title-dhivehinge-minivandhuvas

ރާއްޖޭގައި ޖުލައި މަހުގެ 26 ވަނަ ދުވަސް ފާހަގަކުރަމުން ދަނީ މިނިވަން ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަމުންދަނީ 1887 ވަނަ އަހަރު ޑިސެމްބަރުން، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ ސައްބީސް ވަނަ ދުވަހާހަމައަށް އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތުމަށްފަހު ރާއްޖެއަށް ފުރިހަމަ ސިޔާސީ މިނިވަންކަން ލިބުމާއި ގުޅިގެންނެވެ.

މިނިވަންކަމުގެ ތާޒާކަމާއި ވަސްމީރުކަން ދެކުނު އޭޝިޔާއަށް ވެރިވީ، މީގެ 76 އަހަރު ކުރިން ބޮޑު ހަނގުރާމަ ނިމުމުންނެވެ. މިގޮތުން 1947ގައި އިންޑިޔާ މިނިވަންވެ، ޕާކިސްތާނާއި އިންޑިޔާ ދެ ގައުމުގެ ގޮތުގައި އުފެދުނެވެ. އަދި ސިލޯނު 1948ގައި މިނިވަންވިއެވެ. ސިލޯނު މިނިވަންވުމުން، 1948ގައި ރާއްޖެއަށްވެސް ދާޚިލީ މިނިވަންކަން ލިބުމުގެ އެއްބަސްވުމެއްގައި، މާލޭގައި ދިވެހިރާއްޖެއާއި އިނގިރޭސިވިލާތުގެ ފަރާތުން ސޮއިކުރިއެވެ.

title-hithaab

މިނިސްޓަރ ޢިމްރާން ޢަބްދުﷲ

މިނިވަންދުވަހުގެ ޚާއްސަ ސަޕްލިމަންޓަށް ހޯމް މިނިސްޓަރ އިމްރާން އަބްދުالله ދެއްވާ ޚިތާބު

އިތުރަށް ވިދާޅުވުމަށް

އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ

މިނިވަންދުވަހުގެ ޚާއްސަ ސަޕްލިމަންޓަށް ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ދެއްވާ ޚިތާބު

އިތުރަށް ވިދާޅުވުމަށް

މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު

މިނިވަން ދުވަހުގެ ޚާއްސަ ސަޕްލިމަންޓަށް ފޮރިންގ މިނިސްޓަރ އަބްދުالله ޝާހިދު ދެއްވާ ޚިތާބު

އިތުރަށް ވިދާޅުވުމަށް

title-hithaab
 
 

ތާރީޚީ ނަޒަރަކުން މިނިވަން ދުވަސް

1887ގައި އިނގިރޭސި ދައުލަތާއި ދިވެހިރާއްޖޭގެ ރަދުން، ސުލްޠާން މުޙައްމަދު މުޢީނުއްދީން (2) އާއި ދެމެދު، ސޮއިކުރެވުނު ޙިމާޔަތުގެ ސިޓީ ނުވަތަ މުޢާހަދާއަށް، މުޙައްމަދު އަމީންގެ މަސައްކަތްޕުޅުން ގެނެވުނު އިސްލާޙެއްގެ ކަމުގައިވި، 1948ގެ އެޕްރީލު މަހުގެ 24 ވަނަ ދުވަހު، އިނގިރޭސި ދައުލަތާއި ދިވެހިރާއްޖޭގެ ރަދުންނާއި ދެމެދުގައި ސޮއިކުރި އައު މުޢާހަދާއަށްފަހު، މިނިވަން ދުވަހުގެ ގޮތުގައި ފުރަތަމަ ފަހަރަށް ދުވަހެއް، ފާހަގަ ކުރާން ފެށުނެވެ.

މި ދެންނެވި އިސްލާޙުގައި އޮތީ، "ދިވެހިރާއްޖޭގެ ރަސްކަމަކީ އިންތިޚާބި ރަސްކަމެކެވެ. ދިވެހިރާއްޖޭގެ ދައުލަތަކީ، ފުރިހަމައަށް މިނިވަންކަން ލިބިގެންވާ ދައުލަތެކެވެ. ދިވެހި ދައުލަތަކީ އިނގިރޭސި ދައުލަތުގެ ޙިމާޔަތްތެރިކަން ލިބިގެންވާ ދައުލަތެއް މެއެވެ." މިހެންނެވެ.

މިހެން ބުނެ، ކުރީގެ "ސްޓޭޓް އެގްރިމަންޓު" ނުވަތަ "ސިޓީ" އަށް، އެ ގެންނެވި އިސްލާޙަށްފަހު، ކޮންމެ އަހަރެއްގެ ޖުމާދިލް އާޚިރާ މަހުގެ 13 ވަނަ ދުވަސް، މިނިވަން ދުވަހުގެ ނަމުގައި ފާހަގަ ކުރަމުން އައެވެ. އެއަށްފަހު، ދިވެހިރާއްޖޭގެ މިނިވަން ދުވަހުގެ ގޮތުގައި، އެހެން ދުވަހެއްވެސް ފާހަގަ ކުރާން ފެށިއެވެ. މިކަން އޭރު ނެރުނު ސަރުކާރުގެ އިޢުލާނަކުން ހާމަވެއެވެ. އެއީ، 1955 ގައި މުޙައްމަދު އަމީންގެ ސަރުކާރު ބަޣާވާތަކުން ވައްޓާލުމަށްފަހު، " ޙަގީގީ މިނިވަންދުވަސް" މި ނަމުގައި، މައުލޫދަކާއި، ހެނދުނުގެ ސައިފޮދަކުން، ފާހަގަކުރި މިނިވަން ދުވަހެވެ.

މިނިވަންދުވަސް ދެން ފާހަގަ ކުރާންފެށީ، 26 ޖުލައި 1965 ގައި ދިވެހި ދައުލަތާއި އިނގިރޭސި ދައުލަތާއި ދެމެދުގައި ކުރެވުނު ޚާރިޖީ މިނިވަންކަން ލިބިގެންދިޔަ މުޢާހަދާ އަށްފަހު، ޖުލައި 26 އާއި މުނާސަބު ކޮށްގެންނެވެ. އެއަށް ފަހު، މިނިވަންދުވަސް ފާހަގަކުރާ ދުވަސް ބަދަލުވެގެން ދިޔައީ، 29 މާރޗަށެވެ. އެއީ 1976 މާރޗް 29 ގައި އިނގިރޭސިން، އައްޑޫ ގަމުން ފޭބި ދުވަހެވެ.

މި ދުވަހާ ގުޅުވައިގެން މިނިވަން ދުވަސް ފާހަގަ ކުރަމުން ގެންދަނިކޮށް، އަނެއްކާވެސް މިނިވަންދުވަސް ފާހަގަ ކުރުން، ޖުލައި 26 ށް، ބަދަލުވިއެވެ. މި ފަހަރު މި ދުވަސް ބަދަލު ކުރެއްވީ، 1978ގައި ނާސިރުގެ ދައުރު ނިމި، ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމަށް، އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އިންތިޚާބު ވުމަށް ފަހުގައެވެ. އައު ސަރުކާރުގެ ނިންމުމެއްގެ ގޮތުގައެވެ. އެހެން ކަމުން އިބްރާހީމް ނާސިރުވެސް އެވަނީ، މިނިވަން ދުވަހުގެ ގޮތުގައި، ދެ މުނާސަބާއަކާ ގުޅުވައިގެން، ދެ ދުވަހެއްގައި "މިނިވަން ދުވަސް" ފާހަގަ ކުރައްވައިފައެވެ.

1990

1965

1960

1956

1887

މިނިވަން 25 ފާހަގަކޮށްފައިވަނީ 26 ޖުލައި 1990 ގައި
Maldives Independent Monument
Ibrahim Nasir Signing Renewed Independence Agreement
ރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައި
އެގްރީމެންޓްގައި ސޮއިކުރެވުނީ އެދުވަހު ހެނދުނު މާލޭ ގަޑިން 10 ޖެހިއިރު ކޮޅުނބުގައި ހުންނަ އިނގިރޭސި ދައުލަތު ހައިކޮމިޝަންގައި
ރާއްޖޭގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ ބޮޑުވަޒީރު އަލްމަރްހޫމް އިބްރާހީމް ނާޞިރް
އިނގިރޭސި ސަރުކާރުގެ ފަރާތުން މިއެގްރީމެންޓްގައި ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަވާ އިނގިރޭސި ހައިކޮމިޝަނަރ ސަރ މައިކަލް ވޯކަރ
މިނިވަންކަމަށްފަހު ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 26 ވަނަ ދުވަސް ފާހަގަ ކުރަމުންދަނީ ރާއްޖޭ މިނިވަން ދުވަހުގެ ގޮތުގައި
އެގްރީމެންޓް އަލުން އައުކުރުމާބެހޭ މަޝްވަރާ ތަކަށްފަހު 1960 ވަނަ އަހަރު އަނެއްކާވެސް ދިވެހިސަރުކާރާއި އިނގިރޭސި ސަރުކާރާ ދެމެދު އެގްރީމެންޓެއް ކުރެވުނެ
Ibrahim Nasir Signing Independence Agreement
އައްޑުއަތޮޅު ގަމުގައި އާރް.އޭ.އެފް ގެ ސްޓޭޖިންގ ޕޯސްޓެއް ހެދުމަށް ދިވެހިސަރުކާރުން 1956 ވަނަ އަހަރު އިނގިރޭސީންނަށް ހުއްދަދިން
އައްޑުއަތޮޅު ގަމާއި ހިތަދޫއިން 110 އޭކަރު ބިން އިނގިރޭސީންނަށް ދޫކުރީ 100 އަހަރުގެ މުއްދަތަކަށް
އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގޮސްފައިވަނީ 1887 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ކުރެވުނު މުއާހަދާއެއްގެ ދަށުން
Maldives Goes Under Protection of British 1887
މި މުއާހަދާ ކުރެވުނީ ރާއްޖޭގެ އޭރުގެ ރަދުން އައްސުލްޠާން މުޙަންމަދު މުޢީނުއްދީން ދެވަނަ އާއި އިނގިރޭސީ ކްއީން ވިކްޓޯރިއާގެ ބަދަލުގައި ސިލޯނުގައި ހުންނަވާ އިނގިރޭސި ގަވަރުނަރު ސަރ އޭ.އެޗް.ގޯޑްން އާއި ދެމެދު
އެ މުއާހަދާގައިވާ ގޮތުން ރާއްޖޭގެ ޚާރިޖީ ކަންތައްތައް ހިންގާނީ އިނގިރޭސި ދައުލަތް މެދުވެރިކޮށް
Title Khaasa Liyun
Title Photo