ލޯކަލް ކައުންސިލް އިންތިޚާބު އަދި ޑަބްލިއުޑީސީ އިންތިޚާބު 2021
ލޯކަލް ކައުންސިލް އިންތިޚާބު އަދި ޑަބްލިއުޑީސީ އިންތިޚާބު 2021

ލޯކަލް ކައުންސިލް އިންތިހާބު 2020
އިންތިޚާބާ ބެހޭ އެޑްވައިސަރީ ކޮމިޓީއާ އީސީން މިހާރު ގެންދަނީ މަޝްވަރާ ކުރަމުން
ދިއްފުށީގައި ދިމާވި މައްސަލައާ ގުޅޭގޮތުން އިންތިޚާބާ ބެހޭ އެޑްވައިސަރީ ކޮމިޓީއާ އީސީން މިހާރު ގެންދަނީ މަޝްވަރާ ކުރަމުން
ހޮނިހިރު ދުވަހުގެ 10:45 ވީއިރު ވޯޓުލާ މީހުންގެ 17 އިންސައްތަ މީހުން ވޯޓުލާފައިވޭ
އީސީގެ ރައީސް ހޮނިހިރު ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ވިދާޅުވީ، މިހާތަނަށް އަތޮޅު ތެރެއިން އެއްވެސް ޝަކުވާއެއް އައިސްފައި ނުވާކަމަށް، ނަމަވެސް ކ ދިއްފުށީގައި ހުރި ބައެއް ކަންބޮޑުވުންތައް ހިއްސާ ކުރައްވައި ޝަރީފް ވިދާޅުވީ، އިންތިޚާބާ ބެހޭ އެޑްވައިޒަރީ ކޮމިޓީގެ ލަފާއެއް އެކަމުގައި ހޯއްދަވާނެ ކަމަށް، އެގޮތުން މިހާރު ވޯޓުލާ ގަޑި ކަނޑައެޅިފައިވާ ގޮތުން ދިއްފުށީގައި ބައެއް ރައްޔިތުންނަށް ވޯޓުލުމަށް ދަތިތަކެއް ހުރިކަން ޝަރީފް ފާހަގަ ކުރެއްވި
ޝަރީފް އިތުރަށް ވިދާޅުވީ، އެޗްޕީއޭއަށްވެސް ޝުކުރު އަދާ ކުރައްވާކަމަށް އަދި ހޮނިހިރު ދުވަހުގެ 10:45 ވީއިރު ވޯޓުލާ މީހުންގެ 17 އިންސައްތަ މީހުން ވޯޓުލާފައިވާކަން ޝަރީފް ފާހަގަ ކުރެއްވި. އެއީ 26000 ފިރިހެނުންނާއި 17000 އަންހެނުން
ޝަރީފް ވިދާޅުވީ، 38 އިންސައްތައާ 40 އިންސައްތައާ ދެމެދު ވޯޓުގެ ޓަރންއައުޓް އޮންނާނެ ކަމަށް މިވަގުތަށް ބެލެވޭކަމަށް
ރައީސް ސޯލިޙު ވޯޓު ލައްވައިފި، ވީހާވެސް ގިނަ ބަޔަކު ވޯޓު ލެއްވުމަށް އިލްތިމާސް ކުރެއްވި
އެމަނިކުފާނު ވޯޓު ލައްވާފައިވަނީ ޅ ހިންނަވަރު ރައްޔިތުން ވޯޓު ލުމަށް ޖަމާލުއްދީން ސުކޫލުގައި ބަހައްޓާފައިވާ ވޯޓު ފޮއްޓަށެވެ. ހޮނިހިރު ދުވަހުގެ ހެނދުނު 10:40 ގައި އެމަނިކުފާނު ވަނީ ވޯޓު ލައްވާފައެވެ. ވޯޓު ލެއްވުމަށްފަހު އެމަނިކުފާނު ވަނީ އެ ސަރަޙައްދުގައި ވޯޓު ލުމަށް ތިއްބެވި ދާއިރާގެ ބައެއް ރައްޔިތުންނާވެސް ވާހަކަ ދައްކަވާފައެވެ. ނަމަވެސް ކޮވިޑުގެ މި ޙާލަތަށްވުމާއެކު، އެމަނިކުފާނު އެ ސަރަަޙައްދުގައި މާ ގިނަ ވަގުތު މަޑުކުރައްވާފައެއް ނުވެއެވެ.
ވޯޓުލެއްވުމަށްފަހު ނުކުމެވަޑައިގެން ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ، މިއީ އަތޮޅު ތެރެއާއި މުޅި ރާއްޖޭގެ ހިންގުމަށްވެސް ނުހަނު މުހިއްމު ވޯޓެއް ކަމަށެވެ. އަދި މި ދަނޑިވަޅަކީ ގިނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއް ނަމަވެސް، ވީހާވެސް ގިނަ ރައްޔިތުން ވޯޓު ލެއްވުމަށް ރައީސް ސޯލިޙު ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ނިމިގެން ދިޔަ މަޖިލިސް އިންތިޚާބުގައި ލިބުނު ކާމިޔާބަށްވުރެ ބޮޑު ކާމިޔާބީއެއް ލިބޭނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މާލެ ސިޓީގެ މޭޔަރުގެ މަޤާމު އެންމެ ކުޑަމިނުން 60 އިންސައްތައިގެ އަޢުލަބިއްޔަތަކާއެކު ވެރިކަން ކުރާ ޕާޓީ އެމްޑީޕީން ކާމިޔާބު ކުރާނެކަން ވަރަށް ބޮޑަށް ޔަޤީން ކުރައްވާ ކަމަށެވެ.
ވޯޓުލުން ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް ރައީސް ނަޝީދު މަރުކަޒުތަކަށް
ވޯޓުލުން ކުރިޔަށް ދާ މަރުކަޒުތަކުގައި ވޯޓުލާ ގޮތް ބައްލަވާލެއްވުމަށް ރައީސް ނަޝީދު ވަޑައިގަތުން

އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބު ވެސް ވޯޓު ލައްވައިފި

އިލެކްޝަން ކޮމިޝަންގެ ރައީސް ވޯޓުލައްވައިފި
އިލެކްޝަންސް ކޮމިޝަންގެ ރައިސް ވޯޓުލައްވައިފި

މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ދެ ކެންޑިޑޭޓުން ވޯޓުލައިފި
މާލޭ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުލްސައްތާރު ވަނީ ވޯޓު ލައްވާފައިއެވެ. އޭނާ ވޯޓު ލެއްވީ ހިރިޔާ ސްކޫލްގައި ބަހައްޓާފައިވާ މާފަންނު މެދު ދާއިރާގެ ފަސްވަނަ ވޯޓު ފޮއްޓަށެވެ.
މާލޭ މޭޔަރު ކަމަށް ވާދަ ކުރައްވާ އިދިކޮޅުގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވޯޓު ލައްވާފައެވެ. މުއިއްޒު ވޯޓު ލެއްވީ ފެކަލްޓީ އޮފް ހެލްތު ސައިންސްގައި ބަހައްޓާފައިވާ މާފަންނު ދެކުނު ދާއިރާގެ ފަސް ނަންބަރު ފޮއްޓަށެވެ.
އިންތިޚާބުގެ ކަންކަން ބެލެހެއްޓުމަށް 2000ށް ވުރެ ގިނަ ފުލުހުން އަންނަނީ ހަރަކާތްތެރިވަމުން
ވޯޓުލުމަށް ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން އިސްކަންދޭންޖެހޭ ކަންތައްތައް:
ބައެއް ފޮށިތަކުގައި ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލާން ނުފަށާކަމަށް ޝަރީފް ވިދާޅުވެއްޖެ
ކޮވިޑު ކްލަސްޓަރތަކެއް ފެނިފައިވާ ނައިފަރުގައިވެސް އަމާންކަމާއެކު ވޯޓުލުން ކުރިއަށް
އީސީގެ ރައީސް ޝަރީފް ވިދާޅުވީ، ޅ އަތޮޅު ހިންނަވަރު އަދި އެ އަތޮޅު ނައިފަރުގައިވެސް އަމާންކަމާއެކު ވޯޓުލުމުގެ ކަންކަން ކުރިއަށްދާކަމަށް، އަދި އެއްވެސް މައްސަލައެއް ދިމާނުވެ ވޯޓުލުން ކުރިއަށްދާކަން ޝަރީފް ފާހަގަ ކުރެއްވި
މާލޭގެ ވޯޓުފޮށިތަކުގެ އޮފިޝަލުން ހަމަވެއްޖެ
އީސީގެ ރައީސް ޝަރީފް ވިދާޅުވީ، މާލޭގެ 240 ވޯޓުފޮށީގެ އޮފިޝަލުން ހަމަޖެހިފައިވާކަމަށް، އަދި ވޯޓުލުމަށް ތައްޔާރުވެފައިވާކަން އީސީން ފާހަގަކޮށްފައިވޭ
ރަށްރަށުގައި ވޯޓުލާން ފަށައިފި


އިންތިޚާބުގެ ސަލާމަތީ ކަންކަން ފުލުހުން ގެންދަނީ ބަލަހައްޓަމުން
އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ވަނީ ރަށްރަށަށް ޓީމުތައް ފޮނުވާފައި، އެގޮތުން ހުރިހާ ރަށެއްގައިވެސް ސަލާމަތީ ކަންކަން ފުލުހުން ގެންދަނީ ބަލަހައްޓަމުން

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
ވޯޓުލާ މަރުކަޒުތަކުގައި ތައްޔާރީތައް ވާން ފަށައިފި، އޮފިޝަލުންވެސް މިހާރު ގެންދަނީ މަރުކަޒުތަކުގައި ޙަރަކާތްތެރިވަމުން
އިންތިޚާބުތަކުގެ ވޯޓުލުން 7:00 ގައި ފެށުމަށް ތައްޔާރުވަމުންދާއިރު، އީސީގެ އޮފިޝަލުންނާއި، މޮނިޓަރުންގެ އިތުރުން، ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޙަވާލުވެފައިވާ ފުލުހުންވެސް ގެންދަނީ ޙަރަކާތްތެރިވަމުން


ވޯޓު ފޮށިތައް މަރުކަޒުތަކަށް ގެންދަން ފަށައިފި


ވިލުފުއްޓަށް މާލެއިން އޮފިޝަލުން ނުފޮނުވާގޮތަށް ހަމަޖެހިއްޖެ
ވިލުފުށީގައި ބަހައްޓާ ދެ ވޯޓު ފޮށީގެ ގިނަ އޮފިޝަލުންތަކެއް ކަރަންޓީނުވާން ޖެހުމާއި ގުޅިގެން، މާލެއިން އޮފިޝަލުން ފޮނުވާ ގޮތަށް އީސީން ކުރިންއޮތީ ނިންމާފައެވެ. އެގޮތަށް އީސީން ނިންމީ އެރަށުން އޮފިޝަލުން ނުލިބިގެންނެވެ. އަދި ވޯޓުލުން ފެށޭނީވެސް އޮފިޝަލުންނަށް ދެވުމުން ކަމަށް އީސީން ބުނެފައި
ނަމަވެސް ތ. ވިލުފުށީ ވޯޓު ފޮށީފައި ހަރަކާތްތެރިވާނެ އޮފިޝަލުން މާލޭން ނުފޮނުވާ ގޮތަށް މިހާރު އިންތިޒާމުތައް ހަމަޖެހިފައިވާކަމަށް، އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވަނީ ވިދާޅުވެފައި،
ވޯޓު ފޮށިތައް މަރުކަޒުތަކަށް ގެންދަން ފަށައިފި
މިފަހަރުގެ އިންތިޚާބަކީ ކުރީ ފަހަރުތަކުގެ އިންތިޚާބުތަކާއި ޚިލާފަށް ލޯކަލް ކައުންސިލްތަކާއެކު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ ވެސް ހޮވުމަށް ބާއްވާ އިންތިޚާބެއް، އެގޮތުން މިހާރު ވޯޓު ފޮށިތައް އެކި ރަށްރަށުގައިވާ ވޯޓުލާ މަރުކަޒުތަކަށް ވަނީ ގެންދަން ފަށާފައި


މިނިވަންކަމާއި ރައްކާތެރިކަމާއެކު ވޯޓުލުމުގެ ޙައްޤު އަދާކުރެއްވުމަށް އީސީގެ ރައީސް ގޮވާލައްވައިފި
ހޮނިހިރު ދުވަހު 7:00 ގައި ވޯޓުލުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފެށިގެންދާއިރު، އީސީގެ ރައީސް އަހުމަދު ޝަރީފް ކުރެއްވި ޓްވީޓެއްގައި ވަނީ މިނިވަންކަމާއި ރައްކާތެރިކަމާއެކު ވޯޓުލުމުގެ ޙައްޤު އަދާކުރެއްވުމަށް ގޮވާލައްވާފައި، އެގޮތުން މިއީ ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ބާއްވާ އިންތިޚާބަކަށްވުމުން، ރައްކާތެރިކަމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް ވަނީ އަޅާފައި
ހދ ކުރިނބީ ވޯޓުފޮށި ވޯޓުލާ މަރުކަޒަށް ގެނެސްފައި

މިއަދުން ފެށިގެން އިންތިޚާބާ ގުޅޭ ޝަކުވާ ހައިކޯޓަށް ހުށައެޅޭނެ
އިންތިޚާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހުތިސާސް ލިބިގެންވަނީ ހައިކޯޓަށް، އެގޮތުން މިއަދު ފަށާ އިންތިޚާބާއި ގުޅިގެންވެސް ފަސޭހަކަމާއެކު ޝަކުވާ ހުށައެޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާކަމަށް ހައިކޯޓުން މައުލޫމާތުދޭ.
އޭޕްރީލް 10، 11 އަދި 12 ވަނަ ދުވަހު ހެނދުނު 0900ން ފެށިގެން ރޭގަނޑު 2200ށް ހައިކޯޓުގެ ރިސެޕްޝަން ހުޅުވާފައި ހުންނާނެ.
އީސީން ވަނީ ދެ ރަށެއްގެ ވޯޓުލާ ގަޑި ފަސްކޮށްފައި
އިލެކްޝަންސް ކޮމިޝަނުން ބުނީ ރަތްމަންދޫ އަދި ތިނަދޫގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާ އޮފިޝަލުން އެހެން ރަށްރަށުން އަންނަން ޖެހިފައިވާތީ، އެ ދެރަށުގެ ވޯޓުލުން ކުރިއަށްދާނީ އެޕްރީލް 10 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 08:30ން ހަވީރު 5:00ށް ކަމަށެވެ.
ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ވޯޓުލުން އޭޕްރިލް 10 ވަނަ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މައްސަލައެއް ދިމާނުވާނަމަ ހުރިހާ ރަށެއްގައި ވޯޓުލާން ފަށާނީ ހެނދުނު 7:00 ގައެވެ.
ކަރަންޓީނުގައި ތިބި މީހުންނަށް ވޯޓު ލެވޭނީ ހޮނިހިރު ދުވަހުގެ ހަވީރު 5ން 6ށް
ކަރަންޓީނުގައި ތިބި މީހުން ވޯޓު ލުމަށް އިލެކްޝަންސް ކޮމިޝަން އިން ވަކި ގަޑިއެއް ކަނޑައަޅާފައިވާއިރު އެމީހުންނަށް ވޯޓު ލެވޭނީ ހޮނިހިރު ދުވަހުގެ ހަވީރު 5ން 6 އަށެވެ. އަދި އެމީހުންނަށް ވޯޓުލެވޭނީ، އެހެން މީހުން ވޯޓުލާ ނިމުމުންނެވެ.
ކަރަންޓީނުގައި ތިބި މީހުން ވޯޓުލާންދާން ހުއްދަ ދިން ނަމަވެސް އެމީހުން ސަމާލުކަން ދޭން ޖެހޭ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން ވޯޓު ލާން ދިއުމަށް އެއްވެސް ޕަބްލިކް ޓްރާންސްޕޯޓެއް ބޭނުންނުކުރަން އެޗްޕީއޭއިން ވަނީ އަންގާފައެވެ. މީގެ އިތުރަށް ހުރިހާ ވަގުތެއްގައި މާސްކް އަޅައިގެން ތިބުމާއި ތިން ފޫޓުގެ ދުރުމިން ބެހެއްޓުމުގެ އިތުރަށް ވޯޓުލާން ދާއިރު އަދި ވޯޓުލައި ނިމިގެން އަންނައިރު މީހުންނާ ބައްދަލު ނުކޮށް ވޯޓަށް ފަހު، ކަރަންޓީނުވެފައި ހުރި ތަނަކަށް އަވަހަށް އަނބުރާ ދިޔުމަށް ވެސް އެޗްޕީއޭއިން އަންގާފައިވެއެވެ.
ކައުންސިލް އިންތިޚާބަށް މުޅި ރާއްޖެ ތައްޔާރުވެފައި، މިއީ އެންމެ މަދުން މީހުން ވޯޓުލާން ނިކުންނަ އިންތިޚާބު
ހޮނިހިރު ދުވަހު ފަށާ ކައުންސިލް އިންތިޚާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވަނީ 273،128 (ދެލައްކަ ހަތްދިހަ ތިން ހާސް ސަތޭކަ އަށާވީސް) މީހުންނަށެވެ. އަނެއްކޮޅުން މިފަހަރު އިންތިޚާބު ބާއްވަނީ ކޮވިޑްގެ ޕެންޑަމިކްގެ ތެރޭގައެވެ. ރާއްޖޭގެ މިހާރުގެ ހާލަތަށް ބަލާއިރުވެސް ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ އަދަދު ހުރީ ތިންހާހަށްވުރެ މަތީގައެވެ. ޕޮޒިޓިވްވި މީހުންނާއި ކަރަންޓީނުގައި ތިބި މީހުންނަށް ގާނޫނުން ލިބިދޭ ހައްގެއްގެ ދަށުން ވޯޓުލާން ދިޔުމުގެ ފުރުސަތު އެބައޮތެވެ.