ލޯކަލް ކައުންސިލް އިންތިޚާބު އަދި ޑަބްލިއުޑީސީ އިންތިޚާބު 2021
ލޯކަލް ކައުންސިލް އިންތިޚާބު އަދި ޑަބްލިއުޑީސީ އިންތިޚާބު 2021

ލޯކަލް ކައުންސިލް އިންތިހާބު 2020
އެއްވެސް ސިޔާސީ ޕާޓީއެއް އަދި ސިޔާސީ ފިކުރަކަށް ތާއަބަދަށް ފުރިހަމަ ތާއީދު އޮންނާނެ ކަމަށް ގަބޫލުކުރާކަށް ނުވާނެ - ނަޝީދު
އެއްވެސް ސިޔާސީ ޕާޓީއެއް އަދި ސިޔާސީ ފިކުރަކަށް ތާއަބަދަށް ރައްޔިތުންގެ ފުރިހަމަ ތާއީދު އަބަދަށް ލިބޭނެ ކަމަށް ގަބޫލުކޮށްގެން ނުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިއީ އެމަނިކުފާނުގެ ސިޔާސީ ހަޔާތުގައި މަގުބޫލުކަން ގެއްލިގެން ދިޔަ ކަމެއް ނޫން ކަމަށާއި ކުރިއަށް އޮތްތާގައި އިތުރަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
ކެނޑިޑޭޓުންގެ ޗޮއިސްގެ ޒިންމާ ބޭނުން ވިޔަސް ނުނެގޭ - ނަޝީދު
ކެންޑިޑޭޓުން ނިންމަނީ އެމްޑީޕީގެ ޕްރައިމަރީއިން ކަމަށާއި އެހެން ކަމުން ކެނޑިޑޭޓުންގެ ޗޮއިސް ރަނގަޅު ނޫން ޗޮއިސް އެކޭ ނުބުނެވޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި މިކަމުގެ ޒިންމާ ނަގަން ބޭނުން ވިޔަސް، ޕާޓީގެ ނިޒާމުގެ ތެރެއިން ޒިންމާ ނުނެގޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
އިންތިހާބަށް ވޯޓުލި މީހުންގެ އަދަދު މަދެއް ނޫން - ނަޝީދު
މިފަހަރުގެ އިންތިހާބުގައި މާލެ ސަރަހައްދުން ވޯޓު ދިން މީހުންގެ އަދަދު ދަށް ނޫން ކަމަށާއި ހާއްސަކޮށް މިފަދަ ބަލިމަޑު ކަމެއްގެ ތެރޭގައި މިއަދަދަށް މީހުން ނުކުމެ ވޯޓު ލުމަކީ ރަނގަޅު ކަމެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މާލެ ސިޓީގެ މޭޔަރުކަން ކާމިޔާބު ނުވުމުން ނިޒާމަށް ބަދަލުގެންނާކަށް މަސައްކަތެއް ނުކުރާނަން - ނަޝީދu
މާލެ ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް ކާމިޔާބު ނުކުރެވުމުން މިހާރުގެ ނިޒާމަށް ބަދަލުގެންނަން މަސައްކަތް ނުކުރާނެ ކަމަށާއި އަބަދުވެސް ބޭނުން ވަނީ ރާއްޖޭގެ ރައްޔިތުންނަށް ތަރައްގީ ގެނަސްދިނުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. މާލެ އަދި ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ބޭނުން ވަނީ ތަރައްގީ ކަމަށް ވިދާޅުވިއެވެ.
އެމްޑީޕީގެ އަމާޒަކީ ލާމަރުކަޒު ނިޒާމުގެ ދަށުން ރާއްޖެ ތަރައްގީކުރުން ކަމަށް ފާހަގަކުރެއްވިއެވެ.
އެމްޑީޕީގެ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުމުގެ އަސްލަކީ ކޮރަޕްޝަންގެ މައްސަލަތައް - ނަޝީދު
އެމްޑީޕީގެ ލީޑަރޝިޕާއި ޕާޓީގެ ތެރޭގައި އުފެދިފައިވާ ހަމަނުޖެހުންތަކަކީ ކޮރަޕްޝަންގެ ސަބަބުން އުފެދުފައިވާ މައްސަލަތަކެއް ކަމަށާއި، ސަރުކާރުގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތައް ކުރާ ކަމަށާއި އެއީ އެމްޑީޕީގެ މެމްބަރުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މާލޭގެ ނަތީޖާގައި ހައިރާންވާކަމެއް ނެތް - ނަޝީދު
މިފަހަރުގެ އިންތިހާބުގައި މާލޭގެ ގޮޑިތަކުން ނުކުތް ނަތީޖާތަކުގައި ހައިރާންވާން ފަދަ ކަމެއް ނެތް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މުއިއްޒު އަކީ ކުޅަދާނަ ކެނޑިޑޭޓެއް - ނަޝީދު
ޕީޕީއެމްގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ކުރިމަތިލާފައިވާ ޑރ. މުއިއްޒު އަކީ ކުޅަދާނަ މޮޅު އަދި ގާބިލު ކެނޑިޑޭޓެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. އަދި އެއާއިއެކު، އެމްޑީޕީ އިން ކުރިމަތިލި އަނަސް އަކީވެސް ކުޅަދާނަ ކެނޑިޑޭޓެއް ކަމަށާއި، ކުރިމަގު އޮތް ޒުވާނެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
މުޅި ރާއްޖޭގެ އިންތިހާބުން މޮޅުވެއްޖެ، މާލޭގެ އިންތިހާބުން ނާކާމިޔާބު ވެއްޖެ - ނަޝީދu
މިފަހަރުގެ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްގީގެ ކޮމެޓީ އިންތިހާބުން މުޅި ރާއްޖެއިން އެމްޑީޕީ މޮޅުވެއްޖެ ކަމަށާއި މާލޭގެ އިންތިހާބުން ނާކާމިޔާބު ވެއްޖެކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. މިކަން ގަބޫލުކުރައްވާކަމަށް ވިދާޅުވިއެވެ.
މާލެ ސަރަހައްދުން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވިނަމަވެސް މިކަމުން ފިލާވަޅު ލިބިގަނެ ކަންކަން ރަނގަޅުކުރާނަން: ފައްޔާޒު
މިހާތަނަށް މުޅި ރާއްޖޭގެ ވަގުތީ ނަތީޖާ:
ގުނި ވޯޓު ފޮށި:146
އެމްޑީޕީ: 233 ގޮނޑި
އަދާލަތު: 4 ގޮނޑި
ޖޭޕީ: 6 ގޮނޑި
ޕީޕީއެމް: 106 ގޮނޑި
އެމްޑީއޭ: 13 ގޮނޑި
އަމިއްލަ ކެންޑިޑޭޓުން: 77 ގޮނޑި
ކައުންސިލް އިންތިޚާބަކީ ޑިމޮކްރަސީއަށް ލޯބިކުރާ ފަރާތްތަކަށް ލިބުނު ނަސްރެއް: ޑިފެންސް މިނިސްޓަރ
މިހާތަނަށް މުޅި ރާއްޖޭގެ ވަގުތީ ނަތީޖާ:
މިހާތަނަށް ރާއްޖެ އެމްވީ އަށް ލިބިފައިވާ ނަތީޖާ ތަކަށް ބަލާއިރު
ގުނި ވޯޓު ފޮށީގެ އަދަދު: 124
އެމްޑީޕީ:200 ގޮނޑި
ޕީޕީއެމް:96 ގޮނޑި
އެމްޑީއޭ: 8 ގޮނޑި
އަމިއްލަ ގޮތުން ކުރިމަތިލީ ކެންޑިޑޭޓުން: 68 ގޮނޑި
ފުރަތަމަ ފަހަރަށް ތިނަދޫ ކައުންސިލަށް ޕީޕީއެމް މެމްބަރުން
ގދ. ތިނަދޫގެ ރަށު ކައުންސިލަށް ފުރަތަމަ ފަހަރަށް ޕީޕީއެމްގެ މެމްބަރުން އިންތިޚާބުވެއްޖެއެވެ.
ތިނަދޫގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމުން ގޮނޑި ކަށަވަރުވެފައި ވަނީ އަހުމަދު ވަހީދު (ރަކާ) އާއި އައިޝަތު ލިއުޝާ ޒުބައިރަށެވެ. ގދ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް މި ފަހަރު ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުން އެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އެ ޕާޓީން ވާދަކުރި ހަސަން ފައިހަތު ގުދުރަތުﷲ ވަނީ ހޮވާފައެވެ.
ފުރަތަމަ ފަހަރަށް ތިނަދޫ ކައުންސިލަށް ޕީޕީއެމް މެމްބަރުން
ގދ. ތިނަދޫގެ ރަށު ކައުންސިލަށް ފުރަތަމަ ފަހަރަށް ޕީޕީއެމްގެ މެމްބަރުން އިންތިޚާބުވެއްޖެއެވެ.
ތިނަދޫގެ ވަގުތީ ނަތީޖާ ދައްކާގޮތުން ޕީޕީއެމުން ގޮނޑި ކަށަވަރުވެފައި ވަނީ އަހުމަދު ވަހީދު (ރަކާ) އާއި އައިޝަތު ލިއުޝާ ޒުބައިރަށެވެ. ގދ. އަތޮޅު ކައުންސިލްގެ ރައީސްކަން ވެސް މި ފަހަރު ކާމިޔާބުކުރީ ޕީޕީއެމްގެ ކެންޑިޑޭޓެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުން އެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އެ ޕާޓީން ވާދަކުރި ހަސަން ފައިހަތު ގުދުރަތުﷲ ވަނީ ހޮވާފައެވެ.
މާލޭ ސިޓީ ކައުންސިލްގެ އަޣުލަބިއްޔަތު ވެސް ޕީޕީއެމަށް
މާލޭގެ މޭޔަރުކަން އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒް ކާމިޔާބު ކުރައްވާފައިވާއިރު މާލޭ ސިޓީ ކައުންސިލްގެ އަޣްލަބިއްޔަތުވެސް ޕީޕީއެމްއިން ހޯދައިފިއެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭ ސިޓީ ކައުންސިލްގެ 19 ގޮނޑީގެ ތެރެއިން މިހާތަނަށް 12 ގޮނޑި ނެގީ ޕީޕީއެމް ކަމަށް އެ ޕާޓީން ވަނީ ބުނެފަ އެވެ. އެ ނަތީޖާއާ އެކު، އެ ދާއިރާތަކުގެ ކެންޑިޑޭޓުން ވަނީ ޕީޕީއެމްގެ އޮފީހުގައި މިރޭ އުފާފާޅުކޮށްފަ އެވެ.
އަނަސް ބަލި ގަބޫލުކުރައްވާ މުއިއްޒަށް މަރުހަބާ ވިދާޅުވެއްޖެ
މާލެ ސިޓީ މޭޔަރ ކަމަށް އެމްޑީޕީން ވާދަކުރެއްވި އަނަސް އަބްދުއްސައްތާރު ބަލި ގަބޫލުކުރައްވާ އިންތިޚާބު ކާމިޔާބު ކުރެއްވި މުއިއްޒުއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލްގެ ސުޕަރ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިއްޖެ
އެމްޑީޕީއަށް އައްޑޫ ސިޓީ ކައުންސިލްގެ ސުޕަ މެޖޯރިޓީ ފުރަތަމަ ފަހަރަށް ގެއްލިއްޖެ އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ 13 ގޮނޑީގެ ތެރެއިން އިންތިޚާބުގައި، މި ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ އަށް ނެގުނީ ހަތް ގޮނޑި އެވެ. ދެން ކާމިޔާބު ހޯދީ އިދިކޮޅު ޕީޕީއެމުން ތިން ގޮނޑި އަދި އަމިއްލަ ތިން ކެންޑިޑޭޓެކެވެ.
އަޅުގަނޑުމެންވާނީ ޒިންމާދާރު ތެދުވެރި ބަޔަކަށް: މުއިއްޒު
ކައުންސިލު ވެގެންދާނީ ޒިންމާދާރު ތެދުވެރި ކައުންސިލަކަށް ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ފެނިގެންދާނީ ނަތީޖާ ނެރެދޭ ، ތަރައްޤީގެ މަސައްކަތް ބާރު މިނުގައި ކުރިޔަށް ގެންދާ ކައުންސިލެއް: މުއިއްޒު
ކުރިޔަށް އޮތްތަނުގައި ފެނިގެންދާނީ ނަތީޖާ ނެރެދޭ، ތަރައްގީގެ މަސައްކަތް ބާރު މިނުގައި ކުރިޔަށް ގެންދާނެ ކައުންސިލެއްކަމަށް މުއިއްޒު ވިދާޅުވިއެވެ.
ޓީމެއްގެ ގޮތުގައި ހުރިހާ ކައުންސިލަރުންނާއެކު މަސައްކަތްކުރާނެކަމުގެ ޔަގީންކަން ދެން: މުއިއްޒު
ޓީމެއްގެ ގޮތުގައި ހުރިހާ ކައުންސިލަރުންނާއެކު މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދޭކަމަށް މުއިއްޒު ވިދާޅުވިއެވެ. މާލޭގެ ރައްޔިތުންގެ ލާބަޔާއި މަންފާހުރި ގޮތްތަކަށް މަސައްކަތްކުރައްވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރައްޔިތުންގެ ބަހަށް އަމާނާތްތެރިވާނަން: މުއިއްޒު
ރައްޔިތުންގެ ބަހަށް އަމާނާތްތެރިވާނެކަމަށް މުއިއްޒު ވިދާޅުވިއެވެ. މާލޭ ރައްޔިތުން ބުނާ ވާހަކައަކީ ހަމަހަމަކަން ގާއިމުކޮށްދެއްވާށޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ރައީސް ޔާމީނަށް އިންސާފު ގާއިމުކޮށްދެއްވާ: މުއިއްޒު
އިންތިޚާބުން މާލޭ ރައްޔިތުން ބުނެދިން ވާހަކައަކީ ރައީސް ޔާމީން މިނިވަންކުރާށޭ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މުއިއްޒު ގެންދަވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަމުންނެވެ.
މާލެ ސިޓީ މޭޔަރުކަން ކާމިޔާބުކުރެއްވި ޕީޕީއެމް ކެންޑިޑޭޓް މުއިއްޒުގެ ނޫސްވެރިންގެ ބައްދަލުވުމެއް ކުރިޔަށްދަނީ
މުއިއްޒު ވާހަކަދައްކަވަމުން ވަނީ މާލޭގެ ރައްޔިތުންނަށް ޝުކުރު އަދާކުރައްވާފައި.
މާލޭގެ މައްސަލަތައް ހައްލުކުރެވޭނެ ކަމުގެ ޔަގީންކަން އޮތީމާ އަޅުގަނޑު އިންތިޚާބަށް ކުރިމަތިލީ- މުއިއްޒު
މާފަންނު ސްޓޭޑިއަމްގައި ހުރި ފުވައްމުލަކުގެ ހުރިހާ ވޯޓު ފޮއްޓެއް ގުނާ ނިންމައިފި
މާފަންނު ސްޓޭޑިއަމްގައި ހުރި ފުވައްމުލަކުގެ ހުރިހާ ވޯޓު ފޮއްޓެއް ގުނާ ނިންމައިފިއެވެ. މާފަންނު ސްޓޭޑިއަމްގައި ފުވައްމުލަކުގެ 6 ވޯޓު ފޮއްޓެއް ބަހައްޓާފައިހުރިއެވެ.
އޭޓީ.5 ވޯޓު ފޮށީގެ ނަތީޖާ:
ހއ އަތޮޅު ކައުންސިލްގެ ރައީސް:
މޫސާ ޝަފީގް: 45 ވޯޓު
ހުސައިން ރަޝީދު: 70 ވޯޓު
ޖުމްލަ ވޯޓު: 115، ބާތިލް ވޯޓު:12، ޞައްހަ ވޯޓު: 115
ހއ އުތީމު ކައުންސިލްގެ ރައީސް
ފާތުމަތު ނުޒުހާ: 56
ފާތުމަތު ރަހުސާ: 71
އައިޝަތު ނަސްމާ: 41
ފާތުމަތު އަޒްމީރާ: 48
ޖުމްލަ: 254
ބާތިލް: 10
ނުދޭ ވޯޓު: 28
ޞައްހަ ވޯޓު: 216
ހއ އުތީމު ކައުންސިލްގެ މެމްބަރ:
މުހައްމަދު އާދަމް: 75
ހުސައިން ނަސީރު: 58
އިބްރާހީމް ސުނާނު: 19
މުހައްމަދު ހަމްދޫން: 52
ޖުމްލަ ވޯޓު: 254 ، ބާތިލް ވޯޓު: 10، ނުދޭ ވޯޓު: 40، ޞައްހަ ވޯޓު: 204
މާލެ ސިޓީގެ މޭޔަރުކަން މުއިއްޒު ކާމިޔާބު ކުރައްވައިފi
މާލެ ސިޓީގެ މޭޔަރުކަން ޕީޕީއެމް ކެންޑިޑޭޓުން މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިއެވެ.
މިއީ މާލޭގެ މޭޔަރުކަން ޕީޕީއެމް އަށް ލިބުނު ފުރަތަމަ ފަހަރެވެ. ފާއިތުވި 10 އަހަރު މާލެ ސިޓީގެ ގިނަ ގޮނޑިތަކެއްގައި އެމްޑީޕީގެ މެމްބަރުން ތިބި ނަމަވެސް މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށްވަނީ މާލެ ސިޓީން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ.
މާލެ ސިޓީގެ މޭޔަރުކަން މުއިއްޒު ކާމިޔާބު ކުރައްވައިފި
މާލެ ސިޓީގެ މޭޔަރުކަން ޕީޕީއެމް ކެންޑިޑޭޓުން މުހައްމަދު މުއިއްޒު ކާމިޔާބު ކުރައްވައިފިއެވެ.
މިއީ މާލޭގެ މޭޔަރުކަން ޕީޕީއެމް އަށް ލިބުނު ފުރަތަމަ ފަހަރެވެ. ފާއިތުވި 10 އަހަރު މާލެ ސިޓީގެ ގިނަ ގޮނޑިތަކެއްގައި އެމްޑީޕީގެ މެމްބަރުން ތިބި ނަމަވެސް މިފަހަރުގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށްވަނީ މާލެ ސިޓީން ބޮޑު ނާކާމިޔާބީއަކާ ކުރިމަތިވެފައެވެ.
ތިން ސިޓީއެއްގެ މޭޔަރު ކަން އެމްޑީޕީއަށް ކާމިޔާބުވެއްޖެ- ރައީސް ނަޝީދު
ކުޅުދުއްފުށީ، އައްޑޫ އަދި ފުވައްމުލަކު ސިޓީގެ މޭޔަރުކަން އެމްޑީޕީއަށް ކާމިޔާބުވެއްޖެ ކަމަށް އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، ވަޓްސްއެޕް ގްރޫޕަކަށް އެމަނިކުފާނު ފޮނުއްވި މެސެޖުގައެވެ. އެ މެސެޖުގައި ގޮނޑި ކާމިޔާބުކުރެއްވި ބޭފުޅުންނަށް މަރުހަބާ ވިދާޅުވިއެވެ.
ޣިޔާސުއްދީންގައި ބަހައްޓާފައިވާ ވިލިނގިލި ވޯޓު ފޮށި ގުނަމުންދަނިކޮށް ހަމަނުޖެހުން ހިނގައިފި
ޣިޔާސުއްދީންގެ ވިލިނގިލި ފޮށި ގުނަމުންދަނިކޮށް ހަމަނުޖެހުން ހިނގައިފިއެވެ. އެސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ރާއްޖެއެމްވީގެ ރިޕޯޓަރު މައުލޫމާތުދޭ ގޮތުގައި ހަމަނުޖެހުން ހިނގީ ބާތިލް ވޯޓެއްގެ މައްސަލާގައެވެ. ވޯޓު ބާތިލްވާ ގޮތާއި ގުޅޭގޮތުން މައި ދެ ޕާޓީގެ ދެމެދުގެ ހިނގި ހަމަނުޖެހުމާއި ގުޅިގެން ވޯޓު ގުނުން ވަނީ މެދުކަނޑާލާފައެވެ.
މާލެ ސިޓީގެ މޭޔަރު ކަމަށް ބޮޑު ތަފާތަކުން މުއިއްޒު ކުރީގައި
މާލެ ސިޓީގެ މޭޔަރ ކަމަށް ވާދަކުރައްވާ ޕީޕީއެމް ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒަށް މިހާތަނަށް އައިއިރު 2174 ވޯޓު ލިބިވަޑައިގަންނަވާފައިވާއިރު އެގޮނޑި އަށް އެމްޑީޕީން ވާދަކުރައްވާ އަނަސް އަބްދުއްސައްތާރަށް ލިބިވަޑައިގަންނަވާފައިވަނީ 1185 ވޯޓެވެ. ބޮޑު ތަފާތަކުން ކުރީގައި އުޅުއްވަނީ މުއިއްޒެވެ.
އެސް4.2 ގެ ވޯޓު ފޮށީގެ ނަތީޖާ:
އައްޑޫ ސިޓީ ކައުންސިލް މޭޔަރ:
މުހައްމަދު ލަތީފް: 102
އިބްރާހީމް ތާހިރު: 8
އަލީ ނިޒާރު: 242
ޖުމްލަ ވޯޓު: 402
ބާތިލް ވޯޓު: 50
ޞައްހަ ވޯޓު: 352
ހިތަދޫ މެދުވައު ދާއިރާ:
ހުސައިން ރަޝީދު: 137
މުހައްމަދު ޝުއާއު: 209
ޖުމްލަ ވޯޓު: 402
ބާތިލް ވޯޓު: 56
ޞައްހަ ވޯޓު: 346
އެސްޓީ.13 ވޯޓު ފޮށީގެ ނަތީޖާ:
އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރ:
މުހައްމަދު ލަތީފް: 37 ވޯޓު
އިބްރާހީމް ތާހިރު: 4 ވޯޓު
އަލީ ނިޒާރު:97 ވޯޓު
ޖުމްލަ ވޯޓު: 142
ބާތިލް ވޯޓު: 4
ޞައްހަ ވޯޓު: 138
ހިތަދޫ މެދުވައު ދާއިރާ:
ހުސައިން ރަޝީދު: 42 ވޯޓު
މުހައްމަދު ޝުއާއު: 88
ޖުމްލަ ވޯޓު: 142
ބާތިލް ވޯޓު: 12
ޞައްހަ ވޯޓު: 130
ފުވައްމުލައް އަދި އައްޑޫ ސިޓީގެ މޭޔަރު ގެ ގޮނޑި އެމްޑީޕީއަށް
ފުވައްމުލަކު ސިޓީގެ މޭޔަރގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އިސްމާއީލް ރަފީގު ކަށަވަރުކުރައްވައިފިއެވެ.
އަދި އައްޑޫ ސިޓީގެ މޭޔަރގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އަލީ ނިޒާރު ވަނީ ކަށަވަރުކުރައްވާފައެވެ.
އާރުޓީ.3 ވޯޓު ފޮށީގެ ނަތީޖާ:
ފުވައްމުލަކު ސިޓީ ކައުންސިލް މޭޔަރ:
އިސްމާއީލް ރަފީގު: 118
މުހައްމަދު ތާރިގް: 86
ޒިޔާދު ޒަކަރިއްޔާ ހުސައިން: 4
ޖުމްލަ ވޯޓު: 210
ބާތިލް ވޯޓު: 2
ޞައްހަ ވޯޓު: 208
ފުވައްމުލަކު މެދު ދެކުނު ދާއިރާ
އަލީ ސައީދު: 89
މުހައްމަދު އިސްމާއީލް ދީދީ: 117
ޖުމްލަ ވޯޓު: 210
ބާތިލް ވޯޓު: 4
ޞައްހަ ވޯޓު: 206
އާރުޓީ.1 ވޯޓު ފޮށީގެ ނަތީޖާ:
ފުވައްމުލަކު ސިޓީ ކައުންސިލް މޭޔަރ:
އިސްމާއީލް ރަފީގް: 125
މުހައްމަދު ތާރިގް: 118
ޒިޔާދު ޒަކަރިއްޔާ ހުސައިން: 4
ޖުމްލަ ވޯޓު: 258
ބާތިލް ވޯޓު: 11
ޞައްހަ ވޯޓު: 247
ފުވައްމުލަކު ހުޅަނގު އުތުރު ދާއިރާ
އައިމިނަތު ސައުސަން: 92
އައިޝަތު އަބްދުލްގާދިރު: 154
ޖުމްލަ ވޯޓު: 258
ބާތިލް ވޯޓު: 12
ޞައްހަ ވޯޓު: 246
އާރު2.2 ވޯޓު ފޮށީގެ ނަތީޖާ:
ފުވައްމުލަކު ސިޓީ:
ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރ:
އިސްމާއީލް ރަފީގު: 220
މުހައްމަދު ތާރިގް އަހުމަދު: 144
ޒިޔާދު ޒަކަރިއްޔާ ހުސައިން: 1
ޖުމްލަ ވޯޓު: 364
ބާތިލް ވޯޓު: 13
ޞައްހަ ވޯޓު: 351
ފުވައްމުލަކު އިރު އުތުރު ދާއިރާ:
އަބްދުﷲ ނާސިރު އަހުމަދު: 215
މުހައްމަދު ޝުޖާއު: 146
ޖުމްލަ ވޯޓު: 361
ބާތިލް ވޯޓު: 12
ޞައްހަ ވޯޓު: 349
އާރުޓީ.5 ވޯޓު ފޮށީގެ ނަތީޖާ:
ވޯޓު ފޮށި ބެހެއްޓިތަން:
މާލެ
ފުވައްމުލަކު ސިޓީ ކައުންސިލްގެ މޭޔަރ:
އިސްމާއީލް ރަފީގު: 92
މުހައްމަދު ތާރިގް: 77
ޒިޔާދު ޒަކަރިއްޔާ ހުސައިން: 2
ޖުމްލަ ވޯޓު: 180
ބާތިލް ވޯޓު: 9
ޞައްހަ ވޯޓު: 171
ފުވައްމަލަކު ހުޅަނގު ދެކުނު ދާއިރާ:
އައިމިނަތު އިނާޔާ: 18
ޚަދީޖާ ނާފިއު: 59
ޖުމްލަ ވޯޓު: 180
ބާތިލް ވޯޓު: 3
ޞައްހަ ވޯޓު: 177
އެސް12.2 ވޯޓު ފޮށީގެ ނަތީޖާ:
އައްޑޫ މީދޫ ދާއިރާ:
މުހައްމަދު ލަތީފް: 100
އިބްރާހީމް ތާހިރު:8
އަލީ ނިޒާރު: 184
ޖުމްލަ: 292
ބާތިލް ވޯޓު: 24
ޞައްހަ ވޯޓު: 292
މީދޫ ދާއިރާ:
އައިމިނަތު ޞާލިހާ:165
ރަޝީދާ އިބްރާހީމް: 133
ޖުމްލަ ވޯޓު: 298
ބާތިލް ވޯޓު: 24
ޞައްހަ ވޯޓު: 298
ޓީ1.4 ވޯޓު ފޮށީގެ ނަތީޖާ:
މުހައްމަދު މުއިއްޒު: 203
އަލްހާން ފަހުމީ: 3
އަނަސް އަބްދުއްސައްތާރު: 78
ޖުމްލަ ވޯޓު: 299
ބާތިލް ވޯޓު: 15
ޞައްހަ ވޯޓު: 284
ހުޅުމާލެ ދާއިރާ:
އިބްރާހީމް ޝުޖާއު: 193
ރިޒްނާ ޒަރީރު: 93
ޖުމްލަ ވޯޓު: 299
ބާތިލް ވޯޓު: 13
ޞައްހަ ވޯޓު: 286