ކ. މާލެ
|
10 ފެބްރުއަރީ 2023 | ހުކުރު 17:54
އަހުމަދު ޝިޔާމް
އަހުމަދު ޝިޔާމް
ގޫގުލް
ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދައްކަން ޙުކުމްކ
14 ދުވަސްތެރޭ 24 މިލިއަން ޑޮލަރު ހިލްޓަން އަށް ދައްކަން ސަން ޓްރެވަލްއަށް އަމުރުކޮށްފި
މި މައްސަލައިގައި ސިވިލް ކޯޓުން އަމުރުކުރީ، މިހާތަނަށް ދައްކާފައިވާ ފައިސާ އުނިކުރުމަށް ފަހު، ބާކީ ފައިސާ އާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދައްކަން
ސިވިލް ކޯޓުން ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށްފައި

ހިލްޓަން އަށް 24 މިލިއަން ޑޮލަރު(370.8 މިލިއަން ރުފިޔާ) ދެއްކުމަށް ސަން ޓްރެވެލްގެ މައްޗަށް ސިންގަޕޫރުގެ އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމަށް ސިވިލް ކޯޓުން ތާއީދުކޮށްފިއެވެ.

ސިވިލް ކޯޓުން ވަނީ ސިންގަޕޫރުގެ އާބިޓްރޭޝަނުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް، އެ ފައިސާ 14 ދުވަސްތެރޭ ދެއްކުމަށް ސަން ޓްރެވެލްގެ މައްޗަށް އަމުރުވެސް ކޮށްފައެވެ. ސަން ޓްރެވެލްސް އަކީ ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު، އަހުމަދު ސިޔާމް (ސަން ސިޔާމް)ގެ ކުންފުންޏެކެވެ. އެ މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ އެމައްސަލާގައި ސިންގަޕޫރުގެ އެންމެ މަތީ ކޯޓުން ގޮތެއް ނިންމާފައިވާ ކަމަށާއި، އެ ކަމާއި ގުޅިގެން ދެ ފަރާތުގެ ދެމެދު ވެފައިވާ އެގްރީމަންޓަކީ ސައްހަ އެއްބަސްވުމެއް ކަމަށް ބަލައިގަނެފައިވާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގެ އެންމެ މަތީ ކޯޓުން މި މައްސަލައިގެ މައުޟޫއު އާޢި ގުޅިގެން ދެން އިތުރު ދައުވާތައް ނުކުރެވޭނެކަމަށް ނިންމާފައިވާ ކަމަށް ވެސް ސިވިލް ކޯޓުން ވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން އެ މައްސަލައިގެ މައުލޫއަށް އަލުން ވަދެ، ބެލޭނެ ގާނޫނީ ހަމައެއް އޮތް ކަމަށް ޝަރީއަތުން ނުދެކޭ ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ.

އެހެންކަމުން މި މައްސަލައިގައި ސިވިލް ކޯޓުން އަމުރުކޮށްފައި ވަނީ، މިހާތަނަށް ދައްކާފައިވާ ފައިސާ އުނިކުރުމަށް ފަހު، ބާކީ ފައިސާ އާއި ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާގެ އިތުރުން ދައްކަންޖެހޭ ހަރަދުތައް 14 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. މި މައްސަލައިގައި ޝިޔާމް އާއި ސަން ޓްރެވަލް އާއި ދެކޮޅަށް ހުކުމްކޮށްފައި ވާއިރު މިއީ ރާއްޖޭގެ ކޯޓު މަރުހަލާގައި އޮންނަތާ ގިނަ ދުވަސްވެފައިވާ މައްސަލައެއް ކަން ފާހަގަކޮށްލެވެއެވެ.

Advertisement

ނ. މެދުފުށީގައި ސަން ޓްރެވެލްސްގެ ފަރަތުން ހަދާފައިވާ "އިރުފުށި ބީޗް ރިސޯޓް އެންޑް ސްޕާ ރިސޯޓް" ހިންގުމަށްޓަކާ ހިލްޓަން އާ ހަވާލުކޮށްފައި ވަނީ 2009 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 27ވަނަ ދުވަހުއެވެ. އެހެން ނަމަވެސް އެ އެއްބަސްވުން އުވާލީ ހިލްޓަން އިން އެއްބަސްވުމާ ހިލާފުވާ ކަމަށް ބުނެ، ސަން ޓްރެވެލުންނެވެ. އެއީ 2013 ވަނަ އަހަރެވެ. އެ މައްސަލަ ހިލްޓަން ކުންފުނީގެ ފަރާތުން ބައިނަލްއަގުވާމީ އާބިޓްރޭޝަން ކޯޓަށް ހުށަހެޅުމުން އެމައްސަލާގައި، 2015 ވަނަ އަހަރު އާބިޓްރޭޝަނުން ނިންމާފައިވަނީ ބަދަލުގެ ގޮތުގައި ސަން ޓްރެވެލް އިން ހިލްޓަން އަށް 24 މިލިއަން ޑޮލަރު ދެއްކުމަށެވެ.

އަދި ހިލްޓަން އިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން އެކޯޓުން 2020ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ސަން ޓްރެވެލްގެ އެކައުންޓްތައް ވަނީ ފްރީޒްވެސް ކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް