ކ. މާލެ
|
9 އޯގަސްޓް 2022 | އަންގާރަ 16:12
ކަރާޓޭ ޓީމާއި މިނިސްޓަރު ބައްދަލުކުރެއްވުން
ކަރާޓޭ ޓީމާއި މިނިސްޓަރު ބައްދަލުކުރެއްވުން
އެޑިއުކޭޝަން މިނިސްޓްރީ
އޭޝިއަން ކަރާޓޭ ޗެމްޕިއަންޝިޕް
އޭޝިއާ މުބާރާތަށްދިޔަ ކަރާޓޭ ޓީމް އާއި އެޑިއުކޭޝަން މިނިސްޓަރު ބައްދަލުކުރައްވައިފި
މި މުބާރާތުގައި ރާއްޖެއިން އެއްވަނަ ހޯދިއިރު، 17 ރަން މެޑަލް، 7 ރިހި މެޑަލް އަދި 18 ލޯ މެޑަލް ހޯދާފައިވޭ
މިނިސްޓަރު ވަނީ ޓީމުން ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައި

އިންޑިއާގައި ކުރިއަށްދިޔަ އޭޝިއަން ކަރާޓޭ މުބާރާތުގައި ބައިވެރިވި ރާއްޖޭގެ ޓީމްއާއި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ ބައްދަލުކުރައްވައިފިއެވެ.

ރަންވަނަ ހޯދި ޓީމްއާއި މިނިސްޓަރު ވަނީ މިއަދު ބައްދަލުކުރައްވާ، ޓީމުން ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައެވެ. މި މުބާރާތުގައި ރާއްޖެއިން އެއްވަނަ ހޯދިއިރު، 17 ރަން މެޑަލް، 7 ރިހި މެޑަލް އަދި 18 ލޯ މެޑަލް ހޯދާފައިވެއެވެ.

ރާއްޖެއިން މުބާރާތުގެ އެއްވަނަ ހޯދާފައިވަނީ އިންޑިއާގެ 10 ސްޓޭޓެއްގެ މައްޗަށް ކުރިހޯދައިގެންނެވެ. މިއީ ބައިނަލްއަގުވާމީ ކަރާޓޭ މުބާރާތެއްގައި ރާއްޖެއިން ބައިވެރިވި ފުރަތަމަ ފަހަރެވެ. މުބާރާތުގައި ވާދަކުރި ރާއްޖޭގެ ޓީމުގައި ހިމެނެނީ 14 އެތުލީޓުންނެވެ. އެއީ ޣިޔާސުއްދީން ސްކޫލުގެ 9 ދަރިވަރުންނާއި، ފިންލޭންޑް ސްކޫލުގެ 4 ދަރިވަރުންނާއި މަޖީދިއްޔާ ސްކޫލުގެ ދަރިވަރެކެވެ.

ރާއްޖޭގެ އިތުރުން މުބާރާތުގައި ވާދަކުރީ; އަންދްރާ ޕްރަދޭޝް، ކެރެލާ، ޓަމިންނާޑޫ، ކަރްނަޓަކާ، ޓެލަންގަނާ، ގުޖްރާތު، މަހާރަޝްތްރާ، މަދްޔާ ޕްރަދޭޝް، ޖާގަންޑް ޓީމް، އަދި ޕަންޖާބް އެވެ.

މިއީ ރާއްޖޭގައި ހުރިހާ ކުޅިވަރަކަށް ހަމަހަމަ ފުރުސަތު ތަނަވަސްކޮށްދިނުމަށް އަދުގެ ސަރުކާރުން ކުރާ މަސައްކަތަށް އިތުރުވެގެންދާ ބޮޅެކެވެ.

- ކޮމެންޓް