ކ. މާލެ
|
25 މެއި 2021 | އަންގާރަ 11:39
ކޮވެކްސިން - ބާރަތް ބައޮޓެކުން އުފައްދާ ކޮވިޑުން ދިފާއުވުމަށް ބޭނުންކުރާ ވެކްސިން
ކޮވެކްސިން - ބާރަތް ބައޮޓެކުން އުފައްދާ ކޮވިޑުން ދިފާއުވުމަށް ބޭނުންކުރާ ވެކްސިން
ޓައިމްސް އޮފް އިންޑިއާ
ކޮވެކްސިނަށް ހުއްދައަށް އެދިފައި
ކޮވެކްސިނަށް ޑަބްލިއުއެޗްއޯގެ ހުއްދަ މި އަހަރުގެ ފަހު ކުއާޓަރގައި ލިބޭނެ ކަމުގެ އުންމީދުގައި
ހުއްދައަށް އެދުނީ މިމަހު
އިމަރޖެންސީ ހާލަތުގައި ބައެއް ގައުމުތަކުގައި ބޭނުން ކުރޭ

އިންޑިއާގެ ބާރަތު ބައޮޓެކް އިން އުފައްދާފައިވާ ކޮވެކްސިން މިހާރުވަނީ ޑަބްލިއުއެޗްއޯގެ ހުއްދައަށް އެދި ފޮނުވާފައެވެ. އެ ކުންފުނީގެ އޮފިޝަލުން ބުނީ ކޮވިޑުން ދިފާއުވުމަށް އުފައްދާފައިވާ ކޮވެކްސިނަށް މި އަހަރުގެ ތިނެއް ނުވަތަ ހަތަރުވަނަ ކުއާޓަރގައި ހުއްދަ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޑަބްލިއުއެޗްއޯއިން ވަނީ އެ ކުންފުނީގެ އެހެން ބައެއް ވެކްސިން ތަކަށް ވެސް ހުއްދަ ދީފައެވެ. އެހެން ކަމުން އެ ކަމަކީ އެ ކުންފުންޏަށް އާ ކަމެއް ނޫން ކަމަށް ކުންފުނީގެ ބިޒްނަސް ޑިވެލޮޕްމެންޓާ ހަވާލާދީ ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓު ކޮށްފައިވެއެވެ.

ޑަބްލިއުއެޗްއޯގެ ވެބްސައިޓުން ދައްކާ ގޮތުގައި ބާރަތު ބައޮޓެކުން ޝައުގުވެރިކަން ފާޅުކޮށްފައިވަނީ އެޕްރީލް މަހުގެ 19 ވަނަަ ދުވަހުއެވެ. އެކަމާ ގުޅޭ ލިޔެކިޔުންތައް ހުށަހަޅާފައިވަނީ މެއި މަހުގެ 18 ވަަނަ ދުވަހުއެވެ. އެއާއެކު އިތުރު މައުލޫމާތުތައް ސާފުކޮށްފައިވެއެވެ.

ކޮވެކްސިން އިމަރޖެންސީ ހާލަތުގައި މިހާރުވެސް ބައެއް ގައުމުތަކުގައި އަންނަނީ ބޭނުން ކުރަމުންނެވެ. އޭގެ ތެރޭގައި މެކްސިކޯ، ފިލިޕީންސް، އިރާން، ޕެރަގުއޭ، ވެންޒުއޭލާ، ގުއެޓެމާލާ، ބޮޓްސުވާނާ އަދި ނޭޕާލްވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
- ކޮމެންޓް