ކ. މާލެ
|
29 ޖެނުއަރީ 2022 | ހޮނިހިރު 14:32
އޮމިކްރޯން ވޭރިއެންޓް
އޮމިކްރޯން ވޭރިއެންޓް
ރޮއިޓަރސް
އޮމިކްރޯންގެ ސަބް ވޭރިއެންޓް
އޮމިކްރޯންގެ ސަބް ވޭރިއެންޓް މާއަވަހަށް ފެތުރޭ
އޮމިކްރޯންގެ ސަބްވޭރިއެންޓް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހު

ދުނިޔޭގައި ހަލުވިކަމާއެކު މިހާރު ފެތުރެމުން އަންނަ ކޮވިޑް-19ގެ އޮމިކްރޯން ވޭރިއެންޓްގެ ސަބް-ވޭރިއެންޓް މާ އަވަހަށް ފެތުރޭކަމަށް ދިރާސާއަކުން ހާމަވެއްޖެއެވެ.

މީގެ ކުރިން އެނގިފައިވާ ގޮތުގައި ކޮވިޑުގެ އެކި ވޭރިއެންޓްތައް އަންނަނީ ފެތުރެމުންނެވެ. ނަމަވެސް ކޮވިޑުގެ ވޭރިއެންޓަކުން އިތުރު ވައްތަރެއް އުފެދޭކަން އެނގިފައިވަނީ އޮމިކްރޯން ވޭރިއެންޓް ފެތުރެން ފެށުމާއެކު ހެދި ދިރާސާތަކުންނެވެ.

އެގޮތުން އިނގިރޭސި ވިލާތުގެ ހެލްތު ސެކިއުރިޓީ އެޖެންސީން ހެދި ދިރާސާއަކުން ދައްކާ ގޮތުގައި އޮމިކްރޯންގެ އޮރިޖިނަލް ވޭރިއެންޓަށްވުރެ އޭގެ ސަބްވޭރިއެންޓް ފެތުރޭ މިންވަރު އަވަހެވެ. އޮމިކްރޯން ވޭރިއެންޓަށް ސައިންޓިސްޓުން ދީފައިވާ ނަމަކީ ބީއޭ.1އެވެ. އަދި އޮމިކްރޯން ވޭރިއެންޓުން އުފެދިފައިވާ މި ސަބްވޭރިއެންޓަށް ދީފައިވަނީ ބީއޭ.2 މިނަމެވެ.

އޮމިކްރޯންގެ ސަބްވޭރިއެންޓް އެންމެ ފުރަތަމަ ފެނިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރ މަހުއެވެ. އަދި މި ވޭރިއެންޓާއެކު އިނގިރޭސިވިލާތުގައި ބަލި ފެތުރޭ މިންވަރު އޮމިކްރޯންގެ އޮރިޖިނަލް ވޭރިއެންޓާ އަޅާ ބަލާއިރު އިތުރުވެފައިވާ ކަމަށްވެސް މި ދިރާސާގައި ބުނެފައިވެއެވެ.

އިނގިރޭސި ވިލާތުގެ ހެލްތު ސެކިއުރިޓީ އެޖެންސީގެ ޗީފް މެޑިކަލް އެޑްވައިޒަރ ޑރ. ސޫސަން ހޮޕްސްކިން ބުނީ އޮމިކްރޯންގެ ސަބްވޭރިއެންްޓާއެކު އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ބަލި ޖެހުން ފަސޭހަ ކަމަށެވެ. އަދި އިނގިރޭސި ވިލާތުގައި ކޮވިޑުގެ ކޭސްތައް އިތުރުވުމުގެ އަސްލަކީވެސް މިއީކަމަށެވެ.

- ކޮމެންޓް