ކ. މާލެ
|
9 ސެޕްޓެންބަރ 2022 | ހުކުރު 13:10
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާ
ދިންނަވައި ނަސީބު ލިބެނިވި މީހުންނަކީ ތަޤުވާވެރިން: ޚުތުބާ
مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ސަލަވާތް ކިޔުމަށް ބާރު އަޅާފައިވޭ
އާޚިރަތުގައި ބާއްޖަވެރި މީހަކަށްވާން ހެޔޮ އަމަލުތައް ގިނަ ކުރުމަށް ވަނީ ބާރު އަޅާފައި
މި ހަފްތާގެ މައުޟޫ އަކީ "ތިމާ ކުޅަ އަމަލު ތިމާ ދެކޭ ދުވަސް"

ދިންނަވައި ނަސީބު ލިބެނިވި މީހުންނަކީ ތަޤުވާވެރިންކަން ފާހަގަކޮށް މާތްﷲ އަށް ތަޤުވާވެެރިވުމަށް އެންމެހާ މީސްތަކުންނަށް ހުކުރު ޚުތުބާގައި ވަސިއްޔަތް ކޮށްފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުކުރު ދުވަހު އިއްވި ޚުތުބާ ޚާއްސަ ކޮށްފައިވަނީ އާޚިރަތް ދުވަހަށް ތައްޔާރުވުމަށެވެ. އެގޮތުން، އާޚިރަތް ދުވަހަަށް އީމާންވުމަކީ، އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ރުކުނެއް ކަމަށާއި އެ ދުވަހުން ހިސާބު ބެއްލެވުމާއި ނިޔާ ކަނޑައެޅުއްވުމުގައި އެއްވެސް ބޭއިންސާފު ކުރުމެއް ނުވާނެކަން ޚުތުބާގައި ވަނީ ބަޔާންކޮށްފައެވެ.

އާޚިރަތް ދުވަހަށް އީމާންވުމަކީ، ހަމަކަށަވަރުން އެ ދުވަސް އަންނާނެ ކަމާއި، ދުނިޔެއާއި ދުނިޔޭގައި ވާހާ ތަކެއްޗެއް ފާނާވާނޭ ކަމާއި، ފުރާނަ ހުރި ކޮންމެ އެއްޗެއްގެ މަރު ހިތްޕަވާނޭ ކަމާއި އެއަށްފަހު ފުރާނަ އަޅުއްވައި މަޙުޝަރަށް ފޮނުއްވައި އަދުލަށް ހިސާބު ބައްލައިވައި، ޙައްޤަށް ނިޔާ ކުރައްވާނެ ކަމާއި، އަނިޔާވެރިންގެ ކިބައިން އަނިޔާ ލިބުނު މީހުންނަށް (ޙައްގުތައް) ހިއްޕަވައިދެއްވައި، ކިޔަމަންގަތް އަޅުންނަށް ސުވަރުގޭގެ ނިޢުމަތް ދެއްވައި، ކިޔަމަން ނުގަތް އަޅުންނަށް ނަރަކައިގެ އަޒާބު ދެއްވާނެ ކަމާއި، ހެޔޮ ކަންތަކާއި ނުބައިކަންތައް މީޒާނުން ބައްލަވާނޭ ކަމާއި ތާޅަފިލި ފުމެލެއްވުމާއި، ސިރާތު މަގުން ދިޔުމާއި، ނަރަކައާއި ސުވަރުގެއީ ފަނާވެ ދިޔުމެއް ނުވާނޭ ދެތަން ކަމާއި އެ ދެތާނގައި ލެއްވުމަށްފަހު މަރުވުމެއް ނެތްކަމާއި މިކަންކަން ހިތުގައި ތެދުކޮށް ކަށަވަރުކޮށް ގަތުން
ޚުތުބާ

އާޚިރަތް ދުވަހަށް އީމާންވުމުގެ ތެރޭގައި ހިމެނޭ ޙަޤީޤަތްތަކުގެ ތެރެއިން އެއްކަމަކީ ދުނިޔޭގައި އިންސާނާ ކުރާ އަމަލުތައް ފަތެއްގެ ގޮތުގައި ދެކޭނެކަމަށް އީމާންވުންކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ އިންސާނުންނަށް ކިތަންމެ ވަންހަނާގޮތެއްގައި ކުރާ އަމަލަކަށްވިޔަސް މާތްﷲ މޮޅަށް ދެނެވޮޑިގެންވާ ކަމަށާއި މަލާއިކަތުން އެ އަމަލުތައް ލިޔުއްވާނެ ކަމަށެވެ. އަދި އިންސާނާގެ އުޚުރަވީ ބާއްޖަވެރިކަމާއި އަބާއްޖަވެރިކަން ބިނާވެފައިވަނި މި އަމަލުތަކުގެ މައްޗަށް ކަމަށްވާއިރު އަމިއްލަ ނަފްސަށް ހެޔޮ އެދޭ މީހާ ހެޔޮ އަމަލު ކުރުމުގައި ފަސް ޖެހިގެން ނުވާނެ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ދުނިޔޭގައި ތެދު މަގު ޚިޔާރު ކުރުމުން މަންފާވެސް ލިބޭނީ އެމީހަކަށްކަމަށާއި ނުބައި މަގު ޚިޔާރުކޮށްފިނަމަ އޭގެ ހަލާކު ހުރީވެސް އެމީހަކަށް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެހެންވެ ދުނިޔޭގެ އަރާމަށްވުރެ އާޚިރަތަށް އެދިގެން ބާއްޖަވެރިކަން ލިބިގަތުމަށް މަސައްކަތް ކުރުމަށް ޚުތުބާގައި ވަނީ ބާރު އަޅައިފައެވެ.

ހުކުރު ދުވަހުގެ ޚުތުބާގައި ވަނީ ޤިޔާމަތް ދުވަހަށް ބިރުވެތިވެ ތަޤްވާވެރިވުމަށާއި ފާފަތަކާއި ދުރުވެ ހެޔޮ އަމަލުކުރުން ގިނަ ކުރުމަށާއި އެހެން މީހުންނަށް ނަސޭހަތްތެރިވެ ހެޔޮމަގަށް ގެނެވޭތޯ މަސައްކަތް ކުރުމުގެ އިތުރުން ނަރަކައިގެ ވޭންދެނިވި އަޒާބަށް ބިރުވެތިވުމަށް ވެސް އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ސަލަވާތް ކިޔަން މާތްﷲ އަމުރުކުރައްވާފައިވާކަން ވެސް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް