Advertisement
ކ. މާލެ
|
27 ނޮވެންބަރ 2022 | އާދީއްތަ 09:35
ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް
ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް
ފާތިމަތު ޝަނާ މުހައްމަދު
ގެވެށި އަނިޔާ
ގެވެށި އަނިޔާއާ ގުޅޭ ތަހުގީގުތަކުގައި މުޖުތަމައުގެ ތެރެއިން ލިބެންޖެހޭ އެއްބާރުލުން ނުލިބޭ ފަހަރު އާދޭ: އެޗްއާރްސީއެމް
ކޮންމެ ޤާނޫނެއްގައިވެސް ބެލެނިވެރި ފަރާތެއް އޮވޭ
ޤާނޫނުތައް ތަންފީޒު ކުރުމުގައިވެސް ގޮންޖެހުންތައް ކުރިމަތިވޭ

ގެވެށި އަނިޔާއާ ގުޅޭ ތަހުގީގުތަކުގައި މުޖުތަމައުގެ ތެރެއިން ލިބެންޖެހޭ އެއްބާރުލުން ނުލިބޭ ފަހަރު އަންނަކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދި މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފިއެވެ.

އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ފާހަގަކުރާ ބައިނަލްއަގްވާމީ ދުވަހާއި ގުޅޭގޮތުން ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި އެޗްއާރުސީއެމްގެ ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރ އާދަމް ފަަޒީލް ވަނީ ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

Advertisement

ކޮންމެ ޤާނޫނެއްގައިވެސް ބެލެނިވެރި ފަރާތެއް އޮންނަކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ، ޤާނޫނު ތަންފީޒު ކުރުމަށްޓަކައި އެ އިދާރާއަކަށް ގިނަ ޒިންމާތަކެއް ޙަވާލު ކުރެވިފައި އޮންނަ ކަމަށެވެ.

އެ ޤާނޫނެއް ގެޒެޓުވެގެން ޝާއިއުވެގެން ނުކުންނައިރު އެ ޤާނޫނެއްގެ ބެލެނިވެރި ފަރާތަކީ ކޮންމެވެސް އިދާރާއެއް ގޮތަށް ކަނޑައެޅިގެން މި އަންނަނީ
އެޗްއާރުސީއެމްގެ ސީނިއަރ އިންވެސްޓިގޭޝަން އޮފިސަރ އާދަމް ފަަޒީލް

އަދި ހަމައެއާއެކު، ޤާނޫނުތައް ތަންފީޒު ކުރުމުގައިވެސް ގޮންޖެހުންތައް ކުރިމަތިވާކަމަށް އޭނާ ވިދާޅުވިއެވެ.

ފަޒީލް އިތުރަށް ވިދާޅުވީ، ގެވެށި އަނިޔާއާ ގުޅޭ ގިނަ މައްސަލަތައް ކޮމިޝަންގެ އިތުރުން، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއާއި ޖެންޑަރ މިނިސްޓްރީއަށްވެސް ހުށައެޅޭ ކަމަށެވެ. އެހެންނަމަވެސް، މައްސަލައަކާއި ގުޅޭގޮތުން ޖިނާއީ ދައުވާއެއް ކުރާއިރު އެކަށީގެންވާ ހެކި ޤަރީނާ ހުންނަން ޖެހޭއިރު، އެކަމުގައި ތަހުގީގީ އިދާރާއަށް ގޮންޖެހުންތައް ކުރިމަތިވާކަމަށް އޭނާ ވިދާޅުވިއެވެ.

ވަކިން ޚާއްސަކޮށް މުޖުތަމައުގެ ތެރެއިން ލިބެންޖެހޭ އެއްބާރުލުން ނުލިބޭ މައްސަލައަށް ފަޒީލް ވަނީ އަލިއަޅުވާލައްވާފައެވެ.

ކޮންމެ އަހަރެއްގެވެސް ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހަކީ ބައިނަލްއަގްވާމީ ގޮތުން އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ ޔުނައިޓް އެކްޓިވިޒަމް ޓު އެންޑް ވަޔަރލަންސް އެގެއިންސްޓް ވުމެން އެންޑް ގާލްސްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް