ކ. މާލެ
|
16 ފެބްރުއަރީ 2023 | ބުރާސްފަތި 13:37
ބިދޭސީން؛ ކޯޓާ ދޫކުރުމުގެ އިންތިޒާމު ހަރުދަނާ ކުރުމަށް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން
ބިދޭސީން؛ ކޯޓާ ދޫކުރުމުގެ އިންތިޒާމު ހަރުދަނާ ކުރުމަށް މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުން
ރާއްޖެއެމްވީ
ބިދޭސީންގެ އެކްސްޕެޓް ސިސްޓަމް
އެކްސްޕެޓް ސިސްޓަމްއިން ދެވޭ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި
ކޯޓާ ދޫކުރުމުގެ އިންތިޒާމްތައް މިނިސްޓްރީއިން ދަނީ ހަމަޖައްސަމުން
ބައެއް ހިދުމަތްތައް އެކްސްޕެޓް ސިސްޓަމް މެދުވަރިކޮށް ވަޒީފާ ދޭ ފަރާތްތަކަށް ލިބިގެންދާނެ

މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮޕޮޕްމަންޓުން އެކްސްޕެޓް ސިސްޓަމްއިން ދޭ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފިޢެވެ.

އެކްސްޕެޓް ސިސްޓަމްގެ ބޭނުމަކީ ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންނަށް ބޭނުންވާ ހުއްދަ ދޫކުރުމާއި އެ ބިދޭސީންގެ ކަންކަން މެނޭޖްކޮށް ބެލެހެއްޓުމަށް ހަރުދަނާ ނިޒާމެއް އެކުލަވާލުމަށާއި އަދި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމެވެ.

އެ މަސައްކަތްތަކުގެ ތެރެއިން، ގަވާއިދު ނަންބަރު 16-R/2021 (ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާ ބެހޭ ގަވާއިދު) ގައި ބަޔާންކުރާގޮތުގެ މަތިން، ކޯޓާ ދޫކުރުމުގެ އިންތިޒާމްތައް މިނިސްޓްރީއިން ދަނީ ހަމަޖައްސަމުންނެވެ.

އޭގެ އިތުރުން، އެކްސްޕެޓް ސިސްޓަމްގައި ހުރި މައުލޫމާތު އަދާހަމަކުރުމާއި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއަށް ފެއްތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް މިނިސްޓްރީން ދަނީ ކުރަމުންނެވެ.

މިނިސްޓްރީން ބުނީ، މިހާރު އަމަލުކުރެވެމުންދާ ކޯޓާ ދޫކުރުމުގެ އިންތިޒާމަށް ގެނެވޭ ބަދަލުތައް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިންޕްލިމެންޓް ކުރުމުގެ ގޮތުން އެކްސްޕެޓް ސިސްޓަމްއިން ދެމުންގެންދާ ބައެއް ހިދުމަތްތައް 2023 ފެބްރުއަރީ 26 ވަނަ ދުވަހުން 2023 މާރިޗު 11 ވަނަ ދުވަހުގެ ނިޔަލަށް ވަގުތީ ގޮތުން މެދުކަނޑާލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ނަމަވެސް، އެ މުއްދަތުގައި ބައެއް ހިދުމަތްތައް އެކްސްޕެޓް ސިސްޓަމް މެދުވަރިކޮށް ވަޒީފާ ދޭ ފަރާތްތަކަށް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި "ވަރކް ޕަރމިޓް ފީ" ގެ ހިދުމަތް އަދި "ވަރކް ޕަރމިޓް ޕާސްޕޯޓް އެޑް" ގެ ހިދުމަތް ހިމެނެއެވެ.

އެކްސްޕެޓް ސިސްޓަމްއަށް ގެނެވޭ ބަދަލުތަކާއެކު، ސިސްޓަމް މެދުވެރިކޮށް ދެމުންގެންދާ ހުރިހާ ހިދުމަތްތަކެއް  2023 މާރިޗު 12 ވަނަ ދުވަހުން ފެށިގެން ވަޒީފާ ދޭ ފަރާތްތަކަށާއި ސިސްޓަމް ބޭނުންކުރާ ހުރިހާ ފަރާތްތަކަކަށް އަލުން ލިބިގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނާ ގޮތުގައި އަމިއްލަ ފަރުދުންގެ ވިޔަފާރި (ކޮމާޝަލް ކެޓަގަރީ) ތަކަށާއި އަމިއްލަ ފަރުދުންގެ، ގެވެށި މަސައްކަތަށް (ޑޮމެސްޓިކް ކެޓަގަރީ) ދޫކޮށްފައިވާ ހުއްދަތަކުގެ މައުލޫމާތު އެކްސްޕެޓް ސިސްޓަމްގައި މި ވީހާތަނަށް ބަލެހެއްޓިފައިވަނީ 02 ކެޓަގަރީ އެއްކެޓަގަރީއެއްގެ ގޮތުގައެވެ. މިހާރު ސިސްޓަމަށް ގެންނަމުންދާ ބަދަލުތަކާއެކު މި ދެންނެވުނު މައުލޫމާތު ސިސްޓަމްގައި ވަކިކުރެވިގެންދާނެކަމުގައި ވަޒީފާ ދޭ ފަރާތްތަކަށް 2022 އޮކްޓޫބަރ 23 ވަނަ ދުވަހު އީމެއިލް މެދުވެރިކޮށް ވަނީ އަންގާފައެވެ.

ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާއަދާކުރުމާ ގުޅޭގޮތުން ދޫކުރާ ހުއްދަތައް ދޫކުރުމުގެ މެންޑޭޓް މިނިސްޓްރީއަށް ބަދަލުވުމުގެ ކުރިން، ވިޔަފާރި ރަޖިސްޓްރޭޝަނެއް ނެތި، އަމިއްލަ ފަރުދުންނަށް "ކޮމާޝަލް" ކެޓަގަރީގެ ދަށުން ކޯޓާ ދޫކޮށްފައިވާއިރު، އެފަދަ ފަރާތްތަކުން ފުރިހަމަ ކުރަންޖެހޭ އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓަރީ ފުރިހަމަ ކުރުމަށް 2022 އޮކްޓޫބަރ 23 ވަނަ ދުވަހު އީމެއިލް މެދުވެރިކޮށް އަންގާފައިވެއެވެ.

ނަމަވެސް، ބައެއް ފަރާތްތަކުން، އަދިވެސް އެކަން ފުރިހަމަ ކޮށްފައި ނުވާކަން ފާހަގަކޮށް، 2023 މާރިޗް 01 ގެ ނިޔަލަށް މަތީގައި ބަޔާންކޮށްފައިވާ ފަދައިން ޢަމަލުކޮށްފައި ނުވާނަމަ، އެ ފަރާތްތަކަށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ލިބޭ ހިދުމަތްތަށް، އެކަންކަން ފުރިހަމަކުރަންދެން، ހުއްޓާލެވޭނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް