ކ. މާލެ
|
20 މާރޗް 2022 | އާދީއްތަ 20:02
ވަންގް ޔީ - ޗައިނާގެ ފޮރިން މިނިސްޓަރ
ވަންގް ޔީ - ޗައިނާގެ ފޮރިން މިނިސްޓަރ
ރޮއިޓާރސް
ރަޝިޔާ - ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގައި ޗައިނާއިން އަމަލުކުރާނީ ގިނަ ގައުމުތަކުން އެދޭ ގޮތަށް ކަމަށް ޗައިނާއިން ބުނެފި
ޗައިނާއިން އަބަދުވެސް އިސްކަންދޭނީ، ސުލްހައަށް
ހަނގުރާމައަށް ވީހާވެސް އަވަހަކަށް ނިމުން އައުން މުހިންމު

ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ މައްސަލައިގައި ޗައިނާއިން އަމަލުކުރާނީ ގިނަ ގައުމުތަކުން އެދޭ ގޮތަށް ކަމަށް ޗައިނާގެ ފޮރިން މިނިސްޓަރ ވަންގް ޔީ ވިދާޅުވެއްޖެއެވެ.

ޗައިނާގެ ރައީސް ޝީޖިންގ ޕިން އާއި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ދެމެދު ބޭއްވެވި މަޝްވަރާ ތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވަންގް ޔީ ވިދާޅުވީ ޗައިނާއާ ދެކޮޅަށް ފިއްތުންތައް ކުރިމަތިކުރުވަން އެ ގައުމުން ޖާގަނުދޭނެކަމަށެވެ. ޗައިނާއިން އަބަދުވެސް އިސްކަންދޭނީ، ސުލްހައަށް ކަމުގައި ވަންގް ވިދާޅުވިއެވެ. އަދި އެއީ ގިނަ ގައުމު ތަކުން ބޭނުންވާ ގޮތްކަމަށެވެ.

ޗައިނާގެ ރައީސް އާއި، އެމެރިކާގެ ރައީސް ފުރަތަމަ ފަހަރަށް ފޯނުން ގުޅުއްވާ ކުރެއްވި މަޝްވަރާތަކަށްފަހު އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވެފައިވަނީ، ހަނގުރާމައިގައި ރަޝިޔާއަށް އެހީތެރިވެއްޖެނަމަ ޗައިނާއަށް ގެއްލުންތަކަކާ ކުރިމަތިލާން ޖެހޭނެކަމަށެވެ. އަދި ރަޝިޔާއަށް އެހީތެރިވާނަމަ ޗައިނާއާ ދެކޮޅަށް ފިޔަވަޅުއެޅުމުގައި އެމެރިކާއިން ފަސްނުޖެހޭނެކަމަށެވެ. އެ ބައްދަލުވުމަށްފަހު ޗައިނާގެ ރައީސް ވިދާޅުވެފައިވަނީ ހަނގުރާމައަށް ވީހާވެސް އަވަހަކަށް ނިމުން އައުން މުހިންމު ކަމަށެވެ.

އދގެ ސަލާމަތީ މަޖިލީހާއި އދގެ އާންމު މަޖިލީހުން ރަޝިޔާއާ ދެކޮޅަށް ފިޔަވަޅުއެޅުމަށްވެސް ޗައިނާއިން ތާއީދެއް ނުކުރެއެވެ. އެކަމުގައި ޗައިނާއިން ބުނެފައިވަނީ، ޔޫކްރެއިންގެ ސިޔާސަތު ތަކުގެ ސަބަބުން ރަޝިޔާގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށާއި، ފިޔަވަޅުތައް އެޅުމަށްވުރެ ވާހަކަދައްކައިގެން މިކަމަށް ދާއިމީ ހައްލެއް ހޯދުން މުހިންމު ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް