ކ. މާލެ
|
4 ޖުލައި 2021 | އާދީއްތަ 08:42
އިންޑިއާގެ ސްޓޭޓެއްގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ
އިންޑިއާގެ ސްޓޭޓެއްގައި ވެކްސިން ޖެހުމުގެ މަސައްކަތް ކުރިއަށްދަނީ
ދަ ވޯލް ސްޓްރީޓް ޖަރނަލް
ކޮވިޑް19 ވެކްސިން
އިންޑިއާގެ ބާރަތް ކުންފުނިން އުފެއްދި ވެކްސިން ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރޭ
ޑެލްޓާ ވެރިއަންޓާ ދެކޮޅަށް މި ވެކްސިން 65.2 އިންސައްތަ ވެކްސިން މަސައްކަތް ކުރޭ

އިންޑިއާގެ ބާރަތް ކުންފުނިން އުފެއްދި ވެކްސިން، ޑެލްޓާ ވޭރިއަންޓާ ދެކޮޅަށް މަސައްކަތް ކުރާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން ބުނެފައިވަނީ، ކޮވިޑް19 ވެކްސިންގެ ތިންވަނަ ފޭސް ނިމުނުއިރު ވަރަށް ކާމިޔާބު ކަމަށެވެ. ބައްޔާ ދެކޮޅަށް ޖުމްލަކޮށް 77.8 އިންސައްތަ އެ ވެކްސިން މަސައްކަތް ކުރާ ކަމަށެވެ. ތިންވަނަ ފޭސްގެ ނަތީޖާ ދައްކާގޮތުން، ބަލީގެ ހާލު ބޮޑުވާ މީހުންނާ ދެކޮޅަށް 93.4 އިންސައްތަ މި ވެކްސިން މަސައްކަތްކުރާ ކަމަށެވެ. އަދި ޑެލްޓާ ވެރިއަންޓާ ދެކޮޅަށް މި ވެކްސިން 65.2 އިންސައްތަ ވެކްސިން މަސައްކަތް ކުރާ ކަމަށެވެ.

މިދިޔަ އަހަރު މެދުތެރެއިން ފެށިގެން އެ ކުންފުނިން އައީ ވެކްސިން އުފެއްދުމަށް މަސައްކަތް ކުރަމުންނެވެ. އިންޑިއާއިން ވަނީ އިމަރޖެންސީ ހާލަތުގައި މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ވެސް ދީފައެވެ. މި ވެކްސިނަކީ އިންޑިއާއިން އުފައްދަމުން އަންނަ މައިގަނޑު ދެ ވެކްސިންގެ ތެރެއިން އެއް ވެކްސިނެވެ. އިންޑިއާއިން އަންނަނީ ސިރަމް އިންސްޓިޓިއުޓުން އުފައްދާ އެސްޓްރަޒެނަކާ ވެކްސިން ވެސް އުފައްދަމުންނެވެ. އެ ކުންފުނިން ބުނެފައިވަނީ، ކުންފުނީގެ އަމާޒަކީ ޖުލައި މަހުގެ ތެރޭގައި ވެކްސިން އުފައްދާ މިންވަރު 100 މިލިއަން ޑޯޒަށް އިތުރުކުރު ކުރާނެ ކަމަށެވެ.

ހޮނިހިރު ދުވަހާ ހަމައަށް ނަގާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އިންޑިއާގެ އާބާދީގެ 4.3 އިންސައްތަ މީހުންވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 12 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް