ޕޮލެންޑްގެ ފޯވާޑް ރޮބާޓް ލެވާންޑޯސްކީގެ ކެރިއަރުގައި ޖެހި ގޯލްގެ އަދަދު 600 ފަހަނަ އަޅައިފިއެވެ.
ލެވާންޑޯސްކީ ކެރިއަރުގެ 600 ވަނަ ގޯލާއި, 601 ވަނަ ގޯލްވެސް ޖެހީ ސްޕެނިޝް ލަލީގާގައި ވިޔަރެއާލް އަތުން ބާސެލޯނާ މޮޅުވި މެޗުގައެވެ. އެމެޗު ބާސެލޯނާ ކާމިޔާބުކުރީ 3-0 ނެވެ. މެޗުގައި ދެން ބާސާއަށް ލަނޑު ޖަހައިދިނީ ފާޓީއެވެ. ލެވާންޑޯސްކީ ދެ ލަނޑުވެސް ޖެހީ ފުރަތަމަ ހާފްގައެވެ. ލެވާންޑޯސްކީ އަންނަނީ ބަޔާން މިއުނިކްގައި ދެއްކި ޖާދޫ މިސީޒަންގައި ބާސެލޯނާއަށް ބަދަލުވުމަށްފަހު ވެސް ތަކުރާރުކުރަމުންނެވެ.
34 އަހަރުގެ ލެވާންޑޯސްކީ ވެފައިވަނީ 2000 ވަނަ އަހަރުގެ ފަހުން ރޮނަލްޑޯއާއި, މެސީގެ ފަހަތުން 600 ގޯލް ފަހަނައަޅާ ދިޔަ ފުރަތަމަ ކުޅުންތެރިޔާއަށެވެ. ވިޔަރެއާލް އަތުން ހޯދި މޮޅާއެކު ބާސެލޯނާ ލީގު ތާވަލްގެ ދެވަނާގައި އޮތީ 25 ޕޮއިންޓާއެކުއެވެ. ރެއާލް އެއްވަނާގައި އޮތީ 28 ޕޮއިންޓާއެކުއެވެ.