ކ. މާލެ
|
24 އޯގަސްޓް 2025 | އާދީއްތަ 13:01
ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ
ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ
ރޮއިޓަރސް
ޔުކްރެއިން
ޔުކްރެއިންގެ މިނިވަން ދުވަހަށް ކާނީ އެ ޤައުމަށް ވަޑައިގެންފި
ކާނީ ވިދާޅުވެފައި ވަނީ، ޔުކްރެއިންގެ މިނިވަންކަން ދިފާއު ކުރުމަށް ކުރާ މަސައްކަތުގައި ކެނެޑާ އިން އެ ޤައުމަށް ފުރިހަމަ އެއްބާރުލުން ވެސް ދޭނެ ކަމަށެވެ. އަދި ކެނެޑާ އިން އޮންނާނީ ޔުކްރެއިން އާއެކު ކަމަށް ވެސް ކާނީ ވަނީ ވިދާޅުވެފަ އެވެ.

ޔުކްރެއިންގެ މިނިވަން ދުވަސް ފާހަގަ ކުރުމާއި، މިނިވަން ދުވަހުގެ ޙަރަކާތްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ، އެ ޤައުމަށް ވަޑައިގެންފި އެވެ.

އާދީއްތަ ދުވަހު ކާނީ ޔުކްރެއިންގެ ވެރި ރަށް ކީވް އަށް ވަޑައިގެންފައި ވަނީ، ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ އަށް ޙައްލެއް ހޯދުމަށް ދުނިޔޭގެ ލީޑަރު މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ކީވް އަށް ވަޑައިގެންނެވުމަށް ފަހު، ކާނީ އޭނާގެ ރަސްމީ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، ޔުކްރެެއިންގެ މިނިވަން ދުވަހާ ގުޅުވައި، އަދި މިފަދަ މުހިންމު ދަނޑިވަޅެއްގައި ޔުކްރެއިން އަށް ދެމުން އަންނަ އެހީތެރިކަމާއި، އެއްބާރުލުން އިތުރުކޮށް، ސުލްޙަވެރިކަން ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކެނެޑާގެ ސީބީސީ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، މިއަހަރު ޔުކްރެއިންގެ މިނިވަން ދުވަހުގެ ހަފުލާގެ ޚާއްސަ މެހުމާނަކީ ވެސް ކެނެޑާގެ ބޮޑު ވަޒީރު ކާނީ އެވެ. ކާނީ ޔުކްރެއިން އަށް ވަޑައިގެންނެވީ ދެ ދައުވަތު ލިބުމާ އެކު ކަމަށް ވެސް ބުނެފައިވެ އެވެ.

މީގެ އިތުރުން ކާނީ ވިދާޅުވެފައި ވަނީ، ޔުކްރެއިންގެ މިނިވަންކަން ދިފާއު ކުރުމަށް ކުރާ މަސައްކަތުގައި ކެނެޑާ އިން އެ ޤައުމަށް ފުރިހަމަ އެއްބާރުލުން ވެސް ދޭނެ ކަމަށެވެ. އަދި ކެނެޑާ އިން އޮންނާނީ ޔުކްރެއިން އާއެކު ކަމަށް ވެސް ކާނީ ވަނީ ވިދާޅުވެފަ އެވެ.

ކާނީ ޔުކްރެއިން އަށް ވަޑައިގެންފައިވާ މި ދަނޑިވަޅުގައި، ހޮނިހިރު ދުވަހު ރަޝިޔާ އިން ވަނީ އެ ޤައުމުގެ ސިފައިން ޔުކްރެއިންގެ އިރުމަތީ ސަރަހައްދު ޑޮނެސްކުގެ ދެ ރަށެއް ހިފާފައިވާ ކަމަށް އިއުލާން ކޮށްފަ އެވެ. ތިން އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ މި ހަނގުރާމައިގައި ރަޝިޔާ އިން ކުރިއެރުން ތަކެއް ހޯދާފައިވާކަން ފާހަގަ ކުރެވޭ ކަމަށް މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ވަނީ ބުނެފަ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސް ނަންގަވައިގެން ދަނީ، ރަޝިޔާ-ޔުކްރެއިން ހަނގުރާމަ ނިންމުމަށް މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް މިހާތަނަށް އެކަމުގައި އެއްވެސް އަލި މަގެއް ފެނިފައި ނުވާއިރު، އެންމެ ފަހުން އެމެރިކާގައި ބޭއްވި ސަމިޓުން ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް