ކ. މާލެ
|
2 ޑިސެންބަރ 2022 | ހުކުރު 11:54
50 ރުފިޔާގެ އައު ނޫޓު
50 ރުފިޔާގެ އައު ނޫޓު
އެމްއެމްއޭ
50 ރުފިޔާގެ އައު ނޫޓު
ދިވެހި ރުފިޔާގެ ނިޝާން ޖެހި ނޫޓު ބޭނުންކުރަން ފަށައިފި
ނޫޓުގެ ދެ ފަރާތުގައި ދިވެހި ރުފިޔާގެ ނިޝާން ހިމެނޭ
ކުރިން ބޭނުންކުރި ނޫޓުތައްވެސް ބޭނުންކުރެވޭނެ

ދިވެހި ރުފިޔާގެ ނިޝާން ޖެހި 50 ރުފިޔާގެ އައު ނޫޓު ދައުރުކުރަން ފަށައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ދަދި ފަހުން ވަނީ 50 ރުފިޔާއަށް ބަދަލުތަކެއް ގެނެސް، އައު ޗާޕު ލޯންޗުކޮށްފައެވެ. މި ގެނައި ބަދަލުތަކުގެ ތެރޭގައި ދިވެހި ރުފިޔާގެ ނިޝާން ނޫޓުގެ ދެ ފަރާތުގައި ހިމެނުމާއި، ގަވަރުނަރު އަލީ ހާޝިމްގެ ސޮއި ހިމެނުން ހިމެނެއެވެ.

އެމްއެމްއޭއިން ބުނީ 50 ރުފިޔާގެ އައު ޗާޕު ދައުރުކުރަން ފަށާފައިވާކަމަށެވެ. އެމްއެމްއޭއިން ބުނޫ އައު ނޫޓުތަކާއެކު ކުރިން ބޭނުންކުރި ނޫޓުތައްވެސް ބޭނުންކުރާނެ ކަމަށެވެ.

މިހާތަނަށް މި ބަދަލު ގެނެސްފައިވަނީ ހަމައެކަނި 50 ރުފިޔާއަށެވެ. ބަދަލު ގެނެސްފައިވާ ނޫޓުތަކުގައި ތާރީޚުގެ ގޮތުގައި ހިމަނަފައިވަނީ ސެޕްޓެމްބަރު 2022، 12 ސަފަރު 1444 އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް