ކ. މާލެ
|
23 ސެޕްޓެންބަރ 2022 | ހުކުރު 08:12
އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ޢައްޒާމް ވަޖީހު
އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިސްމާޢީލް ޢައްޒާމް ވަޖީހު
ރާއްޖެއެމްވީ
އާސަންދަގެ އައު އެމްޑީ
އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް އައްޒާމް
އައްޒާމް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަގާމުގައި

ދިވެހިންގެ ސިއްހީ އިންޝިއުރެންސް ނިޒާމް، އާސަންދައިގެ މެނޭޖިންގ ޑިރެކްޓަރަކަށް އިސްމާއިލް އައްޒާމް ވަޖީހު ހަމަޖައްސައިފިއެވެ.

އާސަންދަ ކުންފުނިން ބުނީ، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް އައްޒާމް ހަމަޖައްސާފައިވަނީ ބުރާސްފަތި ދުވަހު ކަމަށެވެ. އައްޒާމް އާސަންދަ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަކަށް އައްޔަންކުރެއްވުމުގެ ކުރިން ހުންނެވީ، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯގެ މަގާމުގައެވެ.

Advertisement

އައްޒާމް އާސަންދަ ކުންފުނީގެ އެމްޑީއަކަށް ހަމަޖެއްސުމާއި ގުޅިގެން، އާސަންދަ އޮފީހުން ވަނީ އޭނާ އަށް މަރުހަބާ ދަންނަވާފައެވެ. އަދި ކުރިން އެ މަގާމުގައި ހުންނެވި މަރިޔަމް ޝަފީގުގެ މަސައްކަތަށް ޝުކުރު އަދާކޮށްފައެވެ.

އައްޒާމް އާސަންދަ ކުންފުނީގެ އެމްޑީއަކަށް އައްޔަން ކުރެއްވި އިރު، އޭނާ ހުންނެވި މަގާމަށް، އާސަންދަ ކުންފުނީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ މަރިޔަމް ޝަފީގު ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޔަން ކުރައްވާފައެވެ.

Advertisement

Advertisement
- ކޮމެންޓް