ކ. މާލެ
|
29 އޯގަސްޓް 2021 | އާދީއްތަ 13:17
އަފްޣާން އިވެކުއޭޝަން ފްލައިޓެއްގައި މީހަކު ވިހެއުން- ފްލައިޓް ކްރޫއިން ތުއްތު ހައްވާއާއެކު
އަފްޣާން އިވެކުއޭޝަން ފްލައިޓެއްގައި މީހަކު ވިހެއުން- ފްލައިޓް ކްރޫއިން ތުއްތު ހައްވާއާއެކު
ރޮއިޓަރސް
ފްލައިޓެއްގެ ތެރެއަށް އަފްޣާނުގެ މީހަކު ވިހެއުން
އިނގިރޭސިވިލާތަށް ދަތުރު ކުރަމުން ދިޔަ ފްލައިޓެއްގެ ތެރެއަށް އަފްޣާނުގެ މީހަކު ވިހައިފި
އުމުރުން 26 އަހަރުގެ ސުމާން ނޫރީއަށް ލިބުނީ އަންހެން ކުއްޖެއް
ތުއްތު ދަރިފުޅުގެ ނަމަކަށް ކިޔާފައިވަނީ ހައްވާ

އަފްޣާނިސްތާނު ދޫކޮށް އިނގިރޭސިވިލާތަށް ދަތުރު ކުރަމުން ދިޔަ އަފްޣާނިސްތާނުގެ މީހަކު ޓަރކިޝް އެއާލައިންގެ ފްލައިޓެއްގެ ތެރެއަށް ވިހައިފިއެވެ.

30000 ފޫޓު މަތިން، ބަރމިންގްހަމްއަށް ދަތުރު ކުރަމުންދިޔަ މި ފްލައިޓް ތެރެއަށް ވިހާފައިވަނީ އުމުރުން 26 އަހަރުގެ ސުމާން ނޫރީއެވެ. އޭނާއަށް ލިބުނީ އަންހެން ކުއްޖެކެވެ. ސުމާންގެ ތުއްތު ދަރިފުޅުގެ ނަމަކަށް ކިޔާފައިވަނީ ހައްވަ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިކަމާ ގުޅިގެން ޓަރކިޝް އެއާލައިނުން ބުނީ ސުމާން ވިހެއީ ދުބާއީއިން ދަތުރުކުރި ފްލައިޓެއްގެ ތެރޭގައި ކަމަށެވެ. މި ފްލައިޓުގައި ޑޮކްޓަރެއް ނެތުމާއެކު ސުމާން ވިއްސުމުގައި ހަރަކާތްތެރިވެ އެހީތެރިވެފައިވަނީ އެ ފްލައިޓުގައި ތިބި ކެބިން ކްރޫންނެވެ. އެ އެއަރލައިނުން ބުނީ ދެމައިންގެ ހާލު ވެސް ރަނގަޅު ކަމަށެވެ.

މީގެ އިތުރުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކުވައިތުގައި ފްލައިޓް ލޭންޑްކުރި ކަމަށް ޓަރކިޝް އެއާލައިނުން ވަނީ ބުނެފައެވެ. މިކަމާ ގުޅިގެން ތުއްތު ހައްވާއާއެކު އެ އެއަރލައިނުގެ ކްރޫއިން ވަނީ ފޮޓޯނަގައި އެ ފޮޓޯތައް ހިއްސާ ކޮށްފައެވެ.

މި ދަތުރުގައި ސުމާންގެ ފިރިމީހާގެ އިތުރުން އެ ދެމަފިރިންގެ އިތުރު 2 ކުދިން ވެސް ވަނީ ބައިވެރިވެފައެވެ. މިއީ އެގައުމު ދޫކޮށްދިޔަ އިވެކުއޭޝަން ފްލައިޓެއްގެ ތެރެއަށް އުފަންވި 2 ވަނަ ކުއްޖާއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް