ކ. މާލެ
|
2 ޖޫން 2021 | ބުދަ 15:33
އީރާންގެ އަސްކަރިއްޔާގެ "ޚާރގް431"
އީރާންގެ އަސްކަރިއްޔާގެ "ޚާރގް431"
ޓައިމްސް އޮފް އިންޑިއާ
އިރާންގެ ބޯޓެއްގައި ރޯވުން
އީރާންގެ އަސްކަރިއްޔާގެ ބޯޓެއް އޮމާން ކަނޑަށް އަޑިއަށް ހިނގައްޖެ
ހާދިސާގައި މީހުން ސަލާމަތް ކުރެވުނު
ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ހާމަކޮށްފައި ނުވޭ

އިރާންގ އަސްކަރިއްޔާގެ ބޯޓެއް އޮމާން ކަނޑަށް އަޑިއަށް ހިނގައްޖެއެވެ.

އަޑިއަށްދިޔަ މި ބޯޓަކީ އަަސްކަރިއްޔާގައި ބޭނުންކުރާ އެންމެ ބޮޑު ބޯޓެވެ. "ޚާރގް431" ނަމަކަށް ކިޔާ ބޯޓުގައި އަލިފާން ރޯވެ އަނދަން ފެށުމުން މީހުން ސަލާމަތް ކުރެވުނު ނަމަވެސް ބޯޓު ސަލާމަތް ކުރުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވެފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އަލިފާން ރޯވާން މެދުވެރި ސަބަބެއް މިހާތަނަށް ހާމަ ކޮށްފައި ނުވެއެވެ. އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު 2:25 ހާއިރުއެވެ.

މި ބޯޓަކީ 1977 ވަނަ އަހަރު އިނގިރޭސިވިލާތުގައި ބަނދެފައިވާ ބޯޓެކެވެ. ބޯޓު އީރާން އަސްކަރިއްޔާއިން ނަގާފައިވަނީ 1984 ވަނަ އަހަރުއެވެ.

2019 ވަނަ އަހަރުން ފެށިގެން އޮމާން ކަނޑުގެ ސަަރަހައްދުގައި ދަތުރުކުރާ ބޯޓުތަކުގައި ގޮތް ނޭގޭ ގޮވުންތަކެއް ގޮވައެވެ. މި ގޮވުންތައް ގޮއްވަނީ އީރާނުންކަމަށް ދާދި ފަހުން އެމެރިކާގެ އަސްކަރިއްޔާއިންވަނީ ތުހުމަތުކޮށްފައެވެ. އެހެންނަމަވެސް އީރާނުން މިކަންތައްތައް ވަނީ ދޮގުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް