔުނައިޓެޑް ކޮޅަށް ހަތް ލަނޑުގެ ބޮޑު މޮޅެއް ހޯދީ ޔުނައިޓެޑަށް ހެދުނު އެންމެ ގޯހަކުން ކަމަށް ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން ޓެން ހާގް ބުނީ ލިވަޕޫލުން ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގައި ހެދުނު އެންމެ ގޯހަކުން ކަމަށެވެ. އަދި އެއާއެކު އޭނާގެ މުޅި ޓީމުގެ ރޭވުންތެރިން ރޫޅިގެންދިޔައީ ކަމަށެވެ.
ފުރަތަމަ ހާފުގައި ޖުމްލަކޮށް ރަނގަޅު. ދެ ވަނަ ހާފުގައި ފެނުނީ ޔުނައިޓެޑެއްނޫން. ވަރަށް ފެންވަރުދަށް، ވަރަށް ފްރޮފެޝަނަލްނޫން ކުޅުމެއް ފެނިގެންދިޔައީ. އަހަރެން މިހުރީ މިކަމާ ވަރަށް ރުޅި އައިސްފައިކޯޗު![]()
![](https://dyncz33htw1ec.cloudfront.net/posts/bf2f15cd-547a-4ea1-aaf7-3db1d317c279.png)
އޭނާ ބުނީ 2017 ވަނަ އަހަރަށްފަހު ޔުނައިޓެޑަށް ކާމިޔާބު ކުރެވުނު ހަމައެކަނި ތަށި ކަމަށްވާ ކަރަބޯ ކަޕް ހުސްވި ހަފުތާގައި ކާމިޔާބުކޮށް، ޔޫރޮޕާ ލީގުގައި ބާސެލޯނާ ބަލިކުރެވުމުންނާއި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ހޯދި ކާމިޔާބީގެ ސަބަބުން ޓީމާމެދު އެންމެވެސް ތިބީ ވަރަށް އިތުބާރުކޮށްގެން ކަމަށެވެ.
އެކަމަކު އަހަރެން ވެސް ހައިރާންވެއްޖެ. އަހަރެންނަށް މިދިޔަ ހަފުތާތަކާއި މަސްތަކުގައި ފެނުނު ގޮތަކަށްނޫން މި މެޗުގައި ޓީމު ފެނުނީ. މިކަމުން އަވަހަށް އަރައިގަންނަންޖެހޭ. ދެ ވަނަ ހާފުގައި އެއްގޮތަކަށް ވެސް މޮޅުވުމުގެ ރޫހެއްނެތް. އަހަރުމެން ރޭވި އެއްވެސް ކަމެއް ނުކުރެވުނު. އަހަރުމެން ކުރަން ވިސްނި އެއްވެސް ކަމެއްނުވިކޯޗު![]()
އޭނާ އަދި މި ސީޒަނުގައި ޔުނައިޓެޑްގެ ފަރާތުން ފެނިގެންގޮސްފައިވަނީ ފަހަތުން އަރައި މޮޅުވާ މަންޒަރު ކަމަށާއި ނަމަވެސް މި މެޗުގައި އެފަދަ ކަމެއް ވެސް ނުފެނުނު ކަމަށެވެ.
މި މެޗުން ބަލިވުމުން މި ސީޒަނުގެ ޕްރެމިއާ ލީގު ޔުނައިޓެޑަށް ކާމިޔާބު ނުކުރެވޭނެކަން ގާތްގަނޑަކަށްވަނީ ކަށަވަރުވެފަ އެވެ. މިވަގުތު ޔުނައިޓެޑާއި އެއްވަނާގައިވާ އާސެނަލްއާ ދެމެދު 14 ޕޮއިންޓްގެ ފަހަރެއް އެބައޮތެވެ. ޔުނައިޓެޑްގެ މި ބައްޔަކީ 1931ގެ ފަހުން އެ ޓީމުގެ އެންމެ ބޮޑު ބައްޔެވެ.