ކ. މާލެ
|
17 ޑިސެންބަރ 2021 | ހުކުރު 11:47
އެހީ ފޯރުކޮށްދީފައިވަނީ ބުރާސްފަތި ދުވަހު
އެހީ ފޯރުކޮށްދީފައިވަނީ ބުރާސްފަތި ދުވަހު
އަލްޖަޒީރާ
އަފްޣާނަށް ދޭ އެހީ
ސައުދީން އަފްޣާނަށް އެހީ ފޮނުވައިފި
ގާތްގަނޑަކަށް 65 ޓަނުގެ ތަކެތި ފޮނުވާފައި
އެއްގަމު މަގުން ވެސް އެހީ ފޮނުވުމަށް ހަމަޖެހިފައިވޭ

ސައުދީ އަރަބިޔާއިން އަފްޣާނިސްތާނަށް އިންސާނީ އެހީ ފޯރުކޮށްދީފިއެވެ.

ބުރާސްފަތި ދުވަހު ސައުދީގެ ދެ މަތިންދާބޯޓް އެހީގެ ތަކެއްޗާއެކު އަފްޣާނަށް ގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. މިއީ ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާން ސަރުކާރު ގެންދިޔަ ފަހުން މިގޮތަށް ސައުދީން ފޯރުކޮށްދިން ފުރަތަމަ އެހީއެވެ.

ސައުދީގެ ރަސްކަމުގެ ދަރުބާރުން ހިންގާ ކިންގް ސަލްމާން ހިއުމެނިޓޭރިއަން އެއިޑް އެންޑް ރިލީފް ސެންޓަރުން ވަނީ ގާތްގަނޑަކަށް 65 ޓަނުގެ ތަކެތި ފޮނުވާފައެވެ. އޭގެތެރޭގައި 1،647 ވަށިގަނޑުގެ ކާތަކެތި ވެސް ހިމެނެއެވެ.

ސެންޓަރުގެ ސުޕަރވައިޒަރ ޖެނެރަލާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުން ޖުމްލަ 6 މަތިންދާބޯޓުގައި 197 ޓަނުގެ ތަކެތި ފޮނުވުމަށްވަނީ ހަމަޖެހިފައެވެ. ޕާކިސްތާން މެދުވެރިކޮށް އެއްގަމު މަގުން 200 ޓްރަކްގެ ސާމާނު ވެސް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

އަންގާރަ ދުވަހު ރިޔާދުގައި އޮތް ގަލްފް އަރަބް ސަމިޓްގައި ގައުުތަކުންވަނީ އިންސާނީ އެހީ އަފްޣާނިސްތާނަށް ފޮނުވުމަށް އެއްބަސްވެފައެވެ.

އަދިގެ އަންދާޒާތައް ދައްކާ ގޮތުން ފިނި މޫސުމުގައި އަފްޣާންގެ 38 މިލިއަން މީހުންނަށް ކާބޯތަކެތީގެ ދަތިކަމާ ކުރިމަތިލާން ޖެހޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް