ކ. މާލެ
|
26 ނޮވެންބަރ 2022 | ހޮނިހިރު 13:28
އެޗްއާރްސީއެމްގެ ރައީސާ މަރިޔަމް މުނާ (ވ)
އެޗްއާރްސީއެމްގެ ރައީސާ މަރިޔަމް މުނާ (ވ)
އެޗްއާރްސީއެމް
އެޗްއާރްސީއެމްގެ މަސައްކަތްތައް
އިދާރާތަކުގެ މެދުގައި ދެކެވޭ ވާހަކައަކީ އަނިޔާކުރުން ހުއްޓުމަށް އެކުލަވާލާ ގާނޫނުތައް ފުރިހަމަކުރުމުގެ މައިބަދަ: އެޗްއާރްސީއެމް
ބަންދުގައި ތިބޭ މީހުންނަށް އަނިޔާކުރުމާއި، ލާއިންސާނީ އަމަލުތައް ހިންގުން ހުއްޓުވުމަށް އިދާރާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރޭ
ހަރުދަނާ އުސޫލުތައް އެކުލަވާލުމަށް، އިދާރާތަކަށް އެޗްއާރްސީއެމްއިން ވަނީ ރެކޮމެންޑޭޝަންތައް ހުށަހަޅާފައި

އިދާރާތަކުގެ މެދުގައި ދެކެވޭ ވާހަކައަކީ، އަނިޔާކުރުން ހުއްޓުމަށް އެކުލަވާލާ ގާނޫނުތައް ފުރިހަމަކުރުމުގެ މައިބަދަކަމަށް އެޗްއާރްސީއެމްއިން ބުނެފިއެވެ.

އެޗްއާރްސީއެމްގެ ރައީސް މަރިޔަމް މުނާ އެ ފަދައިން ވިދާޅުވީ، އެޗްއާރުސީއެމްއާއި އެސޯސިއޭޝަން ފޯރ ދަ ޕްރިވެންޝަން އޮފް ޓޯޗަރ ރިނިއު ކޯޕަރޭޝަން (އޭޕީޓީ)އާއެކު، ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުން އައުކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. 

އެންޓި ޓޯޗަރ ގާނޫނާއެކު، ބަންދުގައި ތިބޭ މީހުންނަށް އަނިޔާކުރުމާއި، ލާއިންސާނީ އަމަލުތައް ހިންގުން ހުއްޓުވުމަށް އިދާރާތައް ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރިކަމަށް މުނާ ވިދާޅުވިއެވެ. އަދި އެފަދަ މީހުންނާމެދު އަމަލުކުރާ ގޮތަށް ފާރަވެރިވެ، އެ ފަރާތްތަކުގެ ހައްގުތައް ނުގެއްލޭކަން ކަށަވަރުކުރުމަށް އެޗްއާރްސީއެމްއިން މަސައްކަތްކޮށްފައި ވާނެކަމަށް މުނާ ވިދާޅުވިއެވެ. އަދި ބައިނަލްއަގުވާމީގޮތުން ގަބޫލުކުރާ އުސޫލުތަކާ އެއްގޮތަށް، ހަރުދަނާ އުސޫލުތައް އެކުލަވާލުމަށް އިދާރާތަކަށް ރެކޮމެންޑޭޝަންތައް ނުވަތަ ހުށަހެޅުންތައް ހުށަހަޅާފައި ވާނެކަންވެސް މުނާ ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް އެ ރެކޮމެންޑޭޝަންތަކަށް އަމަލުކުރާކަން ޔަގީންކޮށް، ކަންކަން ވިލަރެސްކުރާ ނިޒާމް ހަރުދަނާކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަންގެ މަސައްކަތްތަކާއި އިންސާނީ ހައްގުތަކާމެދު ވާހަކަފުޅުދައްކަވަމުން އޭނާ ވަނީ، އިދާރާތަކުގެ މެދުގައި ވާހަކަދެކެވިގެން މެނުވީ ހަރުދަނާ ގޮތެއްގައި، އަނިޔާކުރުމާއި ލާއިންސާނީ އަމަލުތައް ހުއްޓުވަން ކުރާ މަސައްކަތްތައް ނުކުރެވޭނެ ކަަމަށެވެ. އެގޮތުން ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް ބައިނަލްއަގުވާމީގޮތުން ކުރާ މަސައްކަތްތައް މުހިންމު ދައުރެއް އަދާކުރާކަމަށްވެސް އޭނާ ވިދާޅުވިއެވެ. ހިއުމަން ރައިޓްސް ކޮމިޝަނުން ތިބީ އޭޕީޓީއާ ގުޅިގެން މަސައްކަތްކުރަން ތައްޔާރަށްކަމަށް މުނާ ވިދާޅުވިއެވެ. އެގޮތުން މީހުން ބިނާކުރުމާއި ތަމްރީނު ކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާކަން މުނާ ފާހަގަކުރެއްވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް