މޫސުމް ގޯސްވެ ސ.ހިތަދޫގެ ދެ ގެއަކަށް ގެއްލުން ލިބުމާ ގުޅިގެން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
މިއަދު މެންދުރުފަހު ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ސ.ހިތަދޫގެ ގެއެއްގެ ފުރާޅު އެއްލާލައި، އިތުރު ގެއަކަށް ފެން ވަންނަމުންދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ސަދަން އޭރިއާއަށް ލިބުމާ ގުޅިގެން ސަދަން އޭރިއާގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ. މިގޮތުން ހިތަދޫގެ ގެއެއްގެ ފުރާޅު އެއްލާލި ކަމުގެ މަޢުލޫމާތު ޖުލައި 23 ވަނަ ހަވީރު 15:41 ހާއިރު ލިބުމާ އެކު ސިފައިން ގޮސް ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

މީގެ އިތުރުން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހިތަދޫގެ ގެއަކަށް ފެން ވަންނަކަމުގެ މައުލޫމާތު ޖުލައި 23 ވަނަ ދުވަހު ހަވީރު 16:45 ހާއިރު ލިބުމާއެކު، ސިފައިން އެ ގެއަށް ގޮސް، އެގެއަށް ފެން ވަނަނުދިނުމަށްޓަކައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައިވެއެވެ.