ކ. މާލެ
|
27 ނޮވެންބަރ 2021 | ހޮނިހިރު 23:27
ޖަރުމަނުގައި މީހުން ވެކްސިން ޖެހުމަށް ކިޔު ހަދައިގެން
ޖަރުމަނުގައި މީހުން ވެކްސިން ޖެހުމަށް ކިޔު ހަދައިގެން
ރޮއިޓަރސް
ކޮވިޑް-19، ޖަރުމަނުގެ ހާލަތު
އޮމިކްރޯންއަށް ޝައްކުކުރެވޭ ކޭހެއް ޖަރުމަނުން ފެނިއްޖެ
ޝައްކުކުރެވޭ މީހާ ޖަރުމަނަށް އައިސްފައިވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހު
އެމީހާ މިހާރު ވަނީ އައިސޮލޭޓްކޮށްފައި

ދެކުނު އެފްރިކާއިން ޖަރުމަނަށް އައި މީހެއްގެ ފުށުން އޮމިކްރޯން ވޭރިއަންޓާ ގުޅުންހުރި މިޔުޓޭޝަނެއް ފެނިފައިވާކަމަށް ޖަރުމަނުގެ އޮފިޝަލުން ބުނެފިއެވެ.

އެމީހާ މިހާރު ވަނީ އައިސޮލޭޓްކޮށްފައެވެ. މިއާއެކު ފާއިތުވި ދުވަސްތަކުގައި ދެކުނު އެފްރިކާއަށް ދަތުރުކޮށްފައިވާ މީހުންގެ ވީހާވެސް މަދުން މީހުންނާ ދިމާވުމަށާއި، ޓެސްޓް ހެދުމަށް ޖަރުމަނުގެ އޮފިޝަލުން ވަނީ އެދިފައެވެ. ޝައްކުކުރެވޭ މީހާ ޖަރުމަނަށް އައިސްފައިވަނީ މިދިޔަ ހަފްތާގެ އާދިއްތަ ދުވަހުއެވެ. އެމީހާއަކީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހެކެވެ.

މިމީހާގެ ޓެސްޓްގެ ނަތީޖާ ލިބޭވަރުވާނީ ހޯމަ ދުވަހު ކަމަށް އޮފިޝަލުން ބުނެއެވެ.

އައު ވޭރިއަންޓާއެކު އެކި ގައުމުތަކުގައި ވަނީ ފިޔަވަޅުތައް އަޅަންފަށާފައެވެ. އެގޮތުން، އީޔޫގެ ގައުމުތަކުން ވަނީ ދެކުނު އެފްރިކާއަށް ދަތުރުކުރުން ވަގުތީ ގޮތުން މެދުކަނޑާލާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް