ކ. މާލެ
|
26 މެއި 2021 | ބުދަ 14:37
ބިލް ޖަހާފައިވަނީ ފައިޒަރ ވެކްސިން
ބިލް ޖަހާފައިވަނީ ފައިޒަރ ވެކްސިން
ޓައިމްސް އޮފް އިންޑިއާ
ކޮވިޑް ވެކްސިން ޖެހި ފުރަތަމަ މީހާ މަރުވުން
ކޮވިޑް-19 ވެކްސިން ޖެހި ޔޫކޭގެ ފުރަތަމަ ފިރިހެން މީހާ މަރުވެއްޖެ
ބިލް މަރުވީ ވެކްސިނާ ގުޅުންހުރި ބައްޔެއްގައެއް ނޫން
ބިލްއަށް ދިނީ ފައިޒަރ ވެކްސިން
ބިލް މަރުވީ މިދިޔަ ބުރާސްފަތި ދުވަހު

ކޮވިޑް-19އިން ދިފާއު ވުމަށް ވެކްސިން ޖެހި ފުރަތަމަ ފިރިހެން މީހާ މަރު ވެއްޖެއެވެ.

އިންގިރޭސިވިލާތުގެ ވިލިއަމް ބިލް ޝޭކްސްފިއާރ، 81، ވެގެންދިޔައީ ކޮވިޑް-19އާ ދެކޮޅަށް ވެކްސިން ޖެހި ފުރަތަމަ ފިރިހެން މީހާއަށެވެ. ބިލް މަރުވީ ވެކްސިނާ ގުޅުން ނެތް ކަމެއްގައި ކަމަށާއި، އޭނާ މަރުވީ ސްޓްރޯކެއް ޖެހިގެން ކަމަށް ރިޕޯޓު ކޮށްފައިވެއެވެ.

ބިލް ޖަހާފައިވަނީ، ފައިޒަރ ވެކްސިނެވެ. ބިލް ވެކްސިން ޖެހީ ފާއިތުވި ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހުއެވެ. އޭނާއަށް ވެކްސިން ދީފައިވަނީ، ކޮންވެންޓްރީ ޔުނިވަރސިޓީ ހޮސްޕިޓަލުގައެވެ. ސްޓްރޯކް ޖެހިގެން މަރުވީ ވެސް ހަމަ އެ ހޮސްޕިޓަލުގައެވެ. ބިލް އޭރު ބުނެފައިވަނީ ވެކްސިނުން ދިރިއުޅުމުގެ ހާލަތަށް ބަދަލު ގެނެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

ބިލް ވެކްސިން ޖަހާފައިވަނީ ހަމަ އެ ހޮސްޕިޓަލުގައި 91 އަހަރުގެ މާގަރެޓް ކީނަން އަށް ވެކްސިން ދިނުމަށް ފަހުއެވެ.

ބިލްއަކީ ގިނަ ދުވަސްތަކަކަށް އާއްމުންނަށް ޚިދުމަތް ކޮށްފައިވާ މީހެކެވެ. ބިލްގެ މަރު ރިޕޯޓު ކޮށްފައިވަނީ، މެއި މަހުގެ 20 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް