ކ. މާލެ
|
19 މެއި 2021 | ބުދަ 16:36
ޖަލްސާއަށް ހާޒިރުވެ ވޯޓު ނުލާ ފިއްލެވި ޕީޕީއެމް މެންބަރުން
ޖަލްސާއަށް ހާޒިރުވެ ވޯޓު ނުލާ ފިއްލެވި ޕީޕީއެމް މެންބަރުން
ރާއްޖެއެމްވީ
ބޮޑު ޚިޔާނާތުގެ ލިސްޓް އާންމު ކުރުން
ބޮޑު ޚިޔާނާތުގެ ލިސްޓް އާންމު ކުރުމަށް ވޯޓު ނުދީ ޕީޕީއެމް މެންބަރުން ފިލައިފި
ލިސްޓުގައި ހިމެނިވަޑައިގަންނަވާ 16 މެންބަރުންގެ ތެރެއިން ލިސްޓު އާންމު ކުރުމަށް ވޯޓު ދެއްވާފައިވަނީ މެންބަރު އަލީ އާޒިމް އެކަނި

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ބޮޑު ޚިޔާނާތުގެ ލިސްޓް އާންމުކުރުމަށް ރައްޔިތުންގެ މަޖިލީހުން ބުދަ ދުވަހުގެ ޖަލްސާގައި ފާސް ކޮށްފައިވާއިރު, ލިސްޓު އާންމު ކުރުމަށް ވޯޓު ދެއްވުމުގެ ބަދަލުގައި ޕީޕީއެމް މެންބަރުން ފިލައިފިއެވެ.

ކޮމިޓީން އާންމު ކޮށްފައިވާ ލިސްޓުގައި 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ޕީޕީއެމްގެ 6 މެމްބަރުންގެ ނަން ވަނީ ހިމެނިފައެވެ. އޭގެ އިތުރުން، 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެމްޑީޕީގެ 4 މެމްބަރުންގެ ނަން ހިމެނިފައިވެއެވެ. އަދި ޕީއެންސީއާއި އެމްޑީއޭގެ އެއް މެންބަރުގެ ނަން އަދި ޖޭޕީއާއި މިނިވަން ދެ މެންބަރުގެ ނަން ލިސްޓުގައި ހިމެނެއެވެ.

ލިސްޓުގައި ހިމެނިވަޑައިގަންނަވާ މަޖިލީހުގެ މެންބަރުން

ޕީޕީއެމް:

1. ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރ އަދި އޭދަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް

2. ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

3. ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ރިޒާ

4. މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް

5. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން

6. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް

އެމްޑީޕީ:

7. އެމްޑީޕީ ޕީޖީ ގްރޫޕްގެ ލީޑަރ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް

8. މުލަކު ދާއިރާގެ މެންބަރު އިބްރާހީމް ނަސީރު

9. މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް

10. ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސާ

ޕީއެންސީ:

11. މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު

ޖޭޕީ:

12. ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް)

13. ކެންދޫ ދާއިރާގެ މެންބަރު ޢަލީ ހުސައިން

އެމްޑީއޭ:

14. ކުޑަހުވަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހުމަދު އާމިރު

މިނިވަން:

15. ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެން

16. ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލްމުހުސިން ހަމީދު

ލިސްޓުގައި ހިމެނިވަޑައިގަންނަވާ 16 މެންބަރުންގެ ތެރެއިން ލިސްޓު އާންމު ކުރުމަށް ވޯޓު ދެއްވާފައިވަނީ މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެކަންޏެވެ.

ލިސްޓުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން މަޖިލީހަށް ހާޒިރުވެ ވޯޓުލާފައި ނުވަނީ:

1. ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް

2. މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް

3. ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް

4. މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު

5. ގުރައިދޫ ދާއިރާގެ މެންބަރު މުހައްމަދު ޣައްސާން މައުމޫން

6. މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް

މުޅިއެކު 281 މީހަކު ހިމެނޭ މި ލިސްޓަކީ އަދި ތަހުގީގު ނުނިމޭ ލިސްޓެކެވެ. އޭގެ ތެރޭގައި މިހާރު މައުލޫމާތު އެއްކުރަމުންދާ މީހުންނާއި، ދައުވާކުރުމުގެ މަރުހަލާގައި ތިބި އަދި ތަހުގީގުކުރެވޭ މީހުން ވެސް ހިމެނެއެވެ. ލިސްޓު އާންމުކޮށްފައި ވަނީ ތަހުގީގަށް ހުރަސް ނޭޅޭނެކަމުގެ ޔަގީންކަން އޮތުމުން ކަމަށް ޖޮއިންޓް ކޮމިޓީން ބުނެފައިވެއެވެ.

- ކޮމެންޓް
20 މެއި 2021 | ބުރާސްފަތި 19:27
މުޖާހިދު
ފުރަތަމަ ބަލަންވީ ތިޔަ ލިސްޓް ސައްހަ ތޯ. ދެން އޭގެ ފަހުގައި ވާހަކަ ދައްކާނީ
20 މެއި 2021 | ބުރާސްފަތި 04:59
ހީީނާ
އެހެންމެއިވަގަމެޖޯރިޓީ އެމްޑީޕީ ެެެެެެެެެެެެެެެެެެްެެެެެެެެެެެެެެެެެެްއަކައް ނނުންނުނީ. ހައްހައް
19 މެއި 2021 | ބުދަ 19:02
ނަސީރާ
އެމީހުން ވޯޓު ދޭންބޭނުން ނުވީމަ ނެދޭނަ ހަޖަމުކުރޭ