ކ. މާލެ
|
29 ޑިސެންބަރ 2021 | ބުދަ 07:19
ޖައްވުގައި 12 ދުވަސް ހޭދަކުރުމަށްފަހު ޖަޕާނުގެ ބިލިއަނަރު ޔުސާކާ އެނބުރި އައުން
ޖައްވުގައި 12 ދުވަސް ހޭދަކުރުމަށްފަހު ޖަޕާނުގެ ބިލިއަނަރު ޔުސާކާ އެނބުރި އައުން
ރޮއިޓަރސް
ހަނދަށް ކުރާ ދަތުރުތައް
2030ގެ ކުރިން މީހަކު ހަނދަށް ފޮނުވުމަށް ޖަޕާނުން ނިންމައިފި
މާސް ދިރާސާ ކުރުމަށް ވެސް ޖަޕާނުން ވަނީ ރާވާފައި
ޗައިނާއިން ވެސް އަންނަނީ 2030ގެ ކުރިން މީހަކު ހަނދަށް ފޮނުވުމުގެ މަސައްކަތް ކުރަމުން

2030 ވަނަ އަހަރުގެ ކުރިން މީހަކު ހަނދަށް ފޮނުވުމަށް ޖަޕާނުން އަޒުމް ކަނޑައަޅައިފިއެވެ.

ޖަޕާނުން މިގޮތަށް ޝެޑިއުލްކޮށްފައި ވަނީ އަންގާރަ ދުވަހުއެވެ. މި ޝެޑިއުލްގެ ޑްރާފްޓް ކޮޕީ ބުނާ ގޮތުން ޖަޕާނުގެ އަމާޒަކީ އެމެރިކާ މީހެއް ފިޔަވައި، ދެން އެންމެ ފުރަތަމަ ހަނދަށް ދަތުރުކުރާ މީހަކީ ޖަޕާނުގެ މީހަކަށް ވުމެވެ.

މި ޕްލޭންގެ ދަށުން ހަނދަށް ދަތުރުކުރުމުގެ އިތުރުން، މާސް ދިރާސާ ކުރުމަށް ވެސް ވަނީ ރާވާފައެވެ. މާސް ދިރާސާކޮށް، ޖައްވުގެ ތެރޭގައި ސޯލާ އިލެކްޓްރިސިޓީ އުފެއްދުމުގެ މަސައްކަތް 2024 ގައި ކުރުމަށް ޖަޕާނުން ވަނީ ނިންމާފައެވެ.

ޖަޕާނުން މިގޮތަށް ޕްލޭން ހަދާފައި ވާއިރު، އަވަށްޓެރި ޗައިނާއިން ވެސް އަންނަނީ 2030ގެ ކުރިން މީހަކު ހަނދަށް ފޮނުވުމުގެ މަސައްކަތް ކުރަމުންނެވެ. މި އަހަރުގެ މެއި މަހު ޗައިނާއިން ވަނީ މާސްގައި އުޅަނދެއް ލޭންޑްކޮށްފައެވެ. މިއާއެކު ޗައިނާ ވެގެންގޮސްފައިވަނީ މާސްގައި އުޅަނދެއް ލޭންޑުކުރި ދެވަނަ ގައުމަށެވެ.

ޖަޕާނުން 2030ގެ ކުރިން މީހަކު ހަނދަށް ފޮނުވަން މަސައްކަތްކުރާކަން އިއުލާނުކޮށްފައި މިވަނީ އެގައުމުގެ ބިލިއަނަރެއްކަމުގައިވާ ޔުސާކޫ މޭޒާވާ 12 ދުވަހުގެ މުއްދަތެއް ޖައްވުގައި ހޭދަކުރުމަށްފަހު އެނބުރި އައިތާ ހަފްތާއެއް ފަހުންނެވެ. މި ދަތުރާއެކު ޔުސާކާ ވެފައިވަނީ ފާއިތުވި 10 އަހަރުގެ ތެރޭގައި، ޖައްވަށް ދޫކުރެވިފައިވާ އިންޓަރނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ދަތުރުކުރި އެންމެ ފުރަތަމަ މީހާއަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް