ކ. މާލެ
|
19 ޖުލައި 2021 | ހޯމަ 23:08
ސިންގަޕޫރުގައި މިފަހުން ކޮވިޑް-19 ފެނުނު މޯލަކަށް ޒިޔާރަތްކުރި މީހުން، ކޮވިޑް ޓެސްޓް ހެދުމަށް ކިޔު ހަދައިގެން
ސިންގަޕޫރުގައި މިފަހުން ކޮވިޑް-19 ފެނުނު މޯލަކަށް ޒިޔާރަތްކުރި މީހުން، ކޮވިޑް ޓެސްޓް ހެދުމަށް ކިޔު ހަދައިގެން
ރޮއިޓަރސް
ކޮވިޑް-19، ސިންގަޕޫރުގެ ހާލަތު
ސިންގަޕޫރުގައި ކޮވިޑްގެ ހާލަތު ގޯސްވެ، ވެކްސިން ނުޖަހާ މީހުން ބޭރަށް ނުނިކުތުމަށް އަންގައިފި
އާދިއްތަ ދުވަހު ސިންގަޕޯރުގައި ވަނީ 88 މީހުންނަށް ކޮވިޑް ޖެހިފައި
މިއީ މިދިޔަ އަހަރުގެ އޮގަސްޓްގެ ފަހުން އެގައުމުގައި އެއްދުވަހާ މިހާ ގިނަ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރި ފުރަތަމަ ފަހަރު
ސިންގަޕޯރުގެ 5.7 މިލިއަން މީހުންގެ އާބާދީގެ 73 އިންސައްތަ މީހުން ވަނީ ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހާފައި

ސިންގަޕޫރުގައި ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ، ވެކްސިން ނުޖަހާ ތިބި ފަރާތްތަކުން، ވަކިން ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުން ކުރިޔަށް އޮތް ހަފްތާތަކުގައި ގެއިން ބޭރަށް ނުނިކުތުމަށް އެގައުމުގެ ހެލްތު މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އާދީއްތަ ދުވަހު ސިންގަޕޫރުގައި ވަނީ 88 މީހުންނަށް ކޮވިޑް ޖެހިފައެވެ. މިއީ މިދިޔަ އަހަރުގެ އޮގަސްޓްގެ ފަހުން އެގައުމުގައި އެއް ދުވަހެއްގެ މައްޗަށް މިހާ ގިނަ މީހުންނަށް ކޮވިޑް ޖެހިގެން ރިޕޯޓްކުރި ފުރަތަމަ ފަހަރެވެ. ސިންގަޕޫރުގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވަނީ ކަރޯކޭ ބާރތަކާއި މަސްވެރިކަމާ ގުޅުންހުރި ޕޯޓުތަކެއްގައި ފެނުނު ކޭސްތަކަކާ ގުޅިގެންނެވެ. މިކްލަސްޓަރތަކާ ގުޅިގެން ސިންގަޕޯރުގައި ފެންނަ ކޮވިޑް ކޭސްތައް އިތުރުވެފައިވީނަމަވެސް އެއީ ނިސްބަތުން މަދު އަދަދުތަކެއްކަން ފާހަގަކޮށްލެވެއެވެ.

ސިންގަޕޫރަކީ ކާމިޔާބުކަމާއެކު ކޮވިޑް ކޮންޓްރޯލްކުރަމުން އަންނަ ގައުމުތަކުގެ ތެރެއިން ގައުމެކެވެ. ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނާތީ އެގައުމުގެ ކަމާބެހޭ ފަރާތްތަކުން އާދިއްތަ ދުވަހު ވަނީ ސީފުޑް ވިއްކާތަންތަނާއި މަސް ވިއްކާތަންތަން ވަނީ ބަންދުކޮށްފައެވެ. އެއީ އެތަންތަނުގައި މަސައްކަތްކުރާ މީހުން ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެންނެވެ.

ހެލްތު މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިތަންތަނުން ފެނިފައިވާ ކޭސްތައް އިތުރު ތަންތަނަށް ފެތުރި ކޮމިޔުނިޓީ ސްޕެރެޑަކަށް ހިނގައިދާނެކަމުގެ ބިރު އެބައޮތްކަމަށެވެ.

ސިންގަޕޫރުގެ 5.7 މިލިއަން މީހުންގެ އާބާދީގެ 73 އިންސައްތަ މީހުން ވަނީ ކޮވިޑްގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. ނަމަވެސް ސަރުކާރުން އަންނަނީ އުމުރުން ދުވަސްވީ މީހުން ވެކްސިން ޖެހުމަށް އަދިވެސް ބާރުއަޅަމުންނެވެ. އުމުރުން 70 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެކްސިން ޖަހާފައިވަނީ 71 އިންސައްތަ މީހުންނެވެ.

ކޭސްތައް އިތުރުވާން ފެށުމުން، ސިޓީތަކާއި ސްޓޭޓްތަކުގައި ވަނީ ގިނަ މީހުން އެއްތަނަށް އެއްވެ އުޅުންފަދަ ކަންކަން ނުކުރުމަށް އަންގާފައެވެ. އެގޮތުން ހޯމަ ދުވަހުން ފެށިގެން ހަފްތާއެއްގެ މުއްދަތަށް މި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ނަމަވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ފިޔަވަޅުތައް އެޅުމުގައި ލުއިތައް ދޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް