Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުމިނިވަން 57

ދިވެހިރާއްޖޭގެ 1000 އަހަރުވީ މިނިވަންކަމުގެ ތާރީޚުގެ އުސްއަލިތައް

25 ޖުލައި 2022 | ހޯމަ 07:26

ބޮޑު ރަސްގެފާނު އެއީ، އަސްކަރީ ނުވަތަ ދިފާއީގޮތުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަދި ކަމުގެ އިލްމާއި ހުނަރާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ މަހާރަދުން

މުހައްމަދު ޝާތިރު
މުހައްމަދު ޝާތިރު | 25 ޖުލައި 2022 | ހޯމަ 07:26
މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން / ކުލަކުރީ: މިސްބާހު / ރާއްޖެއެމްވީ

މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން / ކުލަކުރީ: މިސްބާހު / ރާއްޖެއެމްވީ

މިނިވަންކަމުގެ ތާރީޚުގައި މުޅި ދުނިޔެއިންވެސް ފާހަގަކުރެވޭ ފަޚުރުވެރި ގައުމެކެވެ. ހާސް އަހަރު ނުވަތަ ސާސްކަފެއްގެ މިނިވަންކަމުގެ ޝަރަފުވެރި ތާރީޚެއް އޮތް ގައުމެކެވެ. ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖެ އުފެދުނީއްސުރެ ޤައުމުގައި ޤާއިމުވެފައި ހުރި ނިޒާމުތަކެއް އިންތިޒާމުތަކެއް (މުއައްސަސާތަކެއް) ވެއެވެ.1000 އަހަރު ސާސްކަފެއްވީ ރަސްކަމެވެ.އަމީރުންނެވެ. ވަޒީރުންނެވެ.ވީމާ، 1000 އަހަރު ސާސްކަފެއްވީއެވެ.

މި ނިޒާމުތައް އިންތިޒާމުތައް ދިވެހިރާއްޖޭގައި ގާއިމުވެ ހިނގަމުން އަންނަތާ މިގައުމަށް ވީހައި ދުވަހެއް ވެއްޖެއެވެ. ހާސް އަހަރުވެއްޖެއެވެ. ސާސްކަފެއް ވެއްޖެއެވެ.

ބޮޑުތަކުރުފާނު، އުތީމު މަހާރަދުން (އައްސުލްޠާނުލްޣާޒީ މުޙައްމަދު ސިރީ ސަވާދީއްތަ މަހާރަދުން) އިސްވެހުންނަވައިގެން ކުރެއްވެވި ގައުމީ ޖިހާދުން ފޯޗުގީޒުން އަޅުވެތި 15 އަހަރުގެ އަޅުވެތި އަނިޔާވެރި އިސްތިއުމާރުން ދިވެހި ސަލާމަތްކުރައްވައި ހިޖުރީގޮތުން 981، މީލާދީގޮތުން 1573ގައި މިލޮބުވެތި ވަތަނަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވިއެވެ. އެއީ ގައުމީ އެންމެ މަތިވެރި ބަތަލުކަމުގައި ދިވެހި ތާރީޚުގައި ފާހަގަކުރެވެއެވެ. އޭގެފަހުން އުތީމު ދަރިކޮޅުން އުފެދުނު ދިވެހިރާއްޖޭގެ ޝުޖާޢީ (އާރާއިބާރުގަދަ / އަސްކަރީ) މަހާރަދުން ކަމުގައިވި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (އައްވަލު) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން (1621-1648) (ބޮޑު ރަސްގެފާނު) އެއީ، އަސްކަރީ ނުވަތަ ދިފާއީގޮތުން ދިވެހި ގަައުމަށް އެންމެ ވަރުގަދަ އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރެއްވި އަދި ކަމުގެ އިލްމާއި ހުނަރާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ މަހާރަދުންނެވެ.

ރާއްޖެއިން ބޭރުން، ރާއްޖޭގެ ދިފާއަށްޓަކައި އެޒަމާނަށް އެންމެ އެކަށޭނަ ބޮޑުބަޑިއާއި ހަތިޔާރު ހޯއްދެވުމާއި، ވެރިރަށް ފުރަމާލޭގަައި ދިފާއީ ބުރުޒުތައް ބިނާކުރެއްވުމާއި މާލޭ ބޮޑުފާރަކީ އެރަދުންގެ ކޮމާންޑަރ އިން ޗީފް ކަމުގައި މުޅިން އަލަށް ކުރެވުނު ވަރަށްބޮޑެތި މަސައްކަތްތަކެއް އެންމެ ވަރުގަދަ އަސްކަރީ އަދި ދިފާއީ ގައުމީ ޚިދުމަތްތަކެކެވެ.

ބޮޑުރަސްގެފާނުގެ ލޭފަވެތި (ލޮބުވެތި) އަގުހުރި ދަރިކަލުން އައްސުލްޠާނުލް ޣާޒީ އިބްރާހީމް އިސްކަންދަރު (އައްވަލު) ސިރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުންނަކީ (1648-1687) ބައްޕާފުޅަށްވުރެވެސް މާއަގުހުރި ގިނަގުނަ ޚިދުމަތްތަކެއް ދިވެހި ގައުމަށް ކޮށްދެއްވި ދިވެހިރާއްޖޭގައި އެންމެ އައުދާނަ މަހާރަދުންނެވެ. އިސްކަންދަރު ރަސްގެފާނުގެ ރަސްކަމުގައި ޕޯޒުގީޒުންނާއި މަލާބާރީން ރާއްޖެއަށް ދިން އުދުވާނީ ހަމަލާތަކަކީ، އެދެބައިމީހުން ރާއްޖެ އަޅުވެތި ކުރި ފަހަރުތަކަށްވުރެ ބޮޑެތި ޢުދުވާނީ ހަމަލާތަކެކެވެ. އިސްކަންދަރު ރަސްގެފާނަކީ މިބޮޑެތި އުދުވާނީ ހަމަލާތަކުން ދިވެހި ގައުމު ދިފާއު ކުރައްވައި، ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި، ދިވެހި އަސްކަރުގެ ލަޝްކަރުގެ ކޮމާންޑަރ އިން ޗީފް އަދި ޣާޒީ ރަަސްކަލެއްގެ ޝަރަފު ލިބިވަޑަައިގެންނެވި މަތިވެރި މަހާރަދުންނެވެ.

ޕޯޗުގީޒުންނާއި މަލާބާރީންނަށް އެހާތަނަށް ދިވެހިރާއްޖެއިން ދެމުންއައި ޖިޒީ ނުދެއްވައި، ދިފާއީ ސިޔާދަތީ ބާރާއެކު އަމިއްލަވަންތަ ދިވެހިގައުމުގެ ރަސްކަން ކުރެއްވި ގައުމީ ބަޠަލެކެވެ.

ރާއްޖޭގެ މިނިވަންކަމުގެ ތާރީޚަށް ބަލާއިރު، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (1759-1767) ދޮންބަންޑާރައިންނާއި، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި މަހާރަދުން (1767- 1773) ޙާޖީ ބަންޑާރައިން / ޝަހީދުކުޅަ ބަންޑާރައންގެ އަގުހުރި ގައުމީ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގައުމީ ޚިދުމަތްތައް ތާރީޚުގައި ވަނީ ރަން އަކުރުންނެވެ. މި 2 ރަސްކަލުންނަކީވެސް، ބޭރުގެ އުދުވާނީ ހަމަލާތަކުން ދިވެހި ގައުމު ދިފާއު ކުރައްވައި، ދިވެހި ގައުމަށް ނަސްރާއި ނަސީބާއި ކާމިޔާބު ހޯއްދަވައިދެއްވި މަތިވެރިވި ދިވެހި އަޖުދާދުން ގައުމީ އަބްޠާލުންނެވެ.

މިނިވަން 57ދިވެހި ތާރީޚުދިވެހިރާއްޖެ

އެންމެ ހިނގާ

1

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

2

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

5

އެމެރިކާގެ އުދުވާނުތަކާ ދެކޮޅަށް ހުރިހާ ވަސީލަތެއް ބޭނުންކުރާނަން: އީރާން

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ
05 ޑިސެމްބަރު 2025

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި
03 ޑިސެމްބަރު 2025

އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި

03 ޑިސެމްބަރު 2025
އެއްފަހަރު ބޭނުން ކޮށްފައި އުކާލެވޭ ޕްލާސްޓިކް ފުޅި ބޭނުން ކުރުން ދެ އަހަރަށް ފަސްކޮށްފި
01 ޑިސެމްބަރު 2025

ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް

01 ޑިސެމްބަރު 2025
ފަނޑިޔާރު ގޭގައި ޖާގަ ނެތިގެން ރައްޔިތުންނަށް އިންސާފު ނުލިބުމަކީ ހުއްޖަތެއް ނޫން: މައުރޫފް
28 ނޮވެމްބަރު 2025

މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި

28 ނޮވެމްބަރު 2025
މޫޑީޒް ރޭޓިންގްސް އިން ރާއްޖެއަށް ދިފައިވާ 'ޖަންކް' ރޭޓިން ދަމަހައްޓައިފި
25 ނޮވެމްބަރު 2025

ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!

25 ނޮވެމްބަރު 2025
ޤާނޫނު އަސާސީއަށް ބަދަލު ގެނެސް އެއް ފިޔަވަޅު ފަހަތަށް!
20 ނޮވެމްބަރު 2025

އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް

20 ނޮވެމްބަރު 2025
އަންނަ ޖެނުއަރީ މަހު ފަށާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕް ގައި ރާއްޖޭގެ ފުރަތަމަ މެޗު ޕާކިސްތާނާ ދެކޮޅަށް
17 ނޮވެމްބަރު 2025

ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް

17 ނޮވެމްބަރު 2025
ރާއްޖޭގައި ޝަރުތު ހަމަވާ އެއްވެސް ގޭންގެއް ނެތް، ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި: ރައީސް
13 ނޮވެމްބަރު 2025

އޮޕަރޭޝަން އަލިމަގު: 97 މީހަކު ހައްޔަރުކޮށް، ތަހުގީގު ފަށައިފި

13 ނޮވެމްބަރު 2025
އޮޕަރޭޝަން އަލިމަގު: 97 މީހަކު ހައްޔަރުކޮށް، ތަހުގީގު ފަށައިފި
12 ނޮވެމްބަރު 2025

ޓްރޭޑްމާރކް ބިލު، ތަސްދީޤުކުރައްވައިފި

12 ނޮވެމްބަރު 2025
ޓްރޭޑްމާރކް ބިލު، ތަސްދީޤުކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް