Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މިނިވަން 57

ޤައުމީ މަސްލަޙަތުގައި މިއަދު ކުލަ ޖައްސަންވީ މިނިވަން ކަމުގެ "ކާޓްރިޖު" ގެ ދެލިންނެވެ

މިނިވަން އެއްވެސް ގައުމެއްގެ ރައްޔިތެއްގެ ހިތްތަކުގައި ގައުމީ ކުލަތަކަށްވުރެން ގަދަ އެހެން ކުލަތަކެއް ޖެހި، އެކުލަތަކަށް އިސްކަންދެވޭނަމަ، ގައުމީ ކުލަތަކުގެ މައްޗަށް ބާރު ހިންގާނީ އެ ކުލަތައް

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 25 ޖުލައި 2022 | ހޯމަ 11:13
މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން / ކުލަކުރީ: މިސްބާހު / ރާއްޖެއެމްވީ

މިނިވަންކަމުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގެ ތެރެއިން / ކުލަކުރީ: މިސްބާހު / ރާއްޖެއެމްވީ

އެތައް ކުލަ ތަކެއްގެ ތެރެއިން އެންމެ ތިން ކުލަ، އަހަރެމެން އިޚްތިޔާރު ކުރީ، އެ ތިން ކުލައިން، ދިވެހި ގައުމިއްޔަތާއި މިނިވަންކަން ދިރުވާށެވެ. ދިވެހި ދިދައަށް މިނިވަން ރޫޙު ގެނުވާށެވެ. އެކަމަށްޓަކައި، މިއިން ކޮންމެ ކުލައަކަށް އަހަރެމެން މާނައެއް ދިނީމުއެވެ. އެއީ އިސްލާމީ ވަޙުދަތުގެ މާނައެވެ. ކުރިއެރުމާއި އުފާ ފާގަތި ކަމުގެ މާނައެވެ. އެއްބައިވަންތަ ކަމުގެ މާނައެވެ. ގައުމަށްޓަކައި ފިދާވުންމަތީ ދެމި ތިބޭނެ ކަމުގެ ޖޯޝީ މާނައެވެ. 

ހަމަ އެހެންމެ އެއީ، ގައުމަށްޓަކައި ޝަހީދުވި ބަޠަލުންގެ ޒިކްރާގެވެސްމާނައެވެ. ސުވާލަކީ، މިދެންނެވި މާނަތަކުން ފުރާނަ އެޅުވި، ދިވެހި މިނިވަންކަން ރަމްޒު ކުރުވާ ފެއްސާއި، ރަތާއި، ހުދުން ފަވާ، މިނިވަން ކަމުގެ ކާޓްރިޖުގެ ދެލިން، ދިވެހި ހިތްތަކަށް މިއަދު، މިނިވަން ކަމުގެ ލޯބި އިންކިޝާފު (އިންސްޕަޔަރ) ކުރުވަނީ ކިހާވަރަށްތޯ ކުރެވޭ ސުވާލެކެވެ.

ނޮދަން އައިލެންޑާއި ގްރޭޓް ބްރިޓްންގެ ޔުނައިޓެޑް ކިންގޑަމްގައިވާ ހަރ މެޖެސްޓީގެ ސަރުކާރުގެ ޙިމާޔަތަށް ދިވެހިރާއްޖޭގެ ސަރުކާރުން އެދުނީ 1887ގެ ޑިސެމްބަރު މަހުގެ 23ގައެވެ. ކްއީން ވިކްޓޯރިއާގެ ފަރާތްޕުޅުން ސިލޯނުގައި އޭރު ހުންނެވި ގަވަރުނަރާއި ރާއްޖޭގެ ރަދުންނާއި ދެމެދު މިކަމަށް އެދި ސިޓީތަކެއް ބަދަލު ކުރެވުނެވެ. ކޮންމެ އަކަސް އެހިސާބުން ދިވެހިރާއްޖެ ދިއައީ، އިނހިރޭސިންގެ ޙިމާޔަތަށެވެ. 

ރަދުންނާއި އިނގިރޭސި ސަރުކާރުން ސޮއިކުރި ޙިމާޔަތުގެ އެގްރިމަންޓު ނިމުމަކަށް އައީ 26 ޖުލައި 1965ގައި، އިނިގިރޭސިން ރާއްޖެއަށް މިނިވަންކަންދީ، އެ އެގްރިމަންޓުގައި، އިނގިރޭސި ސަރުކާރާއި ދިވެހި ސަރުކާރުން ސޮއިކުރުމާއި ހަމައިންނެވެ. މި ދެންނެވި 65ގެ އެގްރިމަންޓަކީ، ރާއްޖެއަށް މިނިވަންކަން ހޯއްދަވައި ދެއްވަން، ބޮޑުވަޒީރު ސުމުއްވުލް އަމީރު އިބްރާހީމް ނާސިރު، ފެށްޓެވި، މަސައްކަތް ޕުޅަށް ނިމުން ގެނުވި އެގްރިމަންޓެވެ. 

ދިވެހިރާއްޖެއަށް އިނގިރޭސިންގެ އަތުން، މިނިވަންވެ، މި ދެންނެވި އެގްރިމަންޓުގައި ރައީސް ނާސިރުއާއި އިނގިރޭސި ސަފީރު 1965 ޖުލައި 26 ގެ ހެނދުނު ސޮއިކުރެއްވި އިރުވެސް، 15 ޑިސެމްބަރު 1986އާއި ހަމައަށް އައްޑޫ އަތޮޅުގައި އިނގިރޭސިން ތިބެން، ދެ ގައުމުން އެއްބަސްވެފައިވާ "110 އޭކަރުގެ އެގްރީޑް އޭރިއާ" ގެ އެއްބަސްވުން ދެމި އޮތެވެ. މި އެއްބަސް ވުމުގައި ވާ ގޮތުން، އެ މުއްދަތުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދުގައި އިނގިރޭސިން ނޫން، ބޭރުގެ އަސްކަރީ ބާރެއް ޙަރަކާތްތެރިވެވޭނީ އިނގިރޭސިންގެ ރުހުން އޮތް ނަމައެވެ.

ދިވެހި ސަރުކާރުން އިނގިރޭސިންނަށް ދީފައިވާ ރާއްޖޭގެ ބިމުގެ ސަރަހައްދެއްގައި އިނިގިރޭސިން ވަކި މުއްދަތަކަށް ތިއްބެއް ކަމަކު، އެ 110 އޭކަރުގެ ބިމަކީވެސް ދިވެހީންގެ މިނިވަން ބިމެކެވެ. އެގްރިމަންޓުގައި އެކަންވެސް ބަޔާންކޮށްފައި އޮވެއެވެ. 

ކޮންމެއަކަސް މިދެންނެވި 65 ގެ އެގްރިމަންޓު ވެގެން އައީ، އިނގިރޭސިންގެ އިޒުނަ ހޯދައިގެން ރަސްކަލުން ޢައްޔަން ކުރުމާއި، އިނގިރޭސި ޕާސްޕޯޓުގައި ނޫނީ ބޭރަށް ދަތުރު ނުކުރެވުން ފަދަ، އެތައް ކަމެއް މަކުޑި އެޅިފައި އެ އޮތް އޮތުމަށް ނިމުން ގެނުވި ކަމަށެވެ. އެހައިތަނުން، ދިވެހިރާއްޖެ އދ. ގެ މެންބަރަކަށްވެ، ފެއްސާއި ރަތާއި، ހުދު ހަނދުފަޅީގެ ދިދަ، އދ. ގެ މައިމަރުކަޒަށް ނެގިއެވެ. އެންމެ ފުރިހަމަ މާނައިގައި މިނިވަން ދައުލަތަކަށްވެ، މިނިވަންކަމުގެ ހަމަ އިސްކޮޅަށް ރާއްޖެ ތެދުވިއެވެ. 

ގައުމަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ މިނިވަން ކަމެވެ. ގައުމަކުން އެންމެ ބޮޑަށް ފާރަވެރިވެ، ދަމަހައްޓަން ޖެހޭ އެއްޗަކީވެސް އެއީއެވެ. ދިރުވާ  އާލާކުރަން ޖެހޭ އެއްޗަކީވެސް އެއީއެވެ. އެކަމަކު އެ މިނިވަންކަން ދެމެހެއްޓޭނީ، އެ ބައެއްގެ ހިތްތަކުގައި ގައުމީ މިނިވަން ކަމުގެ އޮށް، އިންދިފައިވި މިންވަރަކުންނެވެ. އެބައެއްގެ ހަށީގައި މިނިވަންކަމުގެ ވިންދު ހުރި ވަރަކުންނެވެ. އެބައެއްގެ ހިތްތަކުގައި މިނިވަން ކަމުގެ ލޯބީގެ ކުލަ ޖެހިފައި އޮތް މިންވަރަކުންނެވެ.

މިނިވަން އެއްވެސް ގައުމެއްގެ ރައްޔިތެއްގެ ހިތްތަކުގައި ގައުމީ ކުލަތަކަށްވުރެން ގަދަ އެހެން ކުލަތަކެއް ޖެހި، އެކުލަތަކަށް އިސްކަންދެވޭނަމަ، ގައުމީ ކުލަތަކުގެ މައްޗަށް ބާރު ހިންގާނީ އެ ކުލަތަކެވެ. އެހައިތަނުން އެންމެ އިސްކަން ދެވޭނީވެސް ހިތްތަކުގައި ބާރު ހިންގާ ކުލަތަކަށެވެ. ގައުމީ ވަންތަކަން ޕާޓީ ވަންތަކަމަށް ބަދަލުވާން ފަށައިފިނަމަ، އިސް ކުރެވޭނީ ޕާޓީގެ ފިކުރެވެ. ކުރިއަށް ނެރެވޭނީ ޕާޓީއެވެ. މަސްލަޙަތަކަށް ވެގެންދާނީވެސް ޕާޓީގެ މަސްލަހަތެވެ. މިހައިތަނުން އެއީ އެއް ޕާޓީއަށްވުރެން ގިނަ ޕާޓީތަކެއް އޮތް ތަނެއްނަމަ، ޕާޓީތަކަށް ނިސްބަތްވާ ހިތްތަކުގައި ހިނގާނީ ޕާޓީގެ ވާދަވެރިކަމެވެ. ކުރިއަށް ނެރެވޭނީވެސް ޕާޓީގެ މަސްލަޙަތެވެ. މިއީ މަލްޓި ޕާޓީ ޑިމޮކްރަސީ ތަކުން، މިއަދު ފެންނަމުންދާ ޙަގީގީ މަންޒަރު ތަކެކެވެ.

އެކަން މި މަގުން ހިނގަމުން ދިޔައެއް ކަމަކު، މިނިވަން ގައުމެއްގެ ރައްޔިތުންގެ ހިތްތަކުގައި އެންމެ ކުރިއަށް ނެރެން ޖެހެނީ، ގައުމީ މަސްލަހަތެވެ. ގައުމީ މަސްލަހަތު ކުރިއަށް ނެރެވޭނީ، ގައުމީ ދިދައަށާއި، ނިޝާނަށާއި، ރައްޔިތުންނަށާއި، މި ބިމަށާއި، ގައުމީ ސަލާމަށް އިޙުތިރާމް ކުރެވުނު މިންވަރަކުންނެވެ. ގައުމީ ކުލަތަކަށް އިސްކަންދެވުނު ވަރަކުންނެވެ. ގައުމީ ދިދައިގެ ފަހަތަށް ދެން ހުރި ހުރިހާ ދިދަތަކެއް، ފަހަތަށް ލައިގެންނެވެ. 

މި ދެންނެވި ވަކިވަކި ކުލަތަކާއި  ދިދަތައް، ގައުމީ ކުލަތަކާއި ދިދައިގެ ފަހަތަށް ގެންނަން ޖެހެނީ، ގައުމީ ކޮންމެ ކަމެއްގައި ގައުމީ މަސްލަޙަތު އިސްކުރުމަށެވެ. ބައިބައިވުން ތަކަށް ޖާގަ ނުދިނުމަށެވެ. ގައުމީ މަސްލަޙަތު ކުރިއަރާނީ އޭރުންނެވެ. އެ މަސްލަޙަތަކީ، ހުރިހާ ރައްޔިތުންނަށް އޮތް އެންމެ މަސްލަޙަތު ބޮޑު ގޮތެވެ. ގައުމުގެ އެކުވެރިކަމާއި އެއްބައިވަންތަކަމަށް ދިރުންދީ، ގައުމައިގެން ކުރިއަށް ދެވޭނީ ގައުމީ މަސްލަހަތު އިސްކޮށްގެންނެވެ. ރައްޔިތުންގެ މެދުގައި ހަމަހަމަކަމާއި އިންސާފު ގާއިމް ކުރެވޭނީވެސް ގައުމީ މަސްލަޙަތުގެ އަލީގައި އެކަމަށް ޖާގަ ހޯދިގެންނެވެ. 

ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީގެ ތެރޭގައި އުޅެން ޖެހިފައިވާ ވެށްޓެއްގައި، މުހިންމު ކަންކަމުގައި ތަފާތު ފިކުރާ ޚިޔާލާތު ހުންނާނެއެވެ. އެ ޚިޔާލުތަކަށާއި ޝުޢޫރުތަކަށް އިޙުތިރާމްވެސް ކުރަން ޖެހެއެވެ. ހަމަ އެއާއެކު، މެޖޯރިޓީ ލިބިފައިވާ ބަޔަކު، މައިނޯރިޓީގެ ޚިޔާލު ތަކަށް އިޙްތިރާމްވެސް ކުރަންވާނެއެވެ. ސަބަބަކީ، މެޖޯރިޓީ އޮތް ޕްލެޓްފޯމުގައްޔާއި މައިނޯރިޓީ އޮތް ޕްލެޓްފޯމުގައިވެސް ތިބީ ގައުމުގެ ރައްޔިތުން ކަމަށް ވީތީއެވެ. 

އެއީވެސް ރައްޔިތުންނެވެ. މިއީވެސް ރައްޔިތުންނެވެ. ހައްތާވެސް ދިވެހިންނެވެ. އެހެން ކަމުން ރައްޔިތުންގެ މަސްލަޙަތު އިސްކުރެވޭނީ، އެއްވެސް ރައްޔިތަކު ބާކީ ނުކޮށް، ހަމަ ކޮންމެ ރައްޔިތެއްގެ ޚިޔާލަށް ޖާގަދީ އިޙުތިރާމްކޮށް، އޭގެ ތެރެއިން މުޅި ރައްޔިތުންނަށް އެންމެ މަސްލަޙަތު އޮތް ގޮތް، އިޚްތިޔާރު ކޮށްގެންނެވެ. މިއީ، ދިވެހިރާއްޖޭގެ ދިދައިގެ ކުލަތައް ބުނެދޭ ޝުޢޫރެވެ. އެ ކުލަތައް މާނަކުރާ ގޮތެވެ. މިނިވަންކަމާއި، އަބްޠާލުންގެ ޒިކްރާ އައުކުރުމާއި، މާތްވެގެންވާ އިސްލާމް ދީނަށް ނަސްރު ދިނުމާއި، ގައުމީ މިނިވަންކަމާއި، ފާގަތިގަމާއި، ސުލްހަ އިސް ކުރުމަކީ، ފެއްސާ ރަތާއި ހުދުން ރަމްޒު ކޮށްދޭ  ކަންކަމެވެ.

މިނިވަން ކަމުގެ އުފަލުގައިތިބެ، ހިތްތައް ފުރަމުން އަންނަ މިނިވަން ދުވަހަކީ، މި ދެންނެވި މިނިވަން ކުލަތަކުގެ ކާޓްރިޖުން ފަވާލި، ދިދަ ވިހުރަމުން އަންނަ ދުވަހެވެ. ދިވެހި ސިޔާދަތާއި ގައުމިއްޔަތާއި، ހުއްރިއްޔަތުގެ ރަމްޒު، ވިހުރުވަމުން އަންނަ ދުވަހެވެ. ރާއްޖޭގެ މިނިވަންކަމަށް 57 އަހަރު ފުރޭ 58 ވަނަ މިނިވަން ދުވަހެވެ. އެހެން ކަމުން، މިއަދުގެ ޢަޒްމަކަށް ހަދަންވީ މިނިވަން ކަމުގެ " ކާޓްރިޖު" ގެ ދެލިން، ގައުމީ މަސްލަހަތުގައި ކުލަ ޖެއްސުމަށެވެ.

މިނިވަން 57ދިވެހި ތާރީޚު

ކޮމެންޓް

އިތުރަށް ކިޔާލަން

ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!

ދިވެހިރާއްޖެއާއި ޢިރާޤުގެ މިސާލުން ޢިބުރަތް ލިބިގަތުން!! އަދި ދިވެހިރާއްޖޭގެ ވަލިއްޔުލްއަމްރުގެ ވާހަކަ!

17 ޖުލައި 2023
މި ސަރުކާރުން ސިފައިންނަށް ޣައިރު ޤާނޫނީ އަމުރުތަކެއް ނުކުރޭ: މިނިސްޓަރ މާރިޔާ

މި ސަރުކާރުން ސިފައިންނަށް ޣައިރު ޤާނޫނީ އަމުރުތަކެއް ނުކުރޭ: މިނިސްޓަރ މާރިޔާ

28 ޖުލައި 2022
ވެޓަރެންސްއާއެކު މިފަހަރު ފެނިގެންދިޔައީ ތަފާތު ޕެރޭޑެއް

ވެޓަރެންސްއާއެކު މިފަހަރު ފެނިގެންދިޔައީ ތަފާތު ޕެރޭޑެއް

27 ޖުލައި 2022
މިނިވަންކަން ނެތްއިރުވެސް ދިވެހިންގެ އިޤްތިސާދު ބޭރު ބައެއްގެ މައްޗަށް ބަރޯސާއެއް ނުވޭ

މިނިވަންކަން ނެތްއިރުވެސް ދިވެހިންގެ އިޤްތިސާދު ބޭރު ބައެއްގެ މައްޗަށް ބަރޯސާއެއް ނުވޭ

27 ޖުލައި 2022
ރާއްޖޭގައި ސިޔާސީ މިނިވަންކަން އެބައޮތް، އިސްލާހުކުރަންޖެހޭ ކަންކަން އެބަހުރި – ޝަރީފް

ރާއްޖޭގައި ސިޔާސީ މިނިވަންކަން އެބައޮތް، އިސްލާހުކުރަންޖެހޭ ކަންކަން އެބަހުރި – ޝަރީފް

27 ޖުލައި 2022

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު