Advertisement
ކ. މާލެ
|
21 އޯގަސްޓް 2022 | އާދީއްތަ 18:08
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން
އެމްޑީޕީގެ 4 ވަނަ ކޮންގްރެސްގެ ތެރެއިން
އެމްޑީޕީ
އެމްޑީޕީގެ 4 ވަނަ ކޮންގްރެސް
ދެން މި ފެށީ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ މަސައްކަތް
އެމްޑީޕީގައި ކުރިއަށް އޮތް ތަނުގައިވެސް ޚިޔާލު ތަފާތުވާނެ، ހައްލު ހޯދާނީ މަޝްވަރާއިން: ފައްޔާޒް

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަކީ ތަސައްރަފުފުދޭ ޕާޓީއެއްކަން ތަކުރާރުކޮށް އެމްޑީޕީން ސާބިތުކޮށްދެމުން ދާކަމަށާއި އެމްޑީޕީގެ 4 ވަނަ ކޮންގްރެސްއަކީ އެކަމުގެ ހެތްކެއްކަމަށް، އެމްޑީޕީގެ ޗެއަރޕަރސަން އަދި މި ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

Advertisement

އެމްޑީޕީގެ ކޮންގްރެސް ނިންމުމުގެގޮތުން ވާހަކަދައްކަވަމުން ފައްޔާޒް ވަނީ، އެމްޑީޕީއަކީ ތަފާތު ޚިޔާލުތަކަށް މަރުހަބާކިޔާ ޕާޓީއެއްކަަމަށާއި އެފަދަ ޚިޔާލުތަފާތުވުންތަކަށް ޕާޓީން ހައްލުހޯދާނީ މަޝްވަރާކޮށްގެންކަމަށް ވިދާޅުވެފައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެމްޑީޕީގެތެރޭގައި ޚިޔާލުތަފާތުވުންތައް ހުންނާނެކަމަށާއި، އެ ޚިޔާލުތަފާތުވުންތައް އެއްގޮތްކުރުވުމުގައި ކުރަންޖެހުނު ހުރިހާ ކަމެއް ކުރައްވާނެކަމަށް ފައްޔާޒް ވިދާޅުވިއެވެ. ހަމައެހެންމެ ކުރިއަށް އޮތް ތަނުގައި ޕާޓީ ވަރުގަދަކުރުމަށް މަސައްކަތްޕުޅުކުރައްވާނެ ކަަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒް ވަނީ މި ކޮންގްރެސްގައި ޕާޓީގެ ހިންގުމަށް އިދާރީގޮތުން ފަސޭހަވާނެ މުހިންމު ނިންމުންތަކެއް ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ.

ރަނގަޅު ނަތީޖާތަކެއް ހޯދޭނެ. މިއަދުން ފެށިގެން ޕާޓީ އިތުރަށް ވަރުގަދަކުރުމަށް މަސައްކަތްކޮށް އިންތިޚާބުތައް ކާމިޔާބުކުރަން މަސައްކަތް މި ފެށީ.
ފައްޔާޒް އިސްމާއީލް

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ރައީސް ނަޝީދު ވަނީ 4 ވަނަ އެމްޑީޕީގެ ކޮންގްރެސްއަށް ގަރާރެއް ހުށހަަޅުއްވާފައެވެ. އެހެންނަމަވެސް ރައީސް ނަޝީދު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ހުށަހެޅި ގަރާރު ނެގުމުން އެ ވޯޓަށް އަހާފައެއްނުވެއެވެ. އެއަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާއި ރައީސް ނަޝީދުވެސް ވަނީ މިއީ އެމްޑީޕީ އެކުގައި މަސައްކަތްކުރަންވީ ވަގުތެއްކަމަށް ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ތައްޔާރުވުމަށް މަސައްކަތްޕުޅު ކުރައްވާނެކަން ދެ ބޭފުޅުންވެސް ވަނީ ފާހަގަކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް