ކ. މާލެ
|
15 ޖުލައި 2021 | ބުރާސްފަތި 19:20
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް
ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް
ރޮއިޓަރސް
ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ކުރާ މަސައްކަތް
ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ކުރާ މަސައްކަތުގައި ޗައިނާއިން މިހާރަށްވުރެ ބޮޑަށް އެއްބާރުލުންދިނުމަށް ޑަބްލިޔުއެޗްއޯއިން ގޮވާލާއިފި
ޓެޑްރޯސް ވަނީ ޗައިނާއިން މިހާރަށް ވުރެ ބޮޑަށް މިކަމުގައި އެއްބާރުލުންދީ، ހާމަކަންބޮޑު ގޮތެއްގައި މަސައްކަތްކުރުމަށް އެދިވަޑައިގެންފައި
ޑަބްލިޔުއެޗްއޯގެ ޓީމެއް މީގެކުރިން ވަނީ، ވައިރަސް އެންމެ ފުރަތަމަ ފެނުނު ވުހާން އަށް ގޮސް ތަހުގީގުކުރިޔަށް ގެންގޮސްފައި

ކޮވިޑް-19ގެ އަސްލު ދެނެގަތުމަށް ކުރަމުންދާ ތަހުގީގަށް ޗައިނާއިން ރޯ ޑާޓާތައް ފޯރުކޮށްދީފައިނުވާތީ ހުރަސްތަކެއް އެޅިފައިވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދްނޯމް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޓެޑްރޯސް ވަނީ ޗައިނާއިން މިހާރަށް ވުރެ ބޮޑަށް މިކަމުގައި އެއްބާރުލުންދީ، ހާމަކަން ބޮޑުގޮތެއްގައި މަސައްކަތްކުރުމަށް އެދިވަޑައިގެންފައެވެ.

ކޮވިޑް-19ގެ ބަލީގައި އެތައް މިލިއަން ބައެއްގެ ފުރާނަ ގޮސް، އެތައް މިލިއަން ބަޔަކަށް މިބަލިޖެހި، އެތައް މިލިއަން ބައެއްގެ ދިރިއުޅުމަށް އަސަރުކޮށްފައިވާއިރު ކޮވިޑް-19ގެ އަސްލަކީ ކޮބައިކަން އެފަރާތްތަކުގެ ހައްގުގައިވެސް އެނގުމަކީ މުހިންމު ކަމެއް ކަމަށް ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑް-19ގެ އަސްލު ދެނެގަތުމަށްޓަކައި ޑަބްލިޔުއެޗްއޯގެ ޓީމެއް މީގެކުރިން ވަނީ، ވައިރަސް އެންމެ ފުރަތަމަ ފެނުނު ތަން ކަމުގައިވާ ވުހާންއަށް ގޮސް ތަހުގީގުކުރިޔަށް ގެންގޮސްފައެވެ. އެއަށްފަހު އެކުލަވާލި ރިޕޯޓުގައި އިތުރަށް މިކަން ތަހުގީގުކުރަންޖެހޭކަމަށް ވަނީ ބުނެފައެވެ. އަދި ކޮވިޑަކީ ޗައިނާގެ ލެބޯޓްރީއަކުން ލީކުވެފައިވާ ވައިރަސް އެއްކަން ސާބިތުކުރެވޭވަރަށް ހެކި ލިބިފައިނުވާކަމަށް ވަނީ ބުނެފައެވެ.

ޑަބްލިޔުއެޗްއޯއިން އަންނަނީ ކޮވިޑް-19ގެ އަސްލު ދެނެގަތުމުގެ ތަހުގީގުގެ ދެވަނަ ފިޔަވައްސަށް ތައްޔާރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް