ކ. މާލެ
|
20 ނޮވެންބަރ 2022 | އާދީއްތަ 17:41
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް
އިކޮނޮމިކް މިނިސްޓްރީ
ރާއްޖޭގެ އިގްތިސާދު
ލޯން ޑިފޯލްޓްވީމަ ނަގާ ބޮޑު އިންޓަރެސްޓް ހުއްޓެންޖެހޭ، ގާނޫނަށް ބަދަލު ގެންނާނަން: ފައްޔާޒް
ރާއްޖޭގެ މާހައުލަށް ފެތޭގޮތަށް ކަންކަން އިސްލާހުކުރަން ޖެހޭކަަމަށް މިނިސްޓަރ ވިދާޅުވި

ލޯން ޑިފޯލްޓްވީމަ ނަގާ ބޮޑު އިންޓަރެސްޓް ހުއްޓެންޖެހޭކަމަށާއި، ގާނޫނަށް ބަދަލު ގެންނަވާނެކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީއަށް ދެއްވި ބަސްތީގަތުމެއްގައި އިކޮނޮމިކް މިނިސްޓަރ ވިދާޅުވީ، މިހާރު ރާއްޖޭގެ ގާނޫނުތައް އެކުލަވާލާފައި ވަނީ އެންމެ ރަނގަޅަށް ނޫންކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގެ ގަވާއިދުތައް އެކުލަވާލާފައި ހުރީ އެމެރިކާފަދަ ގައުމުތަކަށްވުރެވެސް ހަރުކަށިކޮށްކަމަށާއި، އެއީ ރާއްޖޭގެ މާހައުލާ ގުޅޭ ކަމެއް ނޫންކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ. ރާއްޖޭގެ މާހައުލަށް ފެތޭގޮތަށް ކަންކަން އިސްލާހުކުރަން ޖެހޭކަަމަށާއި، އެކަން ކުރުމަށް ގެންނަންޖެހޭ ގާނޫނީ ބަަދަލުތައް ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. އަދި ލޯން ޑިފޯލްޓްވުމުން ނަގާ އިންޓްރެސްޓް ފަދަ ކަންކަން މިހާރަށްވުރެ ހަރުދަނާކުރުމަށް މަސައްކަތްޕުޅު ކުރައްވާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. މިހާރު މި މަރުހަލާ ކުރިއަށްދާ ގޮތް އެންމެ އެކަށީގެންވާ ގޮތުގައި ސާފު ނުވާކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެެވެ.

ފައްޔާޒް ވަނީ ރާއްޖޭގެ އިގްތިސާދު އިތުރަށް ކުރިއަަރުވަން އިންވެސްޓްމެންޓްތަކުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ރާއްޖެއަށް ބޭނުންވާ އިންވެސްޓްމަންޓްތައް ހޯދުމަށް ރާއްޖޭގެ ގާނޫނަށް ގެންނަން ޖެހޭ ބަަދަލުތައް ގެނައުމަށް މަސައްކަތްކުރައްވާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. އަދި އިންވެސްޓަރުންނަށް ރައްކާތެރިކަން ހޯދައިދީ، މިހާރަށް ވުރެ ފަހި މާހައުލެއް ގާއިމްކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް