Advertisement
ކ. މާލެ
|
25 ޖޫން 2017 | އާދީއްތަ 11:23
ރައީސްގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން
ރައީސްގެ ދެކަނބަލުން ޢީދު ސަލާން ކުރެއްވުން
ރައީސް އޮފީސް
ޢީދު ސަލާން ކުރުން
ޢީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސްގެ ދެކަނބަލުން ޢީދު ސަލާން ކުރައްވައިފި
އިސްލާމީޤައުމުތަކުގެ ވެރިންނަށް ރައީސް ތަހުނިޔުާ ފޮނުއްވި

ފިޠުރު ޢީދުގެ މުނާސަބަތުގައި ޢީދުގެ ތަހުނިޔާ ވިދާޅުވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންނާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައްދަލުކުރައްވައި ޢީދުގެ ސަލާން ކުރައްވައިފިއެވެ.

ޢީދުގެ ސަލާން ކުރެއްވުން އޮތީ މިއަދު ހެނދުނު 09:00 އިން 10:00 ދަރުބާރުގޭގައެވެ.

މިއަދު ހެނދުނު 09:00 އިން 10:00 އަށް ދަރުބާރުގޭގައި ބޭއްވެވި ޢީދު ސަލާން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި، ވަޒީރުންނާއި، އެފެންވަރުގެ ބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، ސިޔާސީ ޕާޓީތަކުގެ ބޭފުޅުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރާއްޖޭގައި ތިއްބެވި ބޭރު ދައުލަތްތަކުގެ ޢިއްޒަތްތެރިންނާއި، ސަރުކާރުގެ އޮފީސް އޮފީހުގެ ވެރިންނާއި، ރާއްޖޭގެ އެކިދާއިރާތަކުގެ ބޭފުޅުން ހިމެނިވަޑައިގެންނެވިއެވެ.

މިބޭފުޅުންގެ އިތުރުން، ގިނަ ޢަދަދެއްގެ އާންމު ރައްޔިތުންނާއި ޢާއިލާތައް ޢީދުގެ ސަލާން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހަށް ވަޑައިގެންނެވިއެވެ.

 

ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، އިސްލާމީޤައުމުތަކުގެ ވެރިންނަށާއި، މުސްލިމު އުންމަތަށްވެސް އެމަނިކުފާނު ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.

 

އެގޮތުން ބަރަކާތްތެރި ފިޠުރު ޢީދުގެ މުނާސަބަތުގައި، އިސްލާމީ ޤައުމުތަކުގެ ވެރިންނަށާއި، އިސްލާމީ އުންމަތުގެ އެންމެހާ އަޚުންނާއި އުޚްތުންނަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަމިއްލަ ނަންފުޅުގައާއި، ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ފޮނުއްވައިފިއެވެ.

 

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، މުޅި މުސްލިމް އުންމަތަށް ހެޔޮ މަގު ދެއްކެވުމަށާއި، ހަމަޖެހުމާއި، ބާއްޖަވެރިކަމާއި، އުފާ ފާގަތިކަން ދެއްވުމަށް އެދިވަޑައިގެން ދުޢާ ކުރައްވާފައި ވެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް