ކ. މާލެ
|
5 މާރޗް 2022 | ހޮނިހިރު 16:20
ނިއު ޔޯރކް ސިޓީގެ ޕަބްލިކް ސްކޫލެއް
ނިއު ޔޯރކް ސިޓީގެ ޕަބްލިކް ސްކޫލެއް
ނިއުޔޯކް ޓައިމްސް
އެމެރިކާ - ކޮވިޑް-19ގެ ހާލަތު
ނިއު ޔޯރކް ސިޓީގެ ސްކޫލުތަކަށް މާސްކް ނާޅައި ދެވޭގޮތް ހަދައިފި
ނިއު ޔޯރކް ސިޓީގެ ޕޮޒިޓިވިޓީ ރޭޓް މިހާރު އުޅެނީ 1.8 އިންސައްތައިގައި
5 އަހަރުން ދަށުގެ ކުދިން މާސްކު އެޅުން މަޖުބޫރުވާނެ
ކޭސްތައް އިތުރުވެ، ހޮސްޕިޓަލްގައި އެޑްމިކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށައިފިނަމަ އަލުން ފިޔަވަޅުތައް އަޅާނެ

ކޮވިޑް-19ގެ ސަބަބުން ނިއު ޔޯރކް ސިޓީގެ ސްކޫލްތަކަށް މާސްކު އަޅައިގެން ދިއުން މަޖުބޫރުކޮށްފައި އޮތް އޮތުން އުވާލައިފިއެވެ.

ނިއު ޔޯރކް ސިޓީގެ މޭޔަރު އެރިކް އެޑަމްސް ވަނީ އެސިޓީގެ ކޮވިޑް ޕޮޒިޓިވިޓީ ރޭޓް ދަށްވެފައިވާތީ, ސްކޫލްތަކަށް ދިއުމުގައި މާސްކު އެޅުން މަޖުބޫރުކޮށްފައި އޮތް އޮތުން އުވާލައިފައިވާކަން އިއުލާނުކުރައްވާފައެވެ. އެ ސިޓީގެ ޕޮޒިޓިވިޓީ ރޭޓް މިހާރު އުޅެނީ 1.8 އިންސައްތައިގައެވެ.

ސްކޫލްތަކަށް މާސްކު ނާޅައި ދެވޭގޮތް ހެދި ނަމަވެސް, އުމުރުން 5 އަހަރުން ދަށުގެ ކުދިން މާސްކު އެޅުން މަޖުބޫރުވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އެއީ އެކުދިންނަކީ ކޮވިޑް-19ގެ އެއްވެސް ވެކްސިނެއް ޖެހޭ ކުދިންނަށް ނުވާތީއެވެ.

މިލުއި އިއުލާނު ކުރެއްވުމަށްފަހު އެޑަމްސް ވަނީ, ކޭސްތައް އިތުރުވެ ހޮސްޕިޓަލްގައި އެޑްމިކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު އިތުރުވާން ފަށައިފި ނަމަ އަލުން ފިޔަވަޅުތައް އަޅާނެކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން ނިއު ޔޯރކްގެ ކޮވިޑް-19ގެ ހާލަތު ރަނގަޅުގެ އޭގެ އަސަރު އެސިޓީގެ އިގުތިސާދަށާއި ފަތުރުވެރިކަމަށް ކުރަމުން އަންނަކަމަށްވެސް އެޑަމްސް ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް