ކ. މާލެ
|
24 ނޮވެންބަރ 2022 | ބުރާސްފަތި 18:48
އެޗްއާރުސީއެމް އާއި އެސޯސިއޭޝަން ފޯރ ދަ ޕްރިވެންޝަން އޮފް ޓޯޗަރ ރިނިއު ކޯޕަރޭޝަނާ އެކު އެއްބަސްވުމެއް އެކުލަވާލީ 2008 ވަނަ އަހަރު
އެޗްއާރުސީއެމް އާއި އެސޯސިއޭޝަން ފޯރ ދަ ޕްރިވެންޝަން އޮފް ޓޯޗަރ ރިނިއު ކޯޕަރޭޝަނާ އެކު އެއްބަސްވުމެއް އެކުލަވާލީ 2008 ވަނަ އަހަރު
އެޗްއާރްސީއެމް
އެޗްއާރްސީއެމްގެ މަސައްކަތްތައް
އަނިޔާކުރުން ހުއްޓުވޭނީ އިދާރާތަކަށް ދިމާވާ ދަތިތައް ދެނެގަނެ ގުޅިގެން މަސައްކަތްކޮށްގެން: އެޗްއާރުސީއެމް
އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެޗްއާރުސީއެމް - އޭޕީޓީ ހައި-ލެވެލް ޑައިކޮގްގެ ހަވާސާގެ ތެރޭގައި

އަނިޔާކުރުން ހުއްޓުވޭނީ އިދާރާތަކަށް ދިމާވާ ދަތިތައް ދެނެގަނެ ގުޅިގެން މަސައްކަތްކޮށްގެންކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފިއެވެ.

އެޗްއާރްސީއެމްގެ ރައީސް މަރިޔަމް މުނާ އެ ފަދައިން ވިދާޅުވީ އެޗްއާރުސީއެމް އާއި އެސޯސިއޭޝަން ފޯރ ދަ ޕްރިވެންޝަން އޮފް ޓޯޗަރ ރިނިއު ކޯޕަރޭޝަން (އޭޕީޓީ) އާ އެކު ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުން އައު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. މުނާ ވަނީ ޓޯޗަރކުރުން ނުވަތަ އަނިޔާކުރުން ހުއްޓުވުމަށްޓަކައި ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. އަދި އެ މަސައްކަތް ކާމިޔާބުކަމާ އެކު ކުރުމަށްޓަކައި އިދާރާތަކުގެ މެދުގައި ވާހަކަ ދެއްކުމަކީ ވަރަށް މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެގޮތުން އެ ވާހަކަތަކުގެ އަލީގައި ލިބޭ ހުށަހެޅުންތަކަކީ ކަންކަން ހަރުދަނާކޮށް އަނިޔާކުރުން ހުއްޓުވުމަށް އަޅަން ޖެހޭ ޤާނޫނީ އަދި އެހެން ފިޔަވަޅުތަައް އެޅުމަށް އެކުލަވާލެވޭ މައިބަދަ ކަމަށް ވެސް މުނާ ވިދާޅުވިއެވެ. މުނާ ވަނީ ރާއްޖޭގައި އަނިޔާކުރުން ހުއްޓުވުމަށް އެކި ފެންވަރުގައި ކުރަމުންދާ ބައެއް މަސައްކަތްތަކުގެ މުހިންމުކަމަށް އަލިއަޅުވާލައްވާފައެވެ.

އެޗްއާރުސީއެމް އާއި އެސޯސިއޭޝަން ފޯރ ދަ ޕްރިވެންޝަން އޮފް ޓޯޗަރ ރިނިއު ކޯޕަރޭޝަން (އޭޕީޓީ) އާ އެކު ގުޅިގެން މަސައްކަތްކުރުމުގެ އެއްބަސްވުން އައު ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެޗްއާރުސީއެމް - އޭޕީޓީ ހައި-ލެވެލް ޑައިކޮގްގެ ހަވާސާގެ ތެރޭގައެވެ. އެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ އެޗްއާރްސީއެމްގެ ރައީސް މަރިޔަމް މުނާ އާއި އޭޕީޓީގެ ޕޮލިސީ ސީނިއަރ އެޑްވައިޒަރ ވެރޯނިކާ ފިލިޕެސްކީ އާއި ދެ ބޭފުޅުންނެވެ.

އެޗްއާރުސީއެމް އާއި އެސޯސިއޭޝަން ފޯރ ދަ ޕްރިވެންޝަން އޮފް ޓޯޗަރ ރިނިއު ކޯޕަރޭޝަނާ އެކު އެއްބަސްވުމެއް އެކުލަވާލީ 2008 ވަނަ އަހަރެވެ. އެ އެއްބަސްވުމަކީ ރާއްޖޭގައި ލާއިންސާނީ އަދި ދަށު ދަރަޖައިގެ އަމަލުތައް ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މަގްސަދުގައި އެކުލަވާލި އެއްބަސްވުމެކެވެ. އެ އެއްބަސްވުން އެކުލަވާލުމުގައި ކެނެޑާ ސަރުކާރުން ވެދެއްވާ އެހީތެރިކަން އޭޕީޓީ އާއި ރާއްޖެއިން ވެސް ފާހަގަކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
24 ނޮވެންބަރ 2022 | ބުރާސްފަތި 19:33
އަހްމަދު
ޥަރަށް ހަރުދަނާ ފިޔަވަޅުތަކެއް !!👏👏