Advertisement
ކ. މާލެ
|
13 ސެޕްޓެންބަރ 2022 | އަންގާރަ 07:08
އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު
އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު
ހާރިޖީ ވުޒާރާ
ޝާހިދުގެ ދައުރު ނިންމަވާލެއްވުން
އދގެ ޗާޓަރުގައި ހުރި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ގާބިލްކަން ރާއްޖޭގައި ހުރިކަން ސާބިތުކޮށްދީފި: ޝާހިދު
57 އަހަރު ފަހުން މިއަދު ފެނިގެންދިޔައީ 193 ގައުމުގެ ސަފީރުންނާއި މަންދޫބުން ތެދުވެވަޑައިގެން ރާއްޖެއަށް ރާއްޖޭގެ ދިދަ އަށް އިހުތިރާމްކުރެއްވި މަންޒަރު
1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުމާއެކު އެންމެ އިސްކަމެއްދިން އެއް ކަމަކީ އދ ގައި ބައިވެރިވުން

މީގެ 57 އަހަރުކުރިން ރާއްޖެއިން އދގެ މެމްބަރު ގައުމަކަށްވާން މަސައްކަތްކުރިއިރު ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަށް އދ ގެ ޗާޓަރުގައި ހުރި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ގާބިލްކަންހުރިތޯ ސުވާލުކުރެވިގެންދިޔަ ކަމަށާއި މިއަދު އެސުވާލަށް ޖަވާބު ދެވިގެންގޮސްފިކަމަށް އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އދގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ދެއްވާ ވަދާއީ ތަގުރީރަށްފަހު ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ 1965 ވަނަ އަހަރު ރާއްޖެއަށް މިނިވަންކަން ލިބުމާއެކު އެންމެ އިސްކަމެއްދެއްވި އެއްކަމަކީ އދގައި ބައިވެރިވުންކަމަށެވެ.

Advertisement

އެދުވަހު އދގެ މެމްބަރު ގައުމަކަށްވާން މަސައްކަތްކުރި ދުވަހު އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަދެކެވުނު އިރު ބޭފުޅަކު އުފެއްދެވި ސުވާލަކީ ރާއްޖެފަދަ ކުދި ގައުމުތަކަށް އދގެ މަޖިލީހުގެ ޗާޓަރުގައި ހުރި މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގެ ގާބިލުކަން ހުރިތޯކަމަށް ޝާހިދު ވިދާޅުވިއެވެ.

57 އަހަރު ފަހުން މިއަދު ފެނިގެންދިޔައީ 193 ގައުމުގެ ސަފީރުންނާއި މަންދޫބުން ތެދުވެވަޑައިގެން ރާއްޖެއަށް ރާއްޖޭގެ ދިދަ އަށް އިހުތިރާމްކުރެއްވި މަންޒަރު. އެއީ ރާއްޖެއަށް ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއް، ފަހުރެއް. ލިބިގެންދިޔަ އިތުބާރެއް.
އަބްދުﷲ ޝާހިދު / ފޮރިން މިނިސްޓަރު

ޝާހިދު ވިދާޅުވީ މިފަދަ ދަތި ދަނޑިވަޅެއްގައި ކުރެވިގެންދިޔަ މަސައްކަތްތަކާއި ދޭތެރޭ ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމަށެވެ. އެގޮތުން ކޮވިޑުން އަރައިގަތުމަށާއި ދުނިޔޭގެ ތިމާވެއްޓަށް ނުރައްކާތެރިކަން ކުރިމަތިވެފައިވާ ވަގުތެއްގެ އިތުރުން ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ކާބޯތަކެއްޗާއި ހަކަތައާއި ތެލުގެ އަގު އުފުލެމުންދާ ދަނޑިވަޅެއްގައި އދގެ 193 ގައުމު އެއްބަސްކުރުވާ އެއްއަމާޒަކަށް ގެންދިޔުމަށް ކުރެވުނު މަސައްކަތްތަކާ މެދު ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާކަމަށް ވިދާޅުވިއެވެ.

މީގެއިތުރުން ޝާހިދު އދ ގެ އާންމު މަޖިލީހުގެ ރިޔާސަތާއި ހަވާލުވެވަޑައިގަންނަވަމުން ކަނޑައެޅުއްވި އުންމީދުގެ ފަސް ދޯދި ހާސިލުކުރެއްވިފައިވާކަމަށް ވިދާޅުވިއެވެ. އެކަންކަން ހާސިލުކުރުމަށްޓަކައި ޝާހިދުގެ ރިޔާސަތުގެ ދަށުން މުހިންމު މަސައްކަތްތަކެއް ފެށިގެންދިޔަކަމީ އުފާފުޅު ކުރައްވާކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް