އިންޑިއާގެ ގުޖުރާތުގައި އަންހެން ސިންގާއަކު މީހަކަށް ހަމަލާދީ ބޮޑެތި ޒަޚަމްތަކެއް ކޮށްލައިފި. މި ހާދިސާގައި ޒަޚަމްވި ކާލޫ ޕަރްމާރު ސަލާމަތްކުރީ އެ ސަރަހައްދުގައި ތިބި މީހުން ސިންގާއާ ދިމާލަށް ގާ އުކައި ހަޅޭއްލަވައިގެން. ހަށިގަނޑުގެ އެކި ތަންތަނަށް ލިބުނު ސީރިއަސް ޒަޚަމްތަކަށް އޭނާއަށް މިހާރު ދަނީ ބާވްނަގަރުގެ ހޮސްޕިޓަލެއްގައި ފަރުވާ ދެމުން.